ބާސެލޯނާގެ ލުއިސް ސުއަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
07 ޖެނުއަރީ 2019 - 08:35
މެޑްރިޑް (ޖެނުއަރީ 7) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގައި ބާސެލޯނާ އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ލީޑުފުޅާކުރިއިރު ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވެ އަނެއްކާ ވެސް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ގެޓަފޭ އަތުން ރަށުން ބޭރުގައި 2-1 އިން ބޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އަދި ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. ރޭ ސެވިއްޔާއާ 1-1 އިން އެއްވަރުވި އެތުލެޓިކޯ ދެ ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. ސެވިއްޔާ 33 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު، ކުރިން ހަތަރު ވަނައިގައި 30 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އަދި ރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވެ ޑިޕޯޓިވޯ އަލަވެސް ވަނީ 31 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.
ރޭގެ މެޗާ އެކު މެޑްރިޑަށް މޮޅުނުވެވި ޖެހިޖެހިގެން ދެ މެޗު ދިޔައީ އެވެ. އާ ކޯޗު ސަންޓިއާގޯ ސޮލާރީއާ އެކު ނަތީޖާތައް ރަނގަޅަށް ގޮސްގޮސް އޮއްވައި އަނެއްކާ ވެސް މަޑުޖެހިލުމެއް މިވަނީ އައިސްފަ އެވެ. މެޑްރިޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިން ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިލިއަން ހޯސޭ ލަނޑު ޖަހައި ސޮސިއެޑާޑަށް ކުރި ހޯދައިދިނެވެ. މެޑްރިޑަށް އެނބުރި އަންނަން ކުރި މަސައްކަތަށް ހުރަސް އެޅުނީ 61 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒަށް ރަތްކާޑު ދެއްކުމުންނެވެ. އަދި 83 ވަނަ މިނެޓުގައި ރުބެން ޕަރްޑޯ ވަނީ ސޮސިއެޑާޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މިއީ ސޮސިއެޑާޑުން މެޑްރިޑުގެ ދަނޑުގައި 15 އަހަރު ތެރޭ މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގައި ގެޓަފޭ ކޮޅަށް އެ ޓީމުގެ ގޯލްތައް ޖަހައިދިނީ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒެވެ. ގެޓަފޭގެ ޔައިމޭ މަޓާ ތަފާތު ކުޑަކުރި ނަމަވެސް ބާސެލޯނާ އިން ވަނީ ނަތީޖާ ދަމަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެލްސީ ދިވެހި ފޭނުން
08 January 2019
ރެފްގެ އެހީގަ ޔޫސީއެލް ނަގާ ރެއާލްއަށް ވަރަށް ސަލާމް.
ރަދީފް
07 January 2019
ބޮޓޮމްލައިން އިޒް.ރޭގަ ރެެއާލް ބަލިވި ، ބާސާ މޮޅުވި.އަދި ބާސާ އޮތީ ލީގްގެ 01 ވަނައިގަ ، ރެއާލް އޮތީ ލީގްގެ 5 ވަނަ މަގާމްގަ.10 ޕޮއިންޓްގެ ފަރަގެއް އެބައޮތް.ނަމަވެސް ފަހުން ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ.#ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ޕުތަހަމީދު
ހަމީދު
08 January 2019
ދާދި އިހަކަށް ދުވަހު ދުނިޔެގެ ޗެންޕިއަން ކަން ރެއާލް މެޑްރިޑް ހޯދި އިރު އެއްކަލަ ބަރްކާ ވެސް އޮތީ ކުޅިބަލަން. އަބަދަކު ރެއާލްވެސް މޮޅެއްނުވާނެ. ފޭކް ރަދީފް.ހަހަހަ
ޗެލްސީ ފޭންސް މޯލްޑިވްސް
08 January 2019
ހަމީދު ކަލެއަށް ކޯޗެއްތަ އިނގެނީ؟؟!! 1 މެޗް ކުޅެގެން ފައިނަލަށް ގޮސް ރެފްރީގެ އެހީގަ ރެއާލުން ކްލަބް ވޯލްޑްކަޕް ހޯދުން އެއީ ކަލެއަށް ސަޕްރައިޒެއް ދޯ.
ހަމީދު
07 January 2019
ދަންނަ ނުދަންނަ ރަދީފް ކަލޭ ހިތައް ވަރަށް އަސަރު ކޮއްފިކަން ޔަގީން. ދުނިޔޭގެ ޗެންޕިއަންނުން ނަކީ އަދިވެސް ރެއާލް މެޑްރިޑް. ފޭކް ބާރްކާ އަކަށް ފުޓްބޯޅައިގެ ރޮގުން ރެއާލް މެޑްރިޑް އަކާ އަރާހަމަ އެއްނުކުރެވޭނެ. ދެން ލަލަލާ...
ރަދީފް
07 January 2019
އަސަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް.ކަލޯ އަދި ތިހީކުރީ ގޮތް މުޅިން ގޯސް.
ރަދީފް
07 January 2019
އަންނި އަށް.ގްރޫޕް ސްޓޭޖުގަ މެންޔޫ މޮޅުނުވެއޭ އެކަކުވެސް ނުބުނޭ.މުބާރާތެއްގެ ފުރަތަމަ މެޗުން ނުވަތަ ގްރޫޕް ސްޓޭޖް މެޗަކުން ބަލިވުން އެއީ އަދި އެޓީމަކަށް މުބާރާތް ގެއްލެން ޖެހޭ ސަބަބެއް ވެސް ނޫން ، އަދި މީގެ އިދިކޮޅުވެސް އޮންނާނެ.ދޭހަކުރުމުގެ ފެންވަރު ދެރައެއްނުވާނެ.''މިހާރުއޮންލައިން''އިން ސިލެކްޓްކުރާ ކޮމެންޓްތަކުގެ ތެެރޭގަ މެގޭ ކޮމެންޓް ހިމެނެނީ ކޮންމެވެސް ސޮލިޑް ރީޒަނެއް އޮވެގެން ދޯ.ވ.ވެދުން ބްރަދާ.
ރަދީފް
07 January 2019
އަންނި އަށް.ފީފާ ވޯލްޑްކަޕް2002 ގަ ސެނެގޯލްއިން އެންމެ ފަހުގެ ޗެމްޕިއަން (1998 ގެ ޗެމްޕިއަން ފްރާންސް) ޓީމްވެސް ބަލިކުރި.އަންނިގެ ތަރުޖަމާއިން 2002 ގެ ޗެމްޕިއަންކަން ލިބުނީ ސެނެގޯލްއަށް.ލަދު ކޮބާ؟؟
އަންްނި
07 January 2019
ކާކުތަ ޗެމްޕިއަނެއްގެ ވާހަކަ ދެއްކީ؟ ތިއީތަ ދޭހަކުރުމުގެ ފެންވަރަކީ. ކުރުކޮށް ފޮނިކޮށް ބުނާނަމަ، ބުނެފަ އެއޮތީ މެންޗެސްޓަރ ޔުނައިޓެޑް އޮތީ ވަރަށް ފޯރމުގައޭ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުވެސް ޗެމްޕިއަންސް ލީގުގަ ވާދަކުރާނެއޭ. ލީގުގަ ރަދީފްގެ އާރސެނަލް ފަހަތަށް ޖައްސަން ކުޑަ ހިތްވަރެކޭ ބޭނުންވަނީ. ޔުވެންޓަސް އެއީ އެހެން ނޫނަސް ޗެމްޕިއަނެއް ނޫންދޯ ބަލިކުރީމަ ޔުނައިޓެޑް ޗެމްޕިއަނުންނަށް ވާން؟ ރެއާލް މެޑްރިޑްގެ ވާހަކަ ދެއްކި ނަމަތާ ތިޔަހެން ބުނަން
ރަދީފާ
07 January 2019
ރަދީފް ކަލޯ މައުޟޫއިން ބޭރުވާއިރުވެސް ނިއެނގެއި ދީ
ރަދީފް
07 January 2019
މަރުހަބާ ދުނިޔޭގެ އެންމެ ގަދަފަދަ ކްލަބް.އާދެ އެއީ ކޮންކްލަބެއް ތޯ!! އެއީ ސްޕެއިންގެ އެފްސީ ބާސެލޯނާ އިނގޭތޯ.މަރުހަބާ ސޮސިއެޑާޑް.ސޮސިއެޑާޑްގެ ކާމިޔާބީއެއީ އަހަރުމެންނަށް ވަަރަށް މުހިންމު އެއްޗެއް.ރެއާލް އަދި މެންޔޫ ވަރަށް އެއްގޮތް.ޔޫސީއެލްގަ ވަރުގަދަ 02 ބާރު ނަމަވެސް މިހާރުގެ ފޯމްގަ އަންނަ ސީޒަނުގަ ބޮޑަށް ފެނުންގާތީ ޔޫރޮޕާ ލީގުން ކަމަށް ބެެލެވޭ.ސޮރީ ރެއާލްގެ ޕްލާސްޓިކް ފޭންސް.ގުޑް ލަކް.ވ.ވެދުން. #ވިސްކައެލްބާސާ #ޕުތަމެޑްރިޑް
ނިއުމާާ
07 January 2019
ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑް އޮތް ކްލަބޭ ކިޔާބަލަ! ދުނިޔޭގެ އެންމެ ގަދަފަދަ ޓީމަށް މިއުޅެނީ ޗެމްޕިއަންސް ލީގު ކުއަރޓަރ ފައިނަލަށްވުރެ ކުރިއަށް ނުދެވިގެން. ބަޔަކު އަޖައިބެއް ފަހެ ނުވާނެތަ؟
އަންްނި
07 January 2019
ރަދީފް ފުޓްބޯޅަ ބަލަންތަ؟ ބަލަ މެންޗެސްޓަރ އިން ޗެމްޕިއަންސް ލީގުގަ ރަދީފްގެ ޔުވެންޓަސް، ޔުވެންޓަސް ދަނޑުގަ ބަލިކުރި ހަނދާން ނެތުނީތަ؟ ސްޓޭޑިއަމުން އެމެޗު ނުބަލަންތަ؟ މެންޗެސްޓަރ އެންމެ ފަހުން ކުޅުނު 5 މެޗުންވެސް މޮޅުވި. ލީގުގެ ފަހު 4 މެޗުން މޮޅުވެ ބްރޯގެ އާރސެނަލާ ދެމެދު އިން 8 ޕޮއިންޓް، 3 ޕޮއިންޓަށް ކުޑަކޮށްފި. އެ ހަތަރު މެޗުގަ 14 ލަނޑު ކާމިޔާބުކުރިއިރު ބައިކޮޅަށް ވަނީ 3 ލަނޑު. ބަލާ މީހެއް ނުބުނާނެ މެންޗެސްޓަރ ޔުނައިޓެޑް އޮތީ ފޯރމުގައެއް ނޫނޭ.
ގައިތޯންޑޭ
07 January 2019
ސާބަހޭ ރަދިއްޕެ ! #ވިސްކައެލްބާސާ #ޕުތަމެޑްރިޑް
ނިއުމާގެ ބަފާ
07 January 2019
ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑަކީ މިހާރު ބާސާއެއްނޫން. އެއްވަނައިގައި މިހާރު އޮތީ މެންޗެސްޓާ ސިޓީ. ދެވަނައިގައި ޕީއެސްޖީ. ބާސާއޮތީ ފަސްވަނައިގައި. ކަންކަން އެނގިގެން ކޮމެންޓްކޮށްބަލަ. އިތުރަށް ޔަޤީން ކޮށްލަން ބޭނުމިއްޔާ ތިރީގައިމިވާ ލިންކަށް ވަދެލާ. https://talksport.com/football/423606/most-expensive-squads-europe-chelsea-liverpool-man-united-man-city-spurs-tottenham-arsenal-everton-leicester/