ފިހާރެއްގައި ހުރި އެއްޗެހިތަކެއް މީހަކު ބަލަނީ: ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދޭން ވަނީ ފަށާފައި -- ފޮޓޯ/މިހާރު
31 ޑިސެމްބަރ 2018 - 17:22
ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދާއި ކެންޓީން ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހަޅައި، އެ ގަވާއިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާ އެކު ވަކި ޚާއްސަ ފީއެއް ދެއްކުމުންނެވެ.
ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ސާފުކޮށް ފެންނަ ހުރުމާ އެކު 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމުގެ އިތުރުން ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި އެ ފިހާރައެއް ހިންގާ ނަމަ އެވެ.
އެކަމަކު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުނެގިޔަސް، ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ގަވާއިދުތަކަށް ގެނައި އިސްލާހުތައް ބުނާގޮތުން ކެފޭ އަދި ރެސްޓޯރެންޓްތަކާއި ކެންޓީންތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެވޭނީ މެންދަމު 1 އިން ފެށިގެން ފަތިހުު 4:30 ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި އެތަންތަނުގެ އެތެރެ އަލިކޮށްފައި ހުރުމުގެ އިތުރުން 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި އެތަނެއް ހިންގާ ނަމަ އެވެ. އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
އެ އިސްލާހުތައް ބުނާގޮތުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައާ ޚިލާފްވާ ފުރަތަމަ ފަހަރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަހަށް ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ޚިލާފްވާ ނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރާނެ އެވެ. އަދި އެ ހުއްދަ ނެގުމަށް ފަހު، 24 ގަޑިއިރު ވިޔަފާރި ނުކުރާ ނަމަވެސް އެ ހުއްދަ ބާތިލްކުރާނެ އެވެ.
ގަވާއިދަށް ގެނައި ބަދަލުތައް ބުނާގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ޝަރުތުތައް ފުރިހަމަވުމާ އެކު، 2،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އެ ހުއްދަ ދޭނީ ކޮންމެ ފަހަރަކު 2 އަހަރުގެ މުއްދަތަށެވެ. އަދި އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜައީސް
01 January 2019
ކާކު މިކަން މޮނިޓަރ ކުރަނީ. ???. ޢަޅުގަނޑު ދިޔައިން ސިނގިރެޓް ޤާނޫނު ކަންތަކުގަ ހެލްތު މިނިސްޓްރީއަށް . ޢެއީ ޤނޫނަކުން މަނާކުރާކަމެއް . ޢެކަން މޮނިޓަރ ނުކުރެވޭ.
ކިރުދޫނި
01 January 2019
"މެންދަމު 1 އިން ފެށިގެން ފަތިހުު 4:30 ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ" މި އެންފޯސްއެެއް ނުކުރެވޭނެ. ޙަމައެއް ނުޖެހޭ. ވަކިވަގުތެއްގަ މަނާ. ޢެހެންވީމާ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށްމަނާ ތަންތަނަށް ހުއްދަދީގެން މިގޮތަށް ކަންހިނގާނީ.
ކޮވެލި
01 January 2019
ތާކުންތާކު ނުޖެހޭ ސިޔާސަތެއް. ޕާޓޭން ގޮސް ޙަމަލާދީ ފައިސާ ކޮޅު ހިފައިގެން ދިއުން ނޫންކަމެއް ނުވާނެ. ސިޓީއެއްގައި އެއްތަން ހުރީމަ ނިމުނީ. ތިކަން ނުކުރިއަސް ކޮންސިއުމަ ޕްރޮޓެކްޝަން އެކްޓް ތަންފީޒު ކޮށްބަލަ. އަނގަ ފުޅާނުކޮށް.
2019
01 January 2019
އިކޮނޮމިކު މިނިސްޓުރީން ވެސް ސަރުކާރުގެ އެހެން އިދާރާތަކުންވެސް ބޭނުމެއް ނ ުވެޔޭ މިގައުމުގައި ބިދޭސީންގެ މަންސަލަ ހައްލު ކުރާކަށް. އޭގެ ހެއްކެއް ތި ގަވާއިދު ހެދި އިރު ބިދޭސީން ސޭޓުންނަށް ނުތިބެވޭ ގޮތަށް އިސްލާހުގަ ނެތުން
އާރީ
01 January 2019
ތި ގަވާއިދު ގަ ބިދޭސީ ސޭޓުން ތިބޭނަމަ ފިޔަވަޅު އަޅާގޮތަށް ބަދަލު ކޮށްލުން ވަރަށް މުހިންމް. ސިޓީ ކައުންސިލުންވެސް ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭވާހަކަ ދައްކާފަވެސް ހައްލެއް ގެންނާކަށް ނޭގެ. ތި ގަވާއިދު އިސްލާހު ނުކުރަށްޏާ ބިދޭސީން ސޭޓުންނަށް ތިބުން އޯކޭ އޭ ތިބުނަނި.
މާ އެނގޭ
31 December 2018
ދެން މިހާރު އެއްވެސް ހުއްދައެއް ނެތި ތިކަން ކުރަމުން މިއަދާ ހަމަޔައްވސް އައި މީހުންނަށް ހަދާނީ ކިހެނެށް.
ވިޔަފާރި
31 December 2018
މިއީ ކަމެއް ރަނގަޅު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބޭނުން ނުވާ ބަޔަކު ނޫހުގެ ހެޑްލައިނެއް ހޯދާލަން ކުރާ ކަންކަން. މިރާއްޖޭގެ ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ އިމްޕޯޓް ވިޔަފާރިކުރާތަންތަން އެއްކޮށް ހާލާކުވެގެން އެތައް ހާސްބަޔަކު ދަރަނިވެރިވެގެން އެދަނީ އެއްބަޔަކު އެއްވެސް ޓެކްސް އެއްނުދައްކާ ވިޔަފާރި ކުރެވޭނެ ކަޅު ބާގަނޑުތައް ގާނޫނުން ތަނަވަސްކޮށްދީފަ އަނެއް ބަޔަކު ކޮނޑަށް މުޅި ދިވެހި ގައުމު ލައިގެން ބުރަ އުފުލަން ޖެހޭގޮތަށް ނިޒާމުއޮތީ
އަދަފި
31 December 2018
24 ހުުޅުވަން ހުއްދަދޭ ފިހާރަތަކުން 11 ގެ ފަހުން ސިނގިރެޓް ނުވިއްކާ ގޮތައް ހެއްދެވުމަށް ގޮވާލަމެވެ. އަދި އެނާޖީ ޑްރިން ނުވިއްކޭ ގޮތައް ހަދަން ވެސް ގޮވާލަން.
އަލިފުސީނު
01 January 2019
ކަލޭހުރެބަލަ ނުގަނެ...
ޙަމް
31 December 2018
ޙިހީ. ކޮބާ ވަރަށް ރަނގަޅު ހަމަ ނިންމީ އަހަރެމެން ބޭނުން ވާ ގޮތަށް. މިތާނގަ ރުޅިގަދަވެގެން ކޮމެންޓް ކުރި ކުދިންނަށް ސަލާމް. ލޮލް.
ހަގީގަތު
31 December 2018
ތިޔައީ އެއްވެސް އިންސާފެއް ނެތްގޮތެއް.. ގަވާއިދެއް އޮތިއްޔާ އެގަވާއިދު އެންމެންނައް ހާމަ ކުރެވެންޖެހޭނެ..ކައުންސިލަރުންގެ ބަނޑުތެރޭގައި ފޮރުވިވަ އޮންނައެއްޗަކައްވެއްޖެއިޔާމުން ކަރަޕްޝަނައް މަގުފަހިވާނެ.