10 ޖެނުއަރީ 2019 - 13:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ މަސްވާއިރު ވެސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ފާޑުވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލްކުރައްވާ އަދުރޭ ޕީޕީއެމް އިން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. އެ ޕާޓީ ރަޖިސްޓްރީކުރަން މެމްބަރުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ގޮތުގައި ރާއްޖޭގެ އިދިކޮޅު ޕާޓީގެ ގޮތުގައި ދެން އޮންނާނީ ކޮންގްރެސް ޕާޓީ އެވެ.
އެ ޕާޓީގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށް ވިދާޅުވެ މި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި އެއްވެސް ކަމެއް ކުރުމުގެ ބަދަލުގައި ފެންނަނީ އެކި ތަންތަނުގެ ނަން ބަދަލުކުރުމާއި މަގު ހުޅުވުން ފަދަ ކަންކަން މާބޮޑު "މަޝްރޫއުތަކަކަށް" ހަދައިގެން ހިންގާ ތަނެވެ.
"އާ ސަރުކާރެއް ހަވާލުވިތާ ދެ މަސްދުވަސް ވާން ދާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ މާ ވަރުގަދަ މަސައްކަތްތަކެއް ކުރެވޭ ތަނެއް. ޕްރޮޖެކްޓް އެބަ ހިންގާ. މިސާލަކަށް އިސްލާމީ މަރުކަޒާ ޖުމްހޫރީ މައިދާނާ ދޭތެރޭގައި މާބުލް ޖަހާފައި ނަމާދު ކުރެވޭ ގޮތަށް ހަދާފައި އޮތް ތަން ވެހިކަލް ދުއްވާ ގޮތަށް ހުޅުވާލުން ކަހަލަ،" އަދުރޭ ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ސްޕީޑާ މެދު ވެސް އަދުރޭ ސުވާލު އުފެއްދެވި އެވެ. އެގޮތުން އާ ސަރުކާރުގެ ފުރަތަމަ ދެ ދުވަހު ހަރަދުވީ އެންމެ 4000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.
"ދާދި ފަހުން ފިނޭންސް މިނިސްޓަރު އެ ވިދާޅު ވަނީ، މިވީ ދެ މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ހަރަދުކުރީ 4،000 ރުފިޔާއޭ. އެހެން ކަމަށް ވަންޏާ އެއް އަހަރު ދުވަހުގެ ބަޖެޓަކީ 14000 ޑޮލަރު. ދެން ވިސްނާ ވަޑައިގަންނަވާ މިސަރުކާރުގެ ގާބިލުކަމާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ހިދުމަތާ މިބޭފުޅުންގެ ވިސްނުުންފުޅު ހުރި ގޮތް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެ ތަރައްގީ ކުރައްވަމުން ގެންދެވި ސްޕީޑުގައި ރާއްްޖެ ތަރައްގީ ކުރަން ބޭނުންވާ ހުރިހާ ރައްޔިތުން ކޮންގްރެސް ޕާޓީއާ ގުޅުމަށް އަދުރޭ ގޮވާލެއްވި އެވެ. އެ ޕާޓީއަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަން ކުރާނެ ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ދޫކޮށް އެޕާޓީގެ ލީޑަޝިޕުން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި އިރު އެއީ ރާއްޖޭގައި ސައްހަ މެމްބަރުން އެންމެ ގިނަ ޕާޓީ އެވެ. ޕީޕީއެމްގައި 48،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙުމަދު
13 January 2019
ކަމެއް ނުފެންނަވާހަކަ ތިބުނަނީވެސް ފެންނާތީ ނޫންތޯއެވެ، ނުފެންނަ ނަމަކަ ތިވާހަކެއް ނުދައްކާނެ، މިސަރުކާރުގެ ކަންކަން ފެންނަފަށާނީ އަދުރެމެޓީކު ފޮމިއުލާ އަކުން ނޫނެވެ.
ތަކުރުބެހެ
11 January 2019
މާބޮޑުކަމެއް އެބުނާހެން ނުފެނޭ. ކިހިނެތްކޮންތާކުންކަން ބުނެދޭނޭގި ފުލެޓު ހޯދުމާްއި ފަޅުރަށްރަށް ވިއްކާތަނެއްއަދިނުފެނޭ. މިކަހަލަ ކަންކަން ކޮށްއުޅޭމީހުން ހުއްޓުނީމަ ދުވަސްދިގުވެ ފޫހިވެ ގައިހިރުވާ ދެކޮލުހޯދާ އުޅޭނެ. ފަހަތުންބަޔަކު އަންނަހެންވެސް ހީވާނެ.
4000
10 January 2019
"ދާދި ފަހުން ފިނޭންސް މިނިސްޓަރު އެ ވިދާޅު ވަނީ، މިވީ ދެ މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ހަރަދުކުރީ 4،000 ރުފިޔާއޭ. އެހެން ކަމަށް ވަންޏާ އެއް އަހަރު ދުވަހުގެ ބަޖެޓަކީ 14000 ޑޮލަރު." މިއީ އަދުރޭއެއްކަމަކު ރަނގަޅު ވާހަކައެއް. 4000 އެއީ އަދުރޭ ޖަހާކަހަލަ ހިސާބެއް. އެކަހަލަ ޖޯކް ވާހަކަ ދެން ނުދައްކާނެކަމަށް އުއްމީދުކުރަން.
ޓނވގ
10 January 2019
ތިބުނީ ވައްކަން ނުކުރާ ވާހަކަ ދެއްތޯ؟
ކަލޯބެއްޔާ
10 January 2019
އަދުރޭ ބުނީ ހަމަ ތެދެއް ހައްތާވެސް އޮތީ އައްޔަން ކުރުން އަދި
އަލީ ރާޖާ
10 January 2019
އަދި ކޭކު ފަޅައި ނުނިމޭ. އެހެނަސް ތަންތަނުގެ ނަންބޯޓު އެބަ ބަދަލު ކުރޭ.
ޓިނުފޮށި
10 January 2019
އެންމެކަމެއް ފިޔަވާ ހުރިހާކަމެއް ވެސް ބަރަށް ކުރިއަށް އެބަދޭ އަދުރޭ އަށް ވައްކަން ކުރިއަށް ނުދަންޏާ ފަހަރުގާ ރަނގަޅުނުވެދާނެ
ޓިނުފޮށި
10 January 2019
ހުރިހާކަމެއްވެސް ކުރިއަށް އެބަދޭ ލަސްތަކެއްނުވެ ﷲއިރަދަފުޅުން އެންމެކަމެއް ފިޔަވާހުރިހާކަމެއް ވެސް ފެނ
އަދުރު
10 January 2019
މިސަރުކާރުން ކާތަނެއްވެސް ނުފެންނަ ވާހަކަ ބުނެލިނަމަ ވަރަށް ހަބޭސް ވީސް
އަހްމަދު
10 January 2019
ތަރައްގީއަށް ކަމެއްކުރުމުގެކުރިން ވަގަށްނަގަައިފައިވާ ފައިސާ ހޯދައި އަދި އަނިޔާވެރިކޮށް މަރާލިމީހުންނަޢީގެޢްލުވާލި މީހުންނާބެހޭ ތަޙްޤީގުކޮށް ކުއްވެރިވާ މީހުންނަށް ޙައްޤު އަދަބުދީ ހެދުން މާރަގަޅެވެ. މިކަންކަން ކޮށްފާނެތީ އަދުރޭމެން ވަރަށް ބިރުވެސް ގަންނާންނެ އަދި ޙީވެސްކަރުވާނެ