ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ: އެ ޖަމާއަތާ އަލުން ގުޅެން ރާއްޖެއިން ނިންމުމުން އެކަމަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައި
20 ޑިސެމްބަރ 2018 - 11:52
ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން އަލުން ހުށަހެޅި ހުށަހެޅުމަށް ކޮމަންވެލްތުން އިއްޔެ މަރުހަބާ ކިޔައިފި އެވެ.
ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަނީ ކުރީގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަލުން އެ ޖަމާއަތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން، އެ ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އޭރު ވެސް އޭނާ އުއްމީދު ކުރެއްވި ކަމަށެވެ. އަދި އަލުން އެ ޖަމާއަތާ އަލުން ގުޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކޮމަންވެލްތާ އަލުން ގުޅެން ރާއްޖެއިން ހުށަހެޅިއިރު، 15 އަހަރު ފަހުން ޒިމްބާބްވޭ އިން ވެސް ވަނީ އެ ޖަމާއަތާ އަލުން ގުޅެން ހުށަހަޅައިފަ އެވެ. ކޮމަންވެލްތުގެ އުސޫލުތައް އޮންނަ ގޮތުން އެ ޖަމާއަތުގެ މެމްބަރު ކަން ލިބޭނީ ސެކެޓްރީ ޖެނެރަލްގެ ބެލުމުގެ ދަށުން ހިންގާ އެސެސްމަންޓްތަކަކަށް ފަހު އެވެ.
އެކި ކަންކޮޅުތަކުން 53 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި 34 ވަންދެން އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު އެ ޖަމާއަތުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އެވެ.
އިދިކޮޅު ލީޑަރުން ޖަލަށްލުމާއި ހައްގުތައް ހަނިކޮށް ގާނޫނުތައް ހެދުން ފަދަ ކަންކަމަކީ ކޮމަންވެލްތްގެ ފާޑު ކިޔުން އޭރު ވެސް އަމާޒުވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮމެންޓް
20 December 2018
ތިދެން ރާއްޖެއަށް އޮތް ބޮޑު ބޮލުގަރިހުމެއްނު؟ ޝާހިދުމެން ބޮޑޭވާން ކުރާ ދަތުރުދާން ޚާރަދު ބޮޑުކުރާން ކުރާ ކަމެއްތީ. ހަރާންވާނެ ތިމީހުންގެފުށުންވާނެ ފައިދާއެއް. ޝާހިދު ހުރިހާ މޮޅޭއް އަޅާނީ. ބޭކާރު ބޮޑު ޚަރަދެއްތީ ދިވެހި ރައްޔިތުންނަށް. ދުނިޔޭން ބަލައެއްނުގަނޭ ތިބައިގަނޑެއް
ރޯޒްސް
20 December 2018
އެނިމުނީ އެކަން.. އެވަރު ކަމެކޭމީ
މަރުމޯލު
20 December 2018
"ވަރިވެފަ" އަލުން އިނުމަކާ ބައެއް ފަހަރު ލޯބި އިތުރުވާކަމެއް! އެކަމަކު ގިނަ ފަހަރަށް ތިންފަށްވައފައި ހުރީ!
ދެފަހަރަށް
20 December 2018
ދެން ރާއްޖެ ކޮމަންވެލްތުގައި އޮންނާނީ ، (މީހަކާ އިނދެ ވަރިކޮށްފަ އަލުން އިނީމަ) ދެފަހަރަށް ގެނައިމަ ހުންނަގޮތަށް ނެގިމަޑުވެ ، ދިރުން ގެއްލިފަ.
ހުޔާ
20 December 2018
މަރުހަބާ ކިޔާނެއެއްނު! ފެންބޮވައިގަނެފައި ތިބި ބައެއް!
ހަސަންބެ.
20 December 2018
މަރުހަބާ ކިޔާނެތާ. ފަސާދަ ކުރަން ހިތަކަށް ކުޑަކުޑަ ގައުމެއް ލިބެނީވީޔާ.
ހުސީނާ
20 December 2018
ކޮމަންވެލްތާ އަލުން ގުޅުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން ދެކޮޅުހަދާ ކަމެކެވެ. ކޮމަންވެލްތުން ރާއްޖެއަށް މިހާރު ކޮށްދެވޭނެ އެއްވެސް ކަމެއްނެތެވެ. އެކަމަކު ކޮމަންވެލްތަށް ރާއްޖޭން ކޮންމެ އަހަރަކު ދައްކަންޖެހޭ އެތައްލައްކަ ޑޮލަރުން ކޮމަންވެލްތުހިންގުމުގެ ޚަރަދު ލުއިވެގެންދާނެއެވެ. މިއީ އިނގިރޭސިން ބުނެގެންރާއްޖޭގެ މިނިވަންކަމާ ކުޅެން މިސަރުކާރުން ކުރާ ކަމެކެވެ. އެމްޑީޕީ މީހުން ސަނާކިޔެެއްކަމަކު މިކަމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
ކަރީމުއްދީން ބާޝާ
20 December 2018
އަދި މިގައުމުގާ ބުދުބަހައްޓައިދީފިއްޔާ މަރުހަބާ 100 ސެންޓިގުރޭޑަށް އަރައިގެންދާނެ.