24 ޑިސެމްބަރ 2018 - 19:48
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 729 އަށް އަރައި، އިއްޔެ އަކީ ރެކޯޑް އަދަދަކަށް ވައިގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.
އެމްއޭސީއެލުން ބުނީ އެންމެ ގިނަ އެއާ ޓްރެޕިކް މޫވްމެންޓް (އޭޓީއެމް) އިއްޔެ ހިނގިއިރު އޭގެ ތެރޭގައި ބައިނަލްއަގުވާމީ 110 ދަތުރު ހިމެނޭ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގެ 102 ދަތުރު އަދި ސީ ޕްލޭންގެ 517 ދަތުރު އިއްޔެ ވަނީ ވީއައިއޭގައި ފުރިހަމަކޮށްފަ އެވެ.
އިއްޔެ ޖުމްލަ 729 އޭޓީއެމް ރެކޯޑްކުރެވުނު އިރު މީގެ ކުރިން ވީއައިއޭގެ ރެކޯޑް އަދަދެއްގެ ދަތުރުގެ މުއާމަލާތް ހިންގާފައި ވަނީ 644 އޭޓީއެމްއާ އެކު މި އަހަރުގެ ޖެނުއަރީ މަހު އެވެ. މި އަދަދުން ބަލާ ނަމަ އިއްޔެ ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 85 އެ ވަނީ އިތުރުވެފަ އެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރާއި ޖެނުއަރީ އަކީ ވީއައިއޭގެ އެންމެ ބިޒީ ދުވަސްވަރެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި 21،992 ފަސެންޖަރުންނަށް އިއްޔެ ހިދުމަތް ފޯރުކޮށްދިނެވެ. އޭގެ ތެރޭގައި 17،723 ބައިނަލްއަގުވާމީ ދަތުރުވެރިންނާއި 4،269 އެތެރޭގެ ދަތުރުވެރިން ހިމެނެ އެވެ. އަދި ސީ ޕްލޭންތަކުން 5،500 މީހުން ދަތުރުކުރި އެވެ.
ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން އަންނަ ޓޫރިސްޓުންގެ އަދަދު އާންމުކޮށް އިތުރުވެ އެވެ. އެހެންކަމުން އިއްޔެ އަކީ ތާރީހުގައި ވެސް ވީއައިއޭއަށް އެންމެ ބާރު ބޮޑުވި ދުވަހެވެ.
ވީއައިއޭ ބޭނުންކުރާ ފްލައިޓްތަކުގެ އަދަދަށް ބަލާއިރު އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ބިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓެއް ފަށައިފަ އެވެ. އޭގެ ތެރޭގައި އާ ރަންވޭއެއް ހެދުމާއި އާ ޓާމިނަލް އިމާރާތްކުރުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގުރާން
25 December 2018
ޝުކުރިއްޔާ,ރައީސް ޔާމީން މިފެންނަނީ މަނިކުފާނުގެ ފޮނިމޭވާ.
ޝަލަލާ
24 December 2018
ކިތައްމެ ރިކޯޑެއް މަތިމައްޗަށް މުގުރިޔަސް އަރުމެން ދިވެހީންނަޢް އޮތީ ކޮންއުފަލެއްތަ? އަހަރުމެން ދިވެހީންނަށް ތި އެއާޕޯޓުން ފުރެނީވެސް ޓެސްދައްކައިގެން. މި ޖެހުނީ ކޮންތާކު?
ދީދީ
25 December 2018
އެއަރޕޯޓެއް އޮތީތީ އުފާކުރޭ. ދިވަހިންނަށް ލިބޭ ފައިދާއަކީ ތިމާގެ ޖީބަށް ސީދާ ވަންނަ ފިސާކަމަށް ބަލައިގެން އުޅޭތީ ކޮރަޕްޝަންވެސް ނައްތާނުލެވިގެން މިއުޅެނީ..
ޢެއާރު
24 December 2018
ސާބަސް. މަރުހަބާ. އެއާޕޯރޓަކީ ފަޚުރެއް. އެއާޕޯރޓް ސިޔާސީ ކޮށްގެން ނުވާނެ.
އަސޮކު
24 December 2018
ވެލްކަމް ޓު ޖަޒީރާލައިފް. އިބޫގެ ވެރިކަމާއެކު އުފާ ފާގަތިކަމާއި ތިޔާގިކަން ހުރިހާ އެންމެންނަށް. ކުއްކުރި މީހުންނަށް މިނިވަންކަން. ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާއާއި މަތީ މަގާމުތައް. ހޮސްޕިޓަލްވެސް ފެސޭހަވުން. ބަސް އިތުރު ތަންތަނަ މަޑުކުރުން. ޓެކްސް ކެނޑުން. އިންޑިއާއިން އެހީ (ލޯނު) ލިބުން. ޓެކްސީ ޑްރަވަރުންނަށް އިތުރަށް ލާރިކޮޅެއް ލިބޭގޮތް ވުން. އެއާރޕޯޓު ރަންވޭ އޭޕްރަން ފުރުން. ލާރި ނެތި ހުސް ސްޓޭޓް މިނިސްޓަރުން. ސަޅި ސަޅި.