އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަ މޫސާ ވަސީމު
10 ޖެނުއަރީ 2019 - 11:15
އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް މިއަދުން ފެށިގެން ހެޔޮކޮށްފައި ވާއިރު އަގު ހެޔޮ ފެއާގައި އެންމެންނަށް ވެސް ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ. އައިލެންޑް އޭވިއޭޝަނުން އަގުތައް 25-30 ޕަސެންޓަށް ހެޔޮކޮށްފައިވާކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.
މިއަދު އައިލެންޑް އޭވިއޭޝަންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕަބްލިކް ރިލޭޝަންސް މެނޭޖަ މޫސާ ވަސީމު ވިދާޅުވީ، ކުރިން އެންމެ އަގު ބޮޑުކޮށް ހުރި ދެ ފެއާގެ އަގުތައް ކުޑަކޮށްފައިވާ ކަމަށެވެ.
"މިހާރުގެ އަގުތަކުގައި ގާތްގަނޑަކަށް ކުރިއަށް ވުރެ ތިން ގުނަ އިތުރުވާނެ. އަގުހެޔޮ ފެއާގައި ސީޓް ލިބޭ ވަރު ވެސް އިތުރުވާނެ. އަޅުގަނޑު މި ޔަގީން ކުރަނީ އޭގެތެރެއިން އަގު ހެޔޮކޮށް ޓިކެޓް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިން މައިގަނޑު ފަސް ރޭންޖެއްގައި އަގުތައް ހުރި އިރު އެންމެ ދަށް ރޭންޖްގައި ވިއްކަނީ ވަރަށް މަދު ސީޓްތަކެއް ކަމަށެވެ. ނަމަވެސް އާ އަގުތައް މައިގަނޑު ތިން ރޭންޖަކަށް ބަހާލާފައި ވާއިރު އޭގެ ތެރެެއިން އެންމެ ދަށް ރޭންޖުގައި ވެސް މަހަކު ގާތްގަނޑަކަށް 15،000 ސީޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން އެންމެ ދަށް ރޭންޖްގައި މަހަކު ދޫކުރީ އެއް ސީޓެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އަގު ހެޔޮކޮށް ވިއްކާ ސީޓްގެ އަދަދު މަހަކު ތިން ގުނަ އަށް މިހާރު އިތުރުވާނެ އެވެ.
ޓިކެޓްގެ އަގަށް ބަދަލު ގެނެސްފައިވާ ގޮތް
މިއަދުން ފެށިގެން ވިއްކާ އަގުތަކާ އެކު، އައްޑުއަށް ދެކޮޅު ޓިކެޓް ނަގާ މީހަކަށް 800 ވަރަކަށް ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ތިން ރޭންޖުގެ ތެރެއިން އެންމެ މަތީ ރޭންޖްގައި އައްޑުއަށް ދެކޮޅު ޓިކެޓް ވިއްކާނީ 2،665ރ. އަށެވެ.
އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ އިރު ކުރިއަށް އޮތްތަނުގައި، ދަތުރުތަކުގައި ރަނގަޅު ލުއި ކާނާއެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
10 January 2019
ހެޔޮނިޔަތުގައިތިކަންކުރާނަމަ ކުންފުނީގެޙަރަދުބޮޑުވާގޮތަށް ދުވާލަކު 50 މީހުންގެ 8 ފްލައިޓް ގަމަށްއުދުހުމުގެބަދަލުގައި Airbus A-330 ނުވަތަ އޭ 320 ގެ 1 ފްލައިޓް އައްޑޫއަށްގެންދާންޖެހޭ ކާގޯވެސްގެންދެވޭގޮތަށް ބާއްވަންވީނޫންތޯ؟ * * މިބަދަލާއިއެކު ގަމަށް Airbus A-330 ރޭގަނޑުއުދުހޭނަމަ ފުވައްމުލަކަށް ދަތުރުކުރާ ބޯޓްތަކުގެޝެޑިއުލް ހެދުނަށާއިމެންދުރުފަހަށްބަދަލުކޮށް 2 ސިޓީއަށްފަސޭހަކޮށް އަގުހެޔޮކޮށް ހިދުމަތް ދެވޭނެ. ކީއްވެ މިކަން ނުކުރާންވީ؟! ޓެސްޓް ކުރޭ.
އަމާދުރޭ4×50
11 January 2019
އޭވިއޭޝަން ދާއިރާގަ މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ބުނެލާނީ، ވައިގެ ދަތުރުފަތުރު އަދި ހާއްސަކޮށް އެތެރޭގެ އުދުހުންތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުލިބި ހުރެ ކޮށްފައިވާ ކޮމެންޓެކޭ.
ޝާކް
10 January 2019
މައްސަލައަކީ އަޅުގަނޑުމެން ހއ ގައި އުޅޭ ފަރާތްތަށް މިޖެހެނީ އެންމެ ކުޑަ ފެއާގައި ނަމަ 1،610 ރުފިޔާ ދީފައި ދެކޮޅު ޓިކެޓް ނަގައިގެން ދާއިރު، ހަނިމާދޫއިން އެފަރާތެއްގެ ރަށަށް ދިޔުމަށް ލޯންޗު ފީގެ ގޮތުގައި އިތުރު 2،200 ރުފިޔާ ހޭދަކުރަން. އޭރުން މުޅިޔަކު 3،800 އަތުން ހަރަދުވޭ. އެއްގޮތަކަށް ވެސް އިކޮނޮމިކަލް އެއް ނޫން ދެއްތޮ؟
ފުންއަސަރު
10 January 2019
އެތެރޭގެ އުދުހުންތަކަށް ދެން މައްސަލައެއްނެތް. އެކަމަކު ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ އަގުތައްވެސް ބޮޑުތަނުން ކުޑަކުރަން ޖެހޭ. އެންމެ ފަހުން ވެސް ތިތަނުން އިންޑިޔާއަށް ކުރި ދަތުރުގެ ދެކޮޅު ޓިކެޓަށް 6100 ރުފިޔާ އެރި. މީ ދެން ފުކެއް ބޮޑުވަރު. އަނެއްކާ މިމީހުން މިހާ އަގުބޮޑުކޮށް ޓިކެޓް ވިއްކާއިރުވެސް އާސަންދައިން މި ގަންނަނީ އެއަގުބޮޑު ޓިކެޓޭ. ކީތްކުރަން، މިހާރުވެސް އެންޑިގޯއިން ދެކޮޅު ޓިކެޓަށް އެ ނަގަނީ ދެކޮޅަށް 2900 ރުފިޔާ. ވިސްނާލަބަލަ.
ޚހޖޖހ
10 January 2019
މިހާރު ހުރިހާ ޓިކެޓެއްވެސް ކާޑެއްދޫ މާލެ އަށް ހުރީ މިހާރުގެ އެންމެ ބޮޑު ފެއަރގައި. ކުރިންވެސް ފަސޭހަކަމާއެކު މި ފެއަރ ލިބޭ. ހަހަހަހާ
ދޭސީ
10 January 2019
މޫސައަށް މި ދިނީ ސިޔާސީ ވަޒީފާއެއްތަ؟ ނޫން ނަމަ އިއުލާނުކޮށް އިންޓވިއު ކޮށްގެންތޯ ވަޒީފަދިނީ. އަހަރެންވެސް އެހެންނޫން ނަމަ އެޕްލައި ކުރާނަން.
ހުން
10 January 2019
ވަޓް އަ ޖޯކް.
ައަގުހެޔޮ
10 January 2019
މިއޮތީވާ އަޖައިބެއް އަލުން ހިސާބު ކިޔަވަންދާންވީ?
ލަވްލީ
10 January 2019
ޝުކުރިއްޔާ
އުދުހޭ
10 January 2019
ކުރިން އެންމެ ދަށް އަގުގައި މަހަކު 1 ސީޓް ވިއްކި ކަމަށް ބުނެފައި މިހާރު އެ ރޭންޖުގެ 15000 ޓިކެޓް މަހަކު ދޫކުރާނެކަމަށް ބުނީމައި އިތުރުވީ 3 ގުނައެއްނޫން އިނގޭތޯ. އިތުރުވީ 15،000 ގުނަ.
ދެބަންދިހާރު
10 January 2019
އަޖައިބު، ތިއެއްނޫންތަ އަގުހެޔޮ ކުރަން ތިބިބަޔަކީ ހިދުމަތް ލިބިގަންނަ މީހުންތާ އުންމީދު ކުރާނީ ކަލޭމެން އުންމީދުކޮށްފަ އަގުހެޔޮކޮށްފަ ކަލޭމެން ދަތުރުވެސް ކުރޭ