ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލު ފެށެން ތިން ދުވަސް: ޓެކްސްޓް ފޮތްތައް ހަމައެއްނުވޭ، އެކްޓިވިޓީ ޔުނީފޯމެއް ނުލިބޭ!

ޖަމާލުއްދީން ސްކޫލުގައި ބޭއްވި ހަރަކާތެއްގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ: .--ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ތިން ދުވަހަށް ވީ އިރު ވެސް ބައެއް ސްކޫލުތަކަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޓެކްސްޓް ފޮތްތައް ލިބޭނީ ޖެނުއަރީ 13 ގައި ކަމަށް ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެޑިޔުކޭޝަނުން ބުނި ނަމަވެސް އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާއިރު ބައެއް ސްކޫލުތަކުގެ ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގަ އެވެ. މީގެ ކުރިން ވެސް ޔުނީފޯމާއި ފޮތްތައް ހޯދުމުގައި މައްސަލަތައް ދިމާވިޔަސް މިފަހަރު އެކަން މާ ބޮޑު ވެއްޖެ ކަމަށް، ބައެއް ބެލެނިވެރިން ބުނެ އެވެ.

ކަންބޮޑުވުން ފާޅުކޮށް "މިހާރު"އާ ވާހަކަދެއްކި ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިއަކު ބުނީ ރިޕޯޓު ފޮތް ދިން ދުވަހު ވައުޗާ ދިން ނަމަވެސް ޓެސްޓް ފޮތްތައް ލިބޭނީ ސްކޫލް ހުޅުވޭ ދުވަހު ކަމަށެވެ.

ވައުޗާ ދެނީ ލިއަން ބޭނުންކުރާ ފޮތް ފަންސޫރާއި އެހެނިހެން އެއްޗެހި، ފޮތް ފިހާރަތަކުން ގަތުމަށެވެ. ޓެކްސްޓް ފޮތްތައް ދޫކުރަނީ ސްކޫލްތަކުންނެވެ.

"ކުރިން ސްކޫލު ބަންދުވާ އިރަށް ލިބޭނެ ފޮތްތައް، އޭރުން ޗުއްޓީ ތެރޭގައި [ގަނޑު ލެއްވުން ކަހަލަ] މަސައްކަތް ނިންމާލެވޭނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ޖަމާލުއްދީން ސްކޫލްގެ ބެލެނިވެރިޔަކު ބުންޏެވެ.

"އެކަމަކު މިފަހަރު މިކަންތައް ދިޔަ ގޮތުން ވަރަށް ބޮޑު އުނދަގުލެއް މި ޖެހުނީ. ގިނަ ކުދިން ތިބޭ ބެލެނިވެރިންނަށް މިކަމުގެ އުނދަގޫ ބޮޑުވާނެ."

އޭނާ ބުނިގޮތުގައި އެކްޓިވިޓީ ޔުނީފޯމް ލިބޭނެ ކަމަށް އަންގާފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެންނެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވީ އެ ސްކޫލުގެ ގްރޭޑު 1-6 ގެ ދަރިވަރުންގެ ޓެކްސްޓް ފޮތްތަައް ހަމަވެފައިވާ ކަމަށެވެ. އެކަމަކު 7-9 ގެ ފޮތްތައް ލިބޭނީ މި ހަފުތާގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ބެލެނިވެރިއަކު ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމަށް ބަދަލުތަކެއް އައިއިރު ގިނަ ފަހަރަށް ޔުނީފޯމް ލިބެނީ ވެސް ވަރަށް ލަހުން ކަމަށެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ޔުނީފޯމްގެ ކޮލިޓީ ދަށްވުމުގެ ޝަކުވާ ވެސް އޭނާ ކުރި އެވެ.

"މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި އެކްޓިވިޓީ ޔުނީފޯމް ލިބުނީ ވެސް. އެހާ އަގުބޮޑުކޮށް ގަނެފައި އަނެއް އަހަރަށް ނުލެވޭ ޔުނީފޯމަށް ބަދަލުތައް ގެންނާތީ،" ގްރޭޑް ހަތަކަށް ބަދަލުވާ ދަރިވަރެއްގެ އެ ބެލެނިވެރިޔާ ބުންޏެވެ.

"ވަރަށް ދެރަކޮށް، އަރަތެއްގެ ގޮތުގައި މިކަންތައް ދަނީ."

ތާޖުއްދީން ސްކޫލްގެ ބެލެނިވެރިޔަކު ބުނީ ފޯމް ދިނުމާ އެކު ޓެކްސްޓް ފޮތްތައް ބަލާ ދިޔަ މީހުންނަށް ހުރިހާ ފޮތެއް ވެސް ލިބުނެވެ.

ބައެއް ސްކޫލްތަކުގެ ވަކި ގްރޭޑްތަކެއްގެ ޓެކްސްޓް ފޮތްތައް ލިބިފައި އަނެއް ބައި ގްރޭޑްތަކުގެ ފޮތްތައް ލިބޭނީ ފަހުން ކަމަށް ބެލެނިވެރިންނަށް ވަނީ އަންގައިފަ އެވެ.

އެހެންކަމުން މިހާރު ދިމާވެގެން މި އުޅެނީ ޗާޕްކޮށްފައި ހުރި ފޮތްތައް ހުސްވުމުގެ މައްސަލައެއް ކަމަށް ބެލެވެ އެވެ. ނުވަތަ ބޭރުން ޗާޕްކުރާ ފޮތްތައް އަދި ނުލިބެނީ އެވެ.

26 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 6%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚަދީޖާ އަލީ

10 January 2019

އަތެއް އޮތަކަސް ބަތެއް ނުކެވޭނެ. މިނިސްޓަރ އަކު ހުއްޓަސް ކަނ ކަނ ކުރުމ7ގެ ތަޖުރިބަަ ނެތީމަވާނެ އެތި މިއޮތީ ވެފަ.

The name is already taken The name is available. Register?

ތުނބުޅި

09 January 2019

ވޭތުވެ ދިޔަ ސަރުކާރުގެ ބޭފުޅުން މިކަމަށް ފާޑު ކިޔާނެ ކަމެއްނެތް. ތިބޭފުޅުންގެ ވެރިކަމުގަވެސް ފޮތުގެ ކަންތައްހުރީ ހަމަ މިހެން. ކޮބާ ޓެބްލެޓްތައް

The name is already taken The name is available. Register?

ޑރ ވަހީދު

09 January 2019

އެއްވެސް ޕްލޭނެތް އޮވެގެން ވެރިކަމަށް އައި ބައެއް ހެން ހީނުވޭ.

The name is already taken The name is available. Register?

ޢަަނާ

10 January 2019

ކުރީ ސަރުކާރު ގޯސްވީމަ ހެޔޮސަރުކާރު ގެނައީ ކީވެ ެސަރުކާރާ އަޅުވަނީ

The name is already taken The name is available. Register?

އަޝްރަފް

09 January 2019

ރާއްޖޭގަ ތައުލީމުގެ ނިޒާމްގެ ކަންކަން އެންމެ ހަރުދަނާކޮށް ދިޔައީ މައުމޫނުގެ ވެރިކަމުގައި. މިއީ އެކަކަށްވެސް ދެބަސް ވެވޭނެ ކަމެއްނޫން.

The name is already taken The name is available. Register?

އެޔާމީނު

09 January 2019

މިފަދަ ޚަބަރަކަށް މިހާރު ކޮމެންޓް ކުރަން ޖެހޭނީ ބިރުން ތިބެ، މީޑިއާގައި ޚިޔާލު ފާޅު ކުރެވޭ އިރު، އެވެދާނެ ނަފްރަތު އުފައްދަން ފާޅު ކުރާ ޚިޔާލަކަށް ވެސް.

The name is already taken The name is available. Register?

ހަނދޭ

09 January 2019

ޓެކްސްޓްފޮތްތައް ލިބެންދެން ސްކޫލް ކިޔެވުން ފަސްކޮށްލުން ކިހިނެއްވާނެބާ؟

The name is already taken The name is available. Register?

43123

09 January 2019

100ދުވަސް ދޭންވީނު ބަންދު ދުވަސް ކަންޑާފަ ފޮތްތައް ހަމަކުރަން އެޑިއުކޭޝަނަށް.އޭރުން މިކަންވާނީ

The name is already taken The name is available. Register?

އަޝްރަފު

09 January 2019

ވަރިހަމައެއްނު! ދޮންކެޔޮ އަދި ނާސްތާ ލިބޭނެ! ޖަޒީރާ ރާއްޖޭގައި ކިޔަވަނީ ޓެކްސްޓްފޮތުންތޯ؟ ނުވަތަ ވޮށުފިލާ ބޭނުންކޮށްގެން ތޯ؟

The name is already taken The name is available. Register?

ސަމޭދާން

09 January 2019

ޖަޒީރާ ރާއްޖޭގަ ކުޑަކޮއް ތިކަހަލަ އުންދަގުލާ ދިމާވާނެ ކެއްކޮއްލާ ފަހުންރަންގަޅުވެސް ވެދާނެ ނަާސްތާ ވެސް އެހުރީ ހޮޓަލުންލިބެން ލާރިދީފަ ގަންނަން

The name is already taken The name is available. Register?

ދިސްވޭއޭ

09 January 2019

ސްކޫލު ފެށެން ތިން ދުވަސް: ޓެކްސްޓް ފޮތްތައް ހަމައެއްނުވޭ، އެކްޓިވިޓީ ޔުނީފޯމެއް ނުލިބޭ ޝަކުވާ ފުލު ފުލުގައި އަންނަނީއޭ އޯޑިއެންސް ގެ ފަރާތުން މިކަމާއި ޒިންމާ ވާން ޖެހޭނީ މަމެން ދެކޭ ގޮތުގައި ރައީސް އޮފީހުގައި ހުންނަ ޕޮލިސީ ޑިޕާރޓްމެންޓްގެ ޕޮލިސީ ސެކްރެޓަރީއަނޭ މެންނޭ އެކަމަކު އެމެން ރަށުތެރޭ ހޯބީ ގޮވަމުން ދުވަނީ ކޮރަޕްޝަން ކޮރަޕްޝަން ކޮރަޕްޝަން އޭ ޚުދު މީރާ ވެސް ދަނީ ރައްޔިތުން ލޫޓުވަމުންނޭ އެމެންނަށް ނުލިބޭ ފައިސާ އެމެން އަތުން ޓެކްސްގެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454