އެމްއޭސީއެލް އިން ވަނީ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައި
30 ޑިސެމްބަރ 2018 - 14:03
ވެލާނާ އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ.
އެގޮތުން އިންޓަނޭޝަނަލް ބޯޓުތަކުން ޖެޓް ފިއުލްގެ އެއް ލިޓަރު ލިބޭނީ 0.91113 ޑޮލަރު (14 ރުފިޔާ) އަށެވެ. މިއީ 6.91 ޕަސެންޓްގެ ކުޑަވުމެކެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކުގެ ޖެޓް ފިއުލް ލިޓަރެއްގެ އަގަކީ 0.92033 ޑޮލަރު (14.1 ރުފިޔާ) އަށެވެ. މިއީ 7.50 ޕަސެންޓްގެ ކުޑަވުމެކެވެ.
ޖެޓް ފިއުލްގެ އަގު ހެޔޮކުރުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މިދިޔަ އަހަރު ވެސް އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ހެޔޮކުރި އެވެ. ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައި މި ވަނީ ޑޮމެސްޓިކް ދަތުރުތަކުގެ އަގު ހެޔޮކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ވަގުތެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމްޝޫގް
31 December 2018
ބައްލަވާ އެއަރޕޯޓަށް ތެޔޮ ސަޕްލައި ކުރަމުން އަންނަ އެސްޓީއޯ އަށް އަދިވެސް ތެޔޮ އަގުހެޔޮ ނުކުރެވެނީ ކީއްވެގެންތޯ!
މާރަނގާ - އައްޑޫ ސިޓީ
30 December 2018
އެތިއެތިކޮޅަށް ބައިބަޔަށް އެއްކަމެއް ކުރުމުގެ ބަދަލުގައި އޭގެ ޒާތުގައި މަންފާކުރާނެ ގޮތަކަށް މިފަދަ ކަންކަން ރާވައި ހިންގާންޖެހޭ. * * އެއަރޕޯޓް ރަންކުރުމަށް ބޭނުންވާ ޑީސަލާއި ޖެޓް ފިއުލްއަކީ ރާއްޖެއިން ބޭރުބަޔަކަށް ބިޑަށް ހުޅުވާލައިގެން ހުޅުލޭ ޖެޓް ފިއުލް ސްޓޯރޭޖާއި އެއްވަރަށް ގަމުގެ ސްޓޯރޭޖް ބޮޑުކޮށް ހުޅުލެ، ހަނިމާދޫ އަދި ގޭން އެއްބަޔަކަށް ބިޑް އުސޫލުން 20 އަހަރަށް ސަޕްލައިދީފިނަމަ މިއަށްވުރެންވެސް އަގުހެޔޮކުރެވި ޝޯޓްނުވެ ރިޒާވް ބޮޑުކުރެވޭނެ.
ހުސެއިން
30 December 2018
އިންޓަނޭޝަނަލް ބޯޓުތަކުން ޖެޓް ފިއުލްގެ އެއް ލިޓަރު ލިބޭނީ 0.91113 ޑޮލަރު (14 ރުފިޔާ) އަށެވެ. މިއީ 6.91 ޕަސެންޓްގެ ކުޑަވުމެކެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކުގެ ޖެޓް ފިއުލް ލިޓަރެއްގެ އަގަކީ 0.92033 ޑޮލަރު (14.1 ރުފިޔާ) އަށެވެ. މިއީ 7.50 ޕަސެންޓްގެ ކުޑަވުމެކެވެ. ރަގަޅައް ވިސްނާލަބަލަ ދިވެހިންނައްތަ ފައިދާބޮޑީ؟؟؟؟
ފޮނިކަލޯ
30 December 2018
މީ އަޅުގަނޑުމެން ގެ އުންމީދީ އަންހެން މިނިސްޓަރ ގެ ހެޔޮފުޅުކަން މިފެންނަނީ
ވެދުން
30 December 2018
މުދާ ކުލިއަރ ކުރުމުގެ މުޅި މަސައްކަތް އޮތީ ބަންގާޅީންގެ އަތްމަތީގައެވެ. އަޅުގަނޑުމެން މިއުޅެނީ "ދިވެހީންގެ އެއާޕޯޓު ދިވެހީންނަށް" ޖަހައިގެން މިލްކިއްޔާތު ހޯދުމަށްފަހު ޖަޒީރާ ރާއްޖޭގައެވެ. އެހެންކަމުން މިއީ މިއަދު ރާއްޖެ ހިންގުމުގެ ހުންގާނުގައި ތިބި ބަޔަކާ އެއާޕޯޓް ކޮމްޕެނީ ހިންގަންތިބި ބަޔަކުވެސް ވިސްނާލުން މުހިންމު ކަންތައްތަކެވެ.
ވެދުން
30 December 2018
ދެން އޮތީ ފްލައިޓްތަކުން ގެންނަ މުދެވެ. މަތިން ގެންނަ މުދަލުގެ މަދު %އެއް ފިޔަވައި ހުރިހާ މުދަލެއް ފޮނުވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކަނޑުމަގުންނެވެ. މުދާ ބަރުކުރާނެ އެކަށީގެންވާ ބަނދަރެއްނެތެވެ. ބަރު މުދަލެއް އައިސްފިނަމަ އެ ބަރުކުރާނެ މެޝިނަރީއެއް ނެތެވެ. ތަން ކޮންޓްރޯލު ކުރަނީ އަމިއްލަ ކޮންމެވެސް ކުންފުންޏަކުންނެވެ.
ވެދުން
30 December 2018
ރާއްޖޭގެ ރައްޔިތުންނަށް ދަތުރުތަކުގެ ޓިކެޓް އަގު ހެޔޮވާން އޮތީ ތެލުގެ އަގު ހެޔޮކޮށްގެން ކަމަށް ވާނަމަ އެކަން ކުރަންވެސް ޖެހެއެވެ. އެކަމަކު، ދަންނަވާލަމެވެ. ރާއްޖެ އަންނަ ދަތުރުވެރިން ފައިބައިގެން އައިސް ލަގެޖް ނަގާހިސާބުން ފާޚާނާއަށް ނުދެވި ކޮޅުކޮޅަށް ދުވެދުވެ ތިބެން އެބަ ޖެހެއެވެ. " ޓޮއިލެޓް ކަމިން ސޫން" ޖަހައިގެން ތިންމަހެއްހާ ދުވަސްތެރޭ ނިންމަން ހިފާލި ފާޚާނާބަރި ނުނިމި އަހަރަކަށްވުރެން ގިނަވީއެވެ.
ރަދީފް
30 December 2018
ކޮބާ އަދިވެސް ޓިކެޓްގެ އަގު ހެޔޮކުރަން ނޭނގިފަ ޑޮމެސްޓިކް އެއާލައިންތަކުން ތިބީ ކީއްވެގެން؟؟!! ބުނެބަލަ ތިހެން ނުތިބެ.ޖެޓް ފިއުލް އަގުބޮޑުވެއްޖެނަމަ ޓިކެޓްގެ އަގު ބޮޑުކުރަން ވަަރަށް ފޯރި ހުންނާނެ.ނަމަވެސް ޖެޓްފިއުލް އަގުހެޔޮ ވެއްޖެތަ ، އެބައި މީހުން އެކަން ދަންނަ ކަމަކަށް ވެސް ނަހަދާނެ.ލަދު ކޮބާ؟/ މެމެން މިތިބީ ޓިކެޓްގެ އަގުހެޔޮވާނެ ދުވަހެއްގެ އިންތިޒާރުގަކަން ދަންނާތި.ވޯޓޭ ކޮމާންޑޭ ކިޔާފަ އަހަރުމެން ފަހަތުން އައިސްގެން ނުވާނެ.ވ.ވެދުން
މާރަނގާ - އައްޑޫ ސިޓީ
30 December 2018
މާލޭ އެއަރޕޯޓްގެ ޖެޓްފިއުލް ސްޓޯރޭޖާއިއެއްވަރުގެ ސްޓޯރޭޖް ގަމުގައިހަދައިފިނަމަ އެސަރަހައްދުންދަތުރުކުރާ ކިތަންމެ މަތިންދާބޯޓެއް ރިފިލްކުރުމަށް ގަމަށްޖައްސާނެ. * * ގަމާއި ހަނިމާދޫ ފިއުލް ސްޓޯރޭޖް ބޮދުކުރިމަށްފަހު ރާއްޖޭގެ ބައިނަލް އަޤުވާމީ 3 އެއަރޕޯޓަށް އެއްކޮށް ޖެޓް ފިއުލް ސަޕްލައިކޮށް ދިނުމަށް ބިޑް ކޮށްފިނަމަ އަދިވެސް އިތުރަށް ތެލުގެ އަގުހެޔޮކުރެވި ބޮޑު ރިޒާވެއް ރާއްޖޭގައި ބެހެއްޓޭނެ. އަދި އެތެރޭގެ އުދުހުން މީގެ ސަބަބުން އަގުހެޔޮކުރެވޭނެ.
މާރަނގާ - އައްޑޫ ސިޓީ
30 December 2018
ޔާމިންބަދަލުކޮށް ސޯލިޙްގެނައުމުން މާލޭސަރުކާރުގެ ތަފާތުކުރުމުގެސިޔާސަތުވެސް ބަދަލުވާނެކަމަށް އަހަރުމެނަށްހީވުމަކީ ގޯހެއްދޯ؟ * * ސޯލިހްވެސް “ދިވެހިރާއްޖެއަކީ މާލެ” ކަމުގައިޤަބޫލުކޮށް ފިކުރާއި ވިސްނުމުގައި “މާލެ” ނޫންރަށެއް އަތޮޅެއްހަދާނެއްނެތް. * * ލާމަރުކަޒީއާއި ޖަޒީރާގެވާހަކަދައްކާއިރު ގަމާއި ހަނިމާދޫއެއަރޕޯޓް އަޕްގްރޭޑްކޮށް ޖެޓްފިއުލް ސްޓޯރޭޖްބޮޑުކޮށް މިހާރު މާލެއަށްވުރެން އަގުބޮޑުކޮށްވިއްކާތެޔޮ އެއްއަގެއްގައި ލިބޭނެގޮތް ނަހަދާންވީކީއްވެ؟