ރިޝީ އާއި ނީޓޫ އާއިލާއާ އެކު.
02 ޖެނުއަރީ 2019 - 06:47
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ރިޝީ ކަޕޫރް އެމެރިކާގައި ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އިރު، އޭނާގެ ބައްޔާ ގުޅޭ ގޮތުން މީޑިއާތަކުން ކުރާ ޝައްކުތަކަށް އިތުރު ބާރެއް ލިބިއްޖެ އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޝީ، 66، ފަރުވާ ހޯދަނީ ކެންސަރު ބައްޔަށެވެ. އަދި މި ވާހަކަ މީޑިއާތަކުން ފެތުރުމުން ކަޕޫރް ހާންދާނުގެ ބައެއް މީހުން ވަނީ މީޑިއާތަކަށް ވަރަށް އެއްޗެހި ގޮވައިފަ އެވެ.
އެކަމަކު މީޑިއާތަކުން ރިޝީގެ ބައްޔާ ބެހޭ ގޮތުން ފެތުރި ވާހަކައަކީ ހަމަ ހަގީގަތުގައި ވެސް ތެދަކަށް ވެދާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.
އާ އަހަރާ ގުޅުވައިގެން ރިޝީގެ އަންހެނުން އަދި ކުރީގެ ބަތަލާ ނީޓޫ ސިންގް އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯއެއްގެ ކެޕްޝަނުން އަޅައި ގަތީ "ހޯޕް އިން ފިއުޗާ ކެންސާ އިޒް އޮންލީ އަ ޒޮޑިއަކް ސައިން" މި އިބާރާތެވެ. ރާހީގައި ހިމެނޭ ކެންސާ ނިޝާނަށް އިޝާރާތްކޮށް ކެޕްޝަނުގައި ކެންސަރުގެ ވާހަކަ ނިސްބަތްކޮށްފައި ވަނީ ރިޝީގެ ބައްޔަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މީޑިއާތަކުން މިހާރު ވަނީ ބުނަން ފަށައިފަ އެވެ.
ނީޓޫގެ ޕޯސްޓްގައި އާ އަހަރަށް "ރިޒޮލިއުޝަންތަކެއް ނެތް" ކަމަށާއި "ހުރީ އުންމީދު ކުރެވޭ ކަންތައްތަކެއް" ކަމަށް ބުނެ ދެތިން ކަމެއް ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ޓްރެފިކް ޕޮލިއުޝަން ކުޑަކުރުމާއި އެއްބައިވަންތަވެ އެކުވެރިކަން އާލާކުރުމާއި ފަގީރުކަން ކުޑަކުރުމާއި ދުޅަހެޔޮ ސިއްހަތެއް ވަރަށް ވެސް މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.
ނީޓޫ ޕޯސްޓް ކުރި ފޮޓޯއަކީ އޭނާގެ ކުޑަކުޑަ އާއިލާ އެއްކޮށް ދައްކުވައިދޭ ފޮޓޯއެކެވެ. އެއިން ފެންނަނީ ނީޓޫ އާއި ރިޝީ އާއި އަންހެން ދަރިފުޅު ރިދިމާ ކަޕޫރުގެ ދެމަފިރިންނާއި އެ މީހުންގެ ދަރިފުޅާއި ރަންބީރު ކަޕޫރާއި އޭނާގެ "ވާން އުޅޭ އަނބިމީހާ" އަދި މަޝްހޫރު ބަތަލާ އާލިއާ ބަޓެވެ.
މިއީ ރިޝީ ފަރުވާ އަށް އެމެރިކާ އަށް ދިޔަ ފަހުން ރަންބީރާ އެކު، އާލިއާ ނިއު ޔޯކަށް ދިޔަ ދެވަނަ ފަހަރެވެ. އާއިލީ މިފަދަ ފޮޓޯތަކުން ޔަގީންކޮށް ދެނީ ރަންބީރާއި އާލިއާގެ ގުޅުން ރަސްމީވެއްޖެ ކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަަމީ
02 January 2019
ރަންބީރަށްވުރެ ރިޝީއާ ވައްތަރީ އާލިއާ އާ. ޚާއްސަކޮށް ރިޝީގެ ޒުވާން ދުވަސްވަރު. އަނެއްކާ ރިޝީގެ ދަރިއެއްބާ؟