ޚަބަރު

ނޮވެލްޓީ އަލީ ހުސެއިން އަވަހާރަވެއްޖެ

އަލީ ހުސެއިން (ވ) އަތުލިޔުންތެރިޔާ މަރްހޫމް ތަބައްއަލިފުޅާ އެކު.

09 ޖެނުއަރީ 2019 - 10:17

41 comments

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވަމުން އަންނަ ހިދުމަތްތެރިޔާ އަލީ ހުސެއިން، 82، މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޮފީހުގައި މަސައްކަތް ކުރައްވައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަލީ ހުސެއިން ޗާޕުގެ މަސައްކަތުގެ ތެރެއަށް ވެންނެވީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ. ޗާޕުގެ މަސައްކަތުގެ ތެރެއިން އަދި ލިޔުންތެރިކަމުގެ ރޮނގުން އަލީ ހުސެއިން ވަނީ ދިވެހިރާއްޖޭގެ އަދަބިއްޔާތާއި ތާރީހަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީކުރުމުގެ ދާއިރާއިން އަލީ ހުސެއިނަނަށް ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2003 ވަނަ އަހަރު ދީފަ އެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމް ވެސް ވަނީ ދީފަ އެވެ.

އަލީ ހުސެއިން އަކީ ވަރަށް ގޮތުގައި ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ކޮންމެ ވެރިއެއްގެ ވެސް އިހުތިރާމް ހޯއްދެވި އެވެ. އަދި އެ ބޭފުޅުން އޭނާއަށް ވަރަށް ގަދަރު ވެސް ކުރެއްވި އެވެ. އޭނާ ވަރަށް ސީދަލަށް ވިދާޅުވަން ބޭނުންފުޅުވާ ވާހަކަތައް ލިއުއްވާފައި، ވެރިންގެ އަރިހަށް ފޮނުއްވަ އެވެ.

ރާއްޖޭގެ ޗާޕް މަސައްކަތުގެ ބާނީ

އަލީ ހުސޭނަކީ ދިވެހި ޗާޕްގެ ބާނީ ކަމަށް، އެ ދާއިރާގެ މީހުން ސިފަކުރެ އެވެ. ރާއްޖެ އަށް ފުރަތަމަ އޮފްސެޓް ޗާޕާއި އޭގެ ފަހުން ކުލަ ޗާޕް ތައާރަފުކުރެއްވީ ވެސް، ނޮވެލްޓީ ބުކްޝޮޕްގެ ވެރިޔާ، އަލީ ހުސޭނެވެ. އޭނާގެ ޗާޕްހާނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޕްރިންޓިން ހައުސް އެވެ. ހަތަރު ކުލައިގެ ޗާޕް މެޝިން ފުރަތަމަ ގެނައީ ވެސް އެތަނަށެވެ. އޭގެ އިތުރުން ވެސް މި ޒަމާނުގެ ޗާޕާ ގުޅޭ ވަރަށް ގިނަ ސާމާނަށް އަލީ ހުސެން ވަނީ ވަރަށް ބޮޑު އިންވެސްޓެއް ކުރައްވައިފަ އެވެ.

އަލީ ހުސެއިންގެ ކަށުނަމާދު އޮންނާނީ މިރޭ މަޣުރިބު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

41 ކޮމެންޓް, 166 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 96%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަމާރު

09 January 2019

މަރުވުމުގެ ކުރީގައި ކުރެވުނު ކަމަކަށްތޯ ދަރުމައެއް ހުރީ؟ މީސްމީޑިއާގައި އިންނާލިއްލާހި ލިޔެލީމަ ވޭތަ؟

The name is already taken The name is available. Register?

ޖޭސްމިން

09 January 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ مرحومގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްމިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން!

The name is already taken The name is available. Register?

ޖޭމު

09 January 2019

މަރުހޫމު އަލީ ހުސޭއިން އަރިހު ދެން އެއިންނެވީ މަރުހޫމު އަލީ ފަހުމީ ( މަޝްހޫރު އަތު ލިޔުން ތެރިޔާ ތަބައް އަލި ފުޅު) އެވެ. މަތް ﷲ މި ދެ މަރުހޫމުންގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ.އާމީން.

The name is already taken The name is available. Register?

ާއަޙްމަދު ޢަލީ

09 January 2019

އަލީ ހުސަައިން އަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި އާމީން. انا لله وانا اليه راجعون

The name is already taken The name is available. Register?

ާއަޙްމަދު ޢަލީ

09 January 2019

انا لله وانا اليه راجعون

The name is already taken The name is available. Register?

ހުތާ

09 January 2019

إنا لله و إنا إليه راجعون، އަބަދުވެސް އަލީ ހުސެއިންގެ ހިތްހެޔޮ ކަމުގެ ވާހަކަތައް ވަރަށް ކުރީއްސުރެން އަޑުއަހަމެވެ. ބައްދަލު ކޮށްލަން ބޭނުންވެ އެކަމަކު ބައްދަލުވުމުގެ ނަސީބު ނުލިބި ވަކިވުމަކީ ފުންހިތާމައެއް ލިބުނު ކަމެކެވެ. މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން

The name is already taken The name is available. Register?

ދެކޭމީހާކިޔާމީހާ

09 January 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. ފުރުޞަތުދިންމިންވަރަކުން މިވަތަނަށް އަގުހުރި ޚިދުމަތްތަކެއް ދެއްވަވާފައިވާ ބޭކަލެކެވެ. ވިޔަފާރި ވިޔަފާރިއަށް، އަދި ޚިދުމަތް ޚިދުމަތަށް ގެންގުޅުއްވި ދުރަށްވިސްނާ. އަގުހުރި ދިވެހިދަރިއެކެވެ. މަޢުލޫމާތުގެ ޚަޒާނާއެކެވެ. އުޞޫލެއްގެ ވެރިއެކެވެ. ހަރުދަނާ ޝަޚުޞިއްޔަތެކެވެ. مرحومގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްމިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން!

The name is already taken The name is available. Register?

ވާލުސޮރު

09 January 2019

ދެން ކޮބާ ނޫސްވެރިކަމަށް ކޮށްދެއްވި ޚިދުމަތް؟ 1 ޖެނުއަރީ 1979 ގަ މަޝްހޫރު "ހަވީރު" ނޫސް އުފެއްދެވުމުގަވެސް ޢަލީ ޙުސައިން ގެ ޙިއްސާ ބޮޑު. އޭރު އެނޫހުގެ ހުރިހާ މުއައްޒަފުންނަށް މުސާރަދެއްވީ ވެސް ޢަލީ ޙުސައިން، ނޫސް އަތުން ލިޔުމުގެ މަސައްކަތް ކުރީ (ޢަލީ ޙުސައިންގެ ޢިމާރާތެއް ކަމުގަވާ) މ.މުރަނގަވިލާ ގަ. ކޮންމެ ހުކުރު ދުވަހަކު މެންދުރުގެ ޚާއްސަ ކެއުމެއްވެސް "ހަވީރު"ގެ އިސް މުއައްޒަފުންނަށް މ.ވާރޭވިލާގަ އޮވޭ. ޢަލީ ހުސައިންއަށް ހެޔޮ ރަޙުމަތް ލައްވާށި.

The name is already taken The name is available. Register?

ގައްދޫ އޭ އާރ ޖޭ

09 January 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ޒިކުރާ

09 January 2019

ދާދި އަވަހަށް ނެތި ފަނާވެ ދިޔަސް އަގެއްހުރި ޖިސްމުތައް، ތާއަބަދު ދެމި ހުންނަ ހެޔޮ ޒިބުރާތަކަށްނިމުމެއްނުވޭ، މަރުހޫމަށް ސުވަރުގެދެއްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454