ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގަައި އަލިފާން ރޯވެފައި.--
12 ޖެނުއަރީ 2019 - 12:12
ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ މުޅި ރަށުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
އެ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ބުނީ ހެނދުނު 10:50 ހާއިރު ރޯވި އަލިފާންގަނޑާއެކު އިންޖީނުގޭގެ ފާރާއި ޓިނުތައް ވެއްޓިފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެ ރިސޯޓުގެ މުވައްޒަފުން ކުރަމުން އަންނަކަަމަށް އޭނާ ބުންޏެވެ.
އަލިފާންގަނޑު އަދި ވެސް އެއްކޮށް ކޮންޓްރޯލް ނުކުރެވޭ ކަމަށް "މިހާރު"އާ ވާހަކަދެއްކި މީހާ ބުންޏެވެ.
ރީތި ބީޗުގެ އިންޖީނުގޭގައި އަލިފާން ރޯވިއިރު، އެ ރިސޯޓުގައި 200 އަށްވުރެ ގިނަ ޓޫރިސްޓުން ތިއްބެވެ. އެ މީހުން ވެސް މިހާރު ވަނީ ރިސޯޓުގެ މެއިން ބާއަށް ގެންގޮސްފަ އެވެ.
"އެތަނުގައި ހުރި ކެމިކަލް ހަންތަކެއްގައި ވެސް ހުރީ ރޯވެފައި،" އެ ރިސޯޓުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ދުމާ ހެދި ސްޓާފުންގެ އެކަމޮޑޭޝަން ބްލޮކުގައި ވެސް ނުތިބެވޭ ކަމަށެވެ.
ގިލި ލަންކަންފުށި ރިސޯޓުގައި ވެސް މި މަހުގެ ކުރީކޮޅު ވަނީ އަލިފާން ރޯވެ އެ ރިސޯޓުގެ ބޮޑު ބައެއް އަނދައިފަ އެވެ. އެއާއެކު އެ ރިސޯޓު މަރާމާތުކުރުމަށް މިހާާރު ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގަޖާ
12 January 2019
ހިތާމަވެރި ހާދިސާއެއް ކުރިމަތިނުވާ އެއްމެ ދުވަހެއްނުދޭ. މިއީ އިބްރަތުން ފުރިގެންވާ ކަންކަން. ނޫސްވެރިންނަށް މިކަން އެނގޭބާ. ނޫނީ މިކަމާ ވިސްނާބާ
ދިވެހި އިންޖިނޭރެއް.
12 January 2019
މިފަދަ ހިތާމަވެރި ގާދިސާތައް ދިމާވެފައި ވާނީ ގާތްގަނޑަކަށް %97 އިންސާނުންގެ ފަރުވާކުޑަކުރުމުގެ ސަބަބުން. ކަމަށް އެއްމެ އެކަށީގެންވާ ތަޖުރިބާއާއި ތަމުރީނު ނެތުން ފަރުވާ ކުޑަކުރުން.. ހާދިސާތައް ދިމާވުމުގެ ކުރީން އަބަދުވެސް ކުރިޔަށް އަޅަންޖެހޭ ސަލާމަތްތެރިކަން އެޅިފައި ނެތުން.. އަޅުގަނޑު ވަރައްފަހުން އިންޝޫރެންސް ކުންފުންޏެއްގެ ފަރާތުން އަލިފާނުގެ ހާދިސާއެއްގެ ސާރވިސް ކުރަންދިޔައިން ފެނުނު މިދެންނެވި މަންޒަރު. ގާބިލު މީހުންނޫޅޭ ތަނުގައި
ފެނެއޭ
12 January 2019
ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ ނަމަ އެކަމަކީ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ މިކަން މިހެން މިވަނީ އެއީ ވެދާނެ ސަލާމަތާއި ރައްކަލަށް ނުބަލާ އިންޖީނުގޭ ތެރޭގައި ވެލްޑިންގް ކުރަނި ކޮށް ރިސޯރޓްގެ އިންޖީނުގޭގައި ރޯވީ ކަމަށް އިންޑިއާ މީހުން އޮޕަރޭޓް ކުރާ ރިސޯރޓްސް ތަކުގެ އިންޖީނުގެ ހުންނަނީ ވަރަށް ދަށް ހާލަތުގައޭ އެގޮތުން ތާޖް އެގްޒޯޓިކާގެ ވެސް އިންޖީނުގެ އަކީ އެފަދަ ހާލަތެއް ގައި ހުރި ތަނެއް ކަން އެރަށުގެ ބޭރުން ދަތުރު ކޮށްފައިދާއިރު ފެނޭ
ދޮންރަހާ
12 January 2019
އިނޖީނުތައް ބާވީ ދޮތަ..ރަނގަޅެއްނު އިންޝުއަރެންސް ލާރިގަނޑު ލިބޭނެއެއްނު
ކޮސްގޮވާ
12 January 2019
ހަބަރު ލިބޭގޮތުގައި މިހާރު އަލިފާން ވަނީ ކޮންޓްރޯލްވެފައި.