އޭޑީކޭ ހޮސްޕިޓަލްގެ ބޭސް ފިހާރަ: އެތަނުން ވިއްކި ވިޓަމިންސީ އަކަށް އާސަންދައިން އަގު ބޮޑުކޮށް ވަނީ ބިލްކޮށްފައި. -- ފޮޓޯ: މިހާރު
31 ޑިސެމްބަރ 2018 - 22:47
އޭޑީކޭގެ ބޭސް ފިހާރަ އިން ދޮޅު ރުފިޔާ އަށް ވިއްކާ ވިޓަމިން ސީ ގުޅައަކަށް އާސަންދަ އިން 66ރ. ގެ ރޭޓުން ބިލް ކޮށްފައިވާ މައްސަލައެއް ފެންމަތިވެ އެއްބަޔަކު އަނެއް ބަޔަކަށް މިއަދު ތުހުމަތުކޮށްފި އެވެ.
ވިޓަމިންސީއެއް ކަމަށްވާ "ވިޓްސީ" 66ރ. އަށް އާސަންދައިގެ ދަށުން ވިއްކި ކަން އެނގިފައި ވަނީ އޭޑީކޭ ހޮސްޕިޓަލް ތެރޭގައި ހުންނަ އެ ތަނުގެ ބޭސްފިހާރަ އިން ބޭސް ގަތުމަށް ފަހު މީހަކު ސޯޝަލް މީޑިއާގައި ރިސީޓް އާންމު ކުރުމުންނެވެ.
މި ރިސީޓް އާންމުވުމާ އެކު އޭޑީކޭ ފާމަސޫޓިކަލް ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނީ ވިޓްސީ ގުޅައެއް ވިއްކުމަށް ނިންމާފައިވާ 66ރ. އަކީ އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ އަގެއް ކަމަށެވެ. އާސަންދަ އިން ކަނޑައަޅާ އަގުތަކަށް ބަދަލު ގެނައުމުގެ ބާރު އޭޑީކޭ ފާމަސޫޓިކަލް ކޮމްޕެނީ އަށް ލިބިފައިނުވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
"މި ބޭސް ވިއްކަމުން ދަނީ އާސަންދަ ޕޯޓަލުން މި ބޭސް ވިއްކުމަށް ކަނޑައެޅިފައިވާ އަގުގައި ކަން ފާހަގަކުރަމެވެ. އާސަންދަ ޕޯޓަލްގައި ބިލް ކުރެވޭ އަގުތަކަކީ މި ކުންފުނިން ކޮންޓްރޯލް ކުރާ ނުވަތަ ބަދަލު ގެނެވޭ އަގުތަކެއް ނޫނެވެ،" އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ބުންޏެވެ.
އޭޑީކޭ ފާމަސޫޓިކަލް އިން ބުނީ ވިޓްސީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބޭސް، ކުރީގެ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އަގު ބޮޑުކޮށްފައިވާ ކަމަށެވެ.
"މި ފަދައިން ގިނަ އަދަދެއްގެ ބޭސް ބޮޑު އަގުގައި އާސަންދަ ކުންފުނިން އެޕްރޫވްކޮށް އާސަންދަ ޕޯޓަލް މެދުވެރިކޮށް ވިއްކުމަށް ވަނީ ހުއްދަ ދީފަ،" އޭޑީކޭ ފާމަސޫޓިކަލް އިން ބުންޏެވެ.
އެގޮތަށް އަގު ބޮޑުކޮށްފައިވާ ބޭސްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް އެ މައްސަލަތަކަށް އަވަހަށް ހައްލެއް ހޯދުމަށް އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް އޭގެ ރައްދުގައި އާސަންދަ އިން ނެރުނު ބަޔާނުގައި ބުނީ 1.5ރ. އަށް ދޭ ވިޓްސީ ގުޅައެއް އާސަންދައިގެ ދަށުން 66ރ. އަށް ވިއްކަނީ އެ ޕޯޓަލްގައި އެ އަގަށް ވިއްކުމަށް ހިމަނާފައިވާތީ ކަމަށާއި އަގު ހިމަނަނީ ދެ ފަރާތުން ވެސް އެއްބަސްވެގެން ކަމަށެވެ.
އާސަންދަ އިން ބުނީ ވިޓްސީ ބޭހުގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވަނީ އޭޑީކޭ އިން ކުރިން ވިއްކި ވިޓަމިން ސީ ހުސްވުމުން، އެހެން ބްރޭންޑެއްގެ ވިޓަމިން ސީ، ކުރިން ބޭނުން ކޮށްފައި ނުވާ ކޯޑެއްގެ ދަށުން ވިއްކާތީ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކޮށްފައި ވާނެ ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.
ނަމަވެސް އެ ބަޔާނުގައި ބުނީ ވިޓްސީ ބޭހުގެ އަގު ބޮޑުކަން އޭޑީކޭ ފާމަސޫޓިކަލް އިން އަންގާފައި ނުވާ ކަމަށެވެ. އެކަމަކު، މީގެ ކުރިން އެގޮތަށް އޭޑީކޭ ފާމަސޫޓިކަލް އިން އަންގައިގެން ބައެއް ބޭހުގެ އަގު އިސްލާހު ކޮށްފައިވާނެ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
"މިފަދަ ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މި ކުންފުނީގެ ފަރާތުން އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އާސަންދަ އިން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ބޭހުގެ އަގު އާސަންދަ އިން ބޮޑުކުރި ކަމަށް އޭޑީކޭ ފާމަސޫޓިކަލް އިން ކުރި ތުހުމަތަށް އާސަންދަ ކުންފުނިން ވަކި އެއްޗެއް މިހާތަނަކަށް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރެމީހާ.
02 January 2019
މިގައުމުގެ ކޮންމެދިމާލަކަށް ބެލިޔަސް ކޮރަޕުޝަން...އެހެންވީމަ ދޯ ސަރުކާރުގެ މެނޭޖަރެއްގެ ވަޒީފާ ލިބިއްޖެއްޔާ އިސާހިތަކު މިލިއިނަރަކަށް ވޭ....މީ ހުރެލާފފަ ބުނިއެއްޗހެއްނޫން....ވ.ކާރިންބަލާފަ މިބުނީ އަޅުގަޑަކީ ރިސޯޓެއްގަ ވަޒީފާ އަދާކުރާ މީހެއް މަހަކު ގާތްގަޑަކަށް 30 ހާސްލިބޭ އަޅުގަޑުގެ ދަންނަ ބޭފުޅެއް ސަރުކާރު ކުންފންޔެއްގެ 25 ހާސް މުސާރަ ލިބޭ ވަޒީފާއެއްގައި އުޅެނީ ....އެޕާރޓުމެންޓު ކުލި 22 ހާސް އިރުއިރު ކޮޅާ ރާއްޖޭން ބޭރަށް ޗުއްޓީ ހަދާލަން ދެވޭ.
ފޮސްކަލޯ
02 January 2019
ފޮސްކަލޯ އައިޖީއެމްއެޗް ތެރޭގައިވާ އިންޑިއާ ބޭސްފިހާރައިން ބޭހެއްނަގަން ދިޔައިމަ 500ޕަސެންޓް ބޮޑުކޮށް ބޭސްވިއްކަން އުޅުމުން ބުނީ އަގުބޮޑުވަނީ އާސަންދުވީމަޔޯލަ ހަމަމިހޮސްޕިޓާ ކުރިމަތީ ހުރިބޭސްފިހާރައިން ސޭމްބްރޭންޑް ބޭސްހުރީ ވަރަށް އަގުހެޔޮކޮށް މިލައިފްސަޕޯޓުކިޔާ އިންޑިއާ މީހުން އަގުބޮޑުވާވާހަކަ ހޮސްޕިޓަލުގެ މިހުންކައިރީ ބުނުމުން ބުނީ އެސްޓޯއޯއިން ނަގާށޯލަ. ތިއާސަންދު ދަވާލަނީ އިންޑިއާ މީހުން. ސަރުކާރުން މިތަންތަން ކޮންޓްރޯލްކުރެވޭނެ ނިޒާމެއްނެތް
އިންސާފް
02 January 2019
އާސަންދަ ބަޖެޓްގެ ބޮޑުބައި ކާލަނީ އޭޑީކޭ އިން. ނުވިތާކަށް ޕޭޝަންޓް އަތުންވެސް ބައެއް އަތުލާ. އާސަންދަ އައިފަހުން ހިދުމަތްތައް އަގުބޮޑުކޮށް ފެލާލަނީ. ތިޔައީ ހަމަ ހިނގާ ކަންތައްތައް..
ހަސަން90
02 January 2019
އެއްދުވަހު އެގޮތައްމަކަރު ހަދާހެން ހީވެގެން ބިލްކޮޅުއަތުލިން، ނަމަވެސް އާސަންދަކުންފުނީގަ މައްސަލަޖައްސަން ޕުރޮސެސް ދިގުވީމަ ދޫކޮއްލީ
އޭ.ޑީ
02 January 2019
މުޅިން ޖަރީމާ ތަނެއްތީ ފާމާސީ ދުވަހަކުވެސް އެ މީހުން ގޯސް ކޮށް ކަމެއް ނުކުރާނެ.
އަކމެޑް
01 January 2019
ދެބައި މީހުން ވެގެން ރައްޔިތުންގެ ފައިސާ ހުސްކޮށްލާ
ސަންތޯޝް
01 January 2019
ޢާސަންދައިން ބޭސް ދޫކުރެވޭނީ ހަމައެކަނި ސަރުކާރުން ހިންގާ ބޭސްފިހާރައިން ކަމަށް ހަދަން އެބަޖެހެވެ. އަވައްޓެރި ބައެއް ގައުމު ތަކުގަވެސް ކަންކުރަނީ އެއުސޫލުންނެވެ. ސަރުކާރުން ސަބުސިޑީ ދީގެން އަގުހެޔޮކޮށް ބޭސް ދޫކުރަން ހާއްސަ ބޭސްފިހާރަތައް ހުންނަނީ ހަމަޖައްސާފައެވެ.
ފަލަކްސް
01 January 2019
ކުރީގެ ރައީސް މީހާވެސް ވިދާޅުވިއެއްނު ބައިވަރު ފައިސާ ފައިސާ ފައިސާ ގެއަށް ވަންނަންޏާ ކާކުހޭ އަހާނީ މީ ކިހިނެއްވާ ކަމެއްތޯ؟ އެއީ މި ވީގޮތަކީ.
ވެރިލީ
01 January 2019
އޭޑީކޭއަކަށްވެސް ނޭގުނު މީ ތާކުންތާކު ނުޖެހޭ ކަމެއްކަން މިކުރެވެނީ. އެހެންވީމަ ސުވާލެއްވެސް ނޫފެދުނު. ނަސީބެއްނު ކަފަބުރެއް 100 އަށް ނުވިއްކާހުރިކަން.
ޝައުކަތު
01 January 2019
ހޮސްޕިޓަލުން ބޮޑު ޕްރޮފިޓް ނަގައިގެން ރިސޯޓުތަކާއި އެހެނިހެން އިންވެސްޓްމެންޓްތައް ކުރަމުން އެދަނީ