ޚަބަރު

މާލޭގެ ނަރުދަމާ ނިޒާމް ސާފު ނުކުރާތާ ދެ އަހަރު: އާޒިމް

ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރަނީ

މާލޭގެ ނަރުދަމާ ނިޒާމުގެ ތެރެއިން ނަޖިސް ސާފު ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަަށް މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ކުންފުންޏާ ހަވާލުވުމާ އެކު އެންމެ ބޮޑަށް ފާހަގަކުރެއްވުނީ ނަަރުދަމާ ނިޒާމް ސާފު ނުކުރާ މައްސަލަ ކަމަށެވެ.

"ސްވަރޭޖު ނެޓްވޯކް ކޮންމެ ދުވަހަކު ވެސް ސާފުކޮށް ބަލަހައްޓަން ޖެހޭ. އަހަރު ނިމޭ އިރު މުޅި ނެޓްވޯކް އެއްކޮށް ސާފުވާން ޖެހޭނެ. އެއީ ރެޖިއުލާ ޕްރިވެންޓިވް މެއިންޓެނެންސް،" އާޒިމް ވިދާޅުވި އެވެ.

އެކަމަކު ނަރުދަމާ ނިޒާމް ސާފުނުކުރާތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި އެއީ ކުންފުންޏާ ހަވާލުވެވަޑައިގެން ފަހުން އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ ނަރުދަމާ ނިޒާމާާއި ޕަމްޕް ސްޓޭޝަންތައް ރަނގަޅަށް ބެލެހެއްޓުމަކީ އެކުންފުނީގެ އެންމެ މުހިއްމު މެންޑޭޓް ކަމަށެވެ. އެހެންކަމުން އެ މެންޑޭޓް ދޫކޮށްލައި އެކަމަށް އިހުމާލުވުމަކީ ސީރިއަސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް

އެ މައްސަ ހައްލު ކުރުމަށްޓަކައި މެއިންޓެނެންސް ޑިޕާޓްމެންޓް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީ އިން ކުރިއަށް ތަނުގައި މަސައްކަތް ކުރާނީ އަހަރަކު ދެ ފަހަރު ނަރުދަމާ ނިޒާމް އެއްކޮށް ސާފުކުރެވޭނެ ފަދަ ގޮތަކަށެވެ.

"މިހާރު ނެޓްވޯކް މެއިންޓެނެންސްގެ މަސައްކަތް ވަނީ ފަށާފައި. މިހާރު ކޮންމެ ރެއަކު ދަނީ އެމަސައްކަތް ކުރަމުން. އުންމީދުކުރަނީ މިއާ އެކީ މާލޭގެ މަގުތަކުން ނަޖިސް އަރާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަންކްޝަންތައް ބެދި މާލޭގެ މަގުތަކަށް ނަޖިސް ބޭރުވާ އަނެއް ސަބަބަކީ, ނަރުދަމާާ އަމާޒުކުރި އާާބާދީއަށް ވުރެ މާލޭގައި މިހާރު އުޅޭ މީހުން ގިނަވުން ކަމަށެވެ. މާލޭގައި މިހާރު އޮތް ނަރުދަމާގެ ނިޒާމް ގާއިމްކުރީ ގާތްގަނޑަކަށް އެއްލައްކަ މީހުންގެ އާބާދީއަކަށް ބަލައިގެން ކަމަށާއި ނަމަވެސް މިހާާރު ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން އެ ނިޒާމު ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ގަވައިދުން ރަނގަޅަށް ބަލަހައްޓާ ނަމަ ނަޖިސް ބޭރުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ އެވެ. އަދި ނަރުދަމާ ސާފުކުރުމުގެ އިތުރުން ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

27 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 13%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަދޫ

29 December 2018

ދެންވެސް ވީ އަތްޖަހަންތަ

The name is already taken The name is available. Register?

އަބްދޫ

29 December 2018

2008 ންފެށިގެން މާލޭގެ ފެންހިންދާ ނިޒާމްވަނީ ހަލާކު ކޮށްފާ، ފާހާނާތަކުގެ ނިޒާމް ތިޔަވިދާޅުވަނީ 2 އަހަރު ވެއްޖެޔޯ އެކަމަކު އަބަދުވެސް ފެނޭދޯ ލޮރީ ގޮސް ޖަންކްސަންތަކުގެ މަތި ނަގާހޮޅިއެއްވައްދައިގެން ފެންދަމާސަފުކުރާތަން 2 އހަރު ވީކިހިނެތް

The name is already taken The name is available. Register?

ޢެޑްމުންޑޯ

29 December 2018

މިވެރިކަމުގައި ކޮންމެ 6 މަހަކުން ތިޔަނިޒާމް ސާފްކުރާތަން ބަލަން މިތިބީ

The name is already taken The name is available. Register?

ކޮލެޖު ބޯއި

29 December 2018

ދެން މާދަން އާސަރުކާރެއް އައިސް ފެން ކުންފުޏަށް އާ އެމްޑީއެއް ލުމުން ބުނާނީ އެއްގޮތަށްވެސް ސާފުނުކުރާތާ މަހެއް ވެއްޖެޔޭ. އާޒިމް އެސްޓީއޯ ހިންގީ ތިމޮޅު މެނޭޖްމަންޓު ސްޓައިލްއަށް ވީމަ ދޯ އާޒިމަށްފަހު މަގާމަށް ދިޔަ މީހާ އާޒިމްގެ ހިންގުން ފީކަޅާކުރީ. މަސައްކަތް ތިޔައޮތީ ބޮލުގައަޅާފަ. ދެން ބޭކާރު އަނގަ ނުތަޅާ ކަން ކުރަންވީނުން. މާދަން އާޒިމް ބަދަލުކުރީމަ ދެން އަންނަ މީހާވެސް ދައްކާނީ ހަމަ އެއްވާހަކަ. އެއީ ކުރިންހުރި މީހާއަށް ކަންނުކުރެވޭ ވާހަކަ.

The name is already taken The name is available. Register?

އަސޮކް

28 December 2018

ބަލަ ކަލޭމެންނަށް މަަގާމުތައް ދިނީ ކުރިން ތިބިމީހުން ކަޑަކަމުން. ދެންވެސް ބޭކާރު އަނގަނުތަޅާ ކަންކަން ރަނގަޅުކޮށްބަލަ. ހުރިހާކަމެއް ރަނގަޅުނަމަ ކުރިންތިބިމީހުން ތި ގޮނޑިތަކުގައި ތިބޭނީ.

The name is already taken The name is available. Register?

ރުމާލު10

28 December 2018

މުއިއްޒުވެފަ

The name is already taken The name is available. Register?

ބިލަމަގު

28 December 2018

ހުރިހާ ސިޔާސީ މީހުންވެސް ދޮވެވިގެން ސާފުކުރެވިފައިވަނީ މި ސަރުކާރު އައި ފަހުން. އަސްލު ގުއި ސާފުކުރަންޖެހުމުން މައްސަލަ ޖައްސާކަށްނުވާނެ. އަވަހަށް ސާފުކޮށްލާ. އެއްވެސް އެއްޗެއް ސާފުނުވެގެން މި ސަރުކާރު ހޮވާފަ އެއޮތީ.

The name is already taken The name is available. Register?

އުތުރުބަނދަރު

28 December 2018

ހއ ދިްދޫގަ ނަރުދަމާ ސާފުނުކުރާތާ 4 އަހަރު ކުދިމާ މޯޑަކީ ޕިޔޯނެއް ޕިޔޯނުންގެ މީހެއް ތައުލީމު ނެތް މީހަކަށް ދެން ކޮންމެއް ކުރެވޭނީ ބަދަލްކުރޭ

The name is already taken The name is available. Register?

ީަަތދރ

28 December 2018

ތިއުޅެނީ ވައްކަން ނުކުރެވިގެން ، ރަގަޅަށް ހިނގަހިނގަ ހުރި ތަނެއް ގޯހޭ ކިޔާގެން

The name is already taken The name is available. Register?

އުލާ

28 December 2018

އާދަން ތިޔަ ތަނާހވާލުކުރީ ކޮންޕެނީ އިނދަޖެެހިގެނެއް ނޫނެއނޫންތޯ ވެރިކަން ބަދަލް ވެގެނެއް ނޫންތޯ..ފެން ކީކޭ ތިކިޔަނި. ވަރަށްބާރަށް ކުރިއަރަމުން އައިތަން ޓަސްލާފަ އެއްކޮށް ހަލާކުވެ ކަނޑުގެ އަޑިޔަށް ދިޔައީމަ ވަރަށް ޖޯކު ވެއްޖެ ތިހެން ނޫޅުނަސް ތިކަން ވެދނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454