ސުނާމީގައި ޒަޚަމްވި މީހުންނަށް ހޮސްޕިޓަލްގައި މިއަދު ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
23 ޑިސެމްބަރ 2018 - 10:51
ޖަކާޓާ (ޑިސެމްބަރު 23) - އިންޑޮނީޝިއާގެ ސުންޑާ ސްޓްރައިޓުގެ އައްސޭރީގެ ހިސާބުތަކަށް އެރި ސުނާމީއެއްގައި 62 މީހުން މަރުވެ 584 މީހުން ޒަޚަމްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ރޭ އިރާކޮޅު އެރި ސުނާމީގައި އެތައް ސަތޭކަ އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ އެޖެންސީން ލަފާ ކުރަނީ ސުނާމީ އުފެދުނީ ކްރަކަޓޮއާ އަލިފާން ފަރުބަދަ ގޮވުމުން ކަނޑު އަޑިއަށް އެރި ލޮޅުމެއްގައި ކަމަށެވެ. ސުންޑާ ސްޓްރައިޑް އޮންނަނީ ޖަވާ އާއި ސުމަޓްރާއާ ދެމެދުގަ އެވެ. މި ގަނޑުއޮޅި އޮންނަނީ ޖަވާ ކަނޑާ ގުޅިފަ އެވެ.
ސުނާމީގައި ކަރިޓާ ބީޗުން ބައެއް ތަކެއްޗަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ
އިމަޖެންސީ އޮފިޝަލުން މިހާރު ދަނީ ސުނާމީ އުފެދުނީ ކްރަކަޓޮއާ ފަރުބަދަ ގޮވައިގެންތޯ ބަލަމުންނެވެ. ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނަނީ ސާދަ ވިލޭރޭގެ ހަނދާ ދިމާކޮށް ދިޔަވަރު ބޮޑުވި ވަގުތާ ދިމާވުމުން ވެސް ސުނާމީގެ ރާޅު ބޮޑުވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އިންޑޮނީޝިއާގެ ސުލަވޭސީ އަށް އެރި ބާރުގަދަ ބިންހެލުމެއްގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ބިންހެލުމަށް ފަހު ވަނީ ޕާލޫ ސިޓީ އަށް ސުނާމީއެއް އަރައިފަ އެވެ.
ޑިސެމްބަރު 26، 2004 ގައި އިންޑޮނީޝިއާ އަށް އައި 9.3 ގެ ބާރުގަދަ ބިންހެލުމާ އެކު އެރި ސުނާމީގައި 14 ގައުމަކުން 228،000 މީހުން މަރުވި އެވެ. އިންޑޮނީޝިއާ އިން އެކަނި ވެސް 168،000 މީހުން މަރުވި އެވެ.
ސުނާމީގައި ކަރިޓާ ބީޗުން ބައެއް ތަކެއްޗާއި ވެހިކަލްތަކަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭވާޅިހޮ
23 December 2018
ޒަލަޒަލާތައް ގިނަވުމަކީ ގިޔާމަތްވުމުގެ ވަގުތު ކައިރިވާ ކަމުގެ އަލާމާތެއް...
ދޮންތަ
23 December 2018
ތިތަނުންވެއްޖެ މީހުންބާލަން. އެންމެން އާދޭ ޖަޒީރާ ރާއްޖެއަށް ފުލެޓް އަޅާނިމެނީ . އެކަމަކު ފޯމުލާގެން ފަހަރަކު ޝަރުތު ހަމަނުވެދާނެ.
އައްލާބެއްޔާ
23 December 2018
ދިވެހިރާއްޖޭގެ ހުރިހާމީހުން މާލޭ ދަފްތަރޭ މިކިޔާ އެތީގައި ކުއްލިއަކަށް ޖެހި ފޯމްލީމާ ، އަދި ރަށުގައި 4 ހާސް އަކަފޫޓްގެ ދެގޯތި އޮތްއިރު ، ހުޅުމާލެ އަށް ފުލެޓް ހޯދަން ލީމާ ނުލިބޭނެދޯ؟ ދެން ބޭރު ގައުމުގެ ފަރަންޖީންނަށް މިޤައުމުގެ ބިމުން ޖާގަ ދުވަހަކުވެސް ނުލިބޭނެދޯ؟