ފުލުހުން ހޯދަން އިއުލާންކުރި ދެ ކުދިން: އެ ކުދިންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަން ފުލުހުންނަށް އަންގަން ފުލުހުން އެދޭ --ފޮޓޯ/ޕޮލިސް
04 ޖެނުއަރީ 2019 - 22:52
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުޑަކުއްޖަކު ހޯދަން ފުލުހުން މިރޭ އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލަކު، ދިގުވާޑު/ބަނަފްސާގޭ ފާތިމަތު ހަނާޒް އާއި އާއި ދަފްތަރު 2542، ޝާދިޔާ އަންވަރު ކަމަށެވެ.
އެކަމަކު އެ ކުދިން ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ދެ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަން ފުލުހުންނަށް އަންގަން ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނީ
01 July 2019
ވާތް ފަރާތު އެއީ ކުޑަ ކުއްޖެއްވިއްޔާ މަމީ ކިރުބޯ ކުއްޖެއް
މިވެސް ކަމެއް
05 January 2019
ދަފްތަރު މީހާކު ކިހިނެއް ހޯދާނީ. އޭނާގެގޭގެ އާއިލާ ވެސް އެހާ ބޮޑު އެކަމަކު ދަންނަ މީހަކުވެސް ނުހުންނާނެ. މިއީ ހައްލުކުރަންޖެހޭ ކަމެއް. އައިޑީ ކާޑުގައި ދަފްތަރު އޮތުމުން ވާނުވާއެއް ނޭނގޭ.
މައްސަލަ
05 January 2019
އަސްލުވެސް. މިދަފްތަރު އުވާލަންވީ މިހާރު. މިއަދު މާލެ އަޔަސް ދަފްތަރުގައި ޖެހެވޭ.
މެތުސް
05 January 2019
ދަފުތަރާ ކުޑަ ސިޓީއާ ހުރި ތަފާތެއް ބުނެދީބަލަ!
މަރޭމިތުރާ
05 January 2019
[[ހާދަވަރަކަށް އެބަގެއްލޭ މިތާގެ ކުޑަކުދިން! ސާދަ ފަނަރަ އަހަރުގެ އަންހެންކުދިން!]]................... އަންހެންކުދިންނަށް ސަލާމަތާއި ރައްކާތެރިކަން އިތުރައް ހޯދައިދީ މިހެން ގެއްލެން ދިމާވާ އަސްލު ސަބަބު އޮޅުންފިލުވައި އެކުދިންނަށް މުޖުތަމައުގައި ރަނަގޅު ދަރިންތަކަށް ހަދައިދެއްވަން މަސައްކަތްކުރަމާ!
ފޮސްކަލޯ
05 January 2019
ކުޑަކުދިން މިހާރު މިޖައްސާ ފިލާފިލިން ޕޮލިހުންނަށް ނުހޯދޭ. ޒަމާނީ އުކުޅު ބޭނުންކުރާކަމަށް ފޮސްކަލޯއަށް ފެންނަނީ
ޙަސަން އަޙްމަދު
05 January 2019
ކުޑަ ކުދިން އަބަދު ވެސް ތިބޭނީ ކޮންމެސް ފަރާތެއްގެ ބެލުމުގެ ދަށުގަ. އާއިލާ ނުވަތަ ދައުލަތް. އެއިން ފަރާތަކަށް ކުއްޖާ ވީތަނެއް ނޭނގެންޏާ އެކުއްޖާ ހޯދަން ޖެހޭނީ ބަލަމުން ދާ މައްސަލައަކާ ގުޅިގެންނެއް ނޫން. އެ ކުދިން އެތިބީ ރަސްމީކޮށް ގެއްލިފައި. އެހެންވީމަ ގެއްލިގެން ހޯދަން ޖެހޭ ދެކުދިން ތީ.
އިބުރާހީމް-
06 January 2019
އެކުދިން ގެއްލެނީކީނޫން. ފިލަނީ. މައިންބަފައިން ބަސްނާހަންވެގެން. މިކަންހުއްޓޭނީ، ގަވާއިގު ތަކާ ގާނޫނުތައް ބަދަލުކޮށް ބެލެނިވެރިންނާ ޓީޗަރުންނަށް ބާރުތަކެއް ކަނޑައަޅައިގެން
އިޖޫ
05 January 2019
މިހާރު ކުޑަކުދިންގެ ފޮޓޯ ޖެހޭތަ ؟
ޒިންމާދާރު
05 January 2019
ފޮޓޯ ނުޖަހާ، ހަމައެކަނި ނަން އެނގުމުން ކުއްޖާ ވަކިކުރަން އެނގޭނެތަ އެހެން މިހުންނަށް؟ ފޮޓޯ ޖެހުން ކޮބާ މައްސަލައަކީ؟ އެ ޚަބަރުގެ ބޭނުމަކީ އެކުދިން ހޯދުންތަކުން.
އިހްސާސް
05 January 2019
ކޮބާ ހީވޭކަމެއްހެން.
ސާބަހޭ
04 January 2019
ކުރިއަށް ދިވެހި ޤައުމު، ޒިންދާބާދު!