ގްރެގްސް އިން ނެރޭ ވެޖަން-ފްރެންޑްލީ ސޮސޖް ރޯލްތަކެއް.
03 ޖެނުއަރީ 2019 - 08:03
މަހުގެ ބާވަތްތަކާ ދުރުވެ ތަރުކާރީ އަށް ބަރޯސާވާ މީހުން ދުނިޔޭގައި އިތުރުވަމުން އަންނަ އިރު އެފަދަ މީހުންނަށް ހާއްސަކޮށްގެން، އިނގިރޭސިވިލާތުގެ އެންމެ ބޮޑު ބޭކަރީ ޗެއިން ގްރެގްސް އިން "ވެޖަން-ފްރެންޑްލީ ސޮސެޖް ރޯލް" ބާޒާރަށް ނެރެން ނިންމައިފި އެވެ.
ގްރެގްސްގެ ޗީފް އެކްޒެކެޓިވް ރޮޖާ ވައިޓްސައިޑް ބުނީ މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނެސްދޭ އުފެއްދުމެއް ކަމަށާއި މީގެ ސަބަބުން ވެޖެޓޭރިއަން ކެއުންތަކަށް ލޯބިކުރާ މީހުންނަށް ހާއްސަ އުފަލެއް ލިބޭނެ ކަމަށެވެ.
"ވަރަށް ގިނަ ކަސްޓަމަރުންގެ ޑިމާންޑެއް ވެޖަން-ފްރެންޑްލީ ސޮސެޖް ރޯލެއް އަހަރެމެންގެ މެނޫ އަށް ގެނައުމަކީ،" އޭނާ ބުންޏެވެ. "ވަރަށް އުފަލުން އަހަރެމެން ވެސް މި ތިބީ ކަސްޓަމަރުން އެންމެ އެދޭ ކަހަލަ އުފެއްދުމެއް ނެރެވޭތީީ."
ގްރެގްސް އިން މިފަދަ އުފެއްދުމެއް ބާޒާރަށް މި ނެރެނީ ޖަނާވަރުންގެ ހިމާޔަތަށް މަސައްކަތްކުރާ ޕީޕަލް ފޮ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕޭޓާ) އިން ތިމާވެއްޓާ ރައްޓެހި ކެއުންތަކަށް ގްރެގްސް އިން އިސްކަން ދޭން ގޮވާލައި ޕެޓިޝަނެއް ހަދައި އޭގައި 20،000 އަށް ވުރެ ގިނަ މީހުން ސޮއި ވެސްކޮށްފައި ވަނިކޮށެވެ.
ގްރެގްސް އައުޓްލެޓެއްގެ ކައިރިން ބަޔަކު ހިނގާފައި ދަނީ.
ގްރެގްސް އިން ބުނި ގޮތުގައި މިހާރު އިނގިރޭސިވިލާތުގެ 950 އައުޓްލެޓަކުން ވެޖަން-ފްރެންޑްލީ ސޮސެޖް ރޯލް ގަންނަން ލިބޭނެ އެވެ. މި ތައްޔާރުކޮށްފައި ހުންނާނީ މުޅިން ވެސް ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތަކީ ވެޖެޓޭރިއަން ކެއުންތަކަށް ލޯބި ކުރާ މީހުންގެ އާބާދީ އެންމެ ބޮޑަށް އިތުރުވަމުން އަންނަ އެއް ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭބަލި
03 January 2019
ވޭޖަން-ފްރެންޑްލީ އެއްނޫން ކިޔަނީ ވޭގަން-ފްރެންޑްލީ
މަނިކުފާނު
03 January 2019
ކިޔާނެގޮތަކައް ކިޔާ - ދުނިޔޭގެ ވާހަކަދައްކާމީހުންވެސް ނޫޅޭ އެއްބަހަކުން ވާހަކަދައްކައިގެން އުޅޭކަށް އަޖާއިބެއް؟! ވާވޭ - ހުވާވެ - އުވާވެ ....
ރާހުލް
03 January 2019
ރާއްޖޭގެ ބާޒާރަށް ނިކުންނާނީ ކިހާ އަވަހަކަށްބާ ؟
ކައްކާ
03 January 2019
ރާއްޖޭގައި މިހާރުވެސް ހަދާ އެއްޗެއްމީ. ރާއްޖޭގައި މީތިހުންނަނީ ހަތަރެސްކަނަށް. މީތަފާތަކީ. އޭގައި ހުންނަނީ ތަރުކާރީއާއި ކުކުޅުބިސް . އެއްގޮތަކަށްވެސް މަހެއް ނުހުންނާނެ.