ރައީސް އޮފީސް: ކުށްވެރިންގެ އަދަބު ލުއިކުރަން އެދި އުސޫލުތަކާ ޚިލާފަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށް އެ އޮފީހުން ބުނޭ --ފޮޓޯ/މިހާރު
12 ޖެނުއަރީ 2019 - 17:27
ކުށްވެރިންނަށް މައާފު ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި އުސޫލުތަކާ ޚިލާފަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މައާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި ރައީސް އޮފީހަށް ސިޓީތައް ހުށަހެޅުން އިތުރުވަމުން އަންނަ ކަމަށެވެ. އެކަމަކު އެފަދަ ހުށަހެޅުންތަކަކީ އެކަމަށް ވަކި ޚާއްސަ ފޯމަކުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މައާފް ދިނުމުގައި ނުވަތަ އަދަބު ލުއިކޮށް ދިނުމާ މެދު ދިރާސާ ކުރުމާއި އެކަމުގައި ރައީސަށް ލަފާ އަރުވާ ފަރާތަކީ ކްލެމެންސީ ބޯޑު ކަން ވެސް އެ އިއުލާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ބޯޑަށް އެކަން ހުށަހެޅުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭ ކަން ވެސް އެ އިއުލާނުގައިވެ އެވެ.
އެގޮތުން ހުކުމުގެ ހަތަރު ބައި ކުޅަ އެއް ބައި ތަންފީޒުވެފައި ވުމާ އެކު އިސްތިއުނާފްގެ ފުރުސަތު ބަންދުވެފައި އޮތުން ނުވަތަ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައި އޮތުމަކީ ވެސް ޝަރުތެއް ކަމަށް އިއުލާނުގައިވެ އެވެ، އަދި އެ ޝަރުތުތައް ފުރިހަމަ ނުވާ ހުށަހެޅުންތައް ކްލެމެންސީ ބޯޑުން ބަލައި ނުގަންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދާ
14 January 2019
ކޮންމެވެސް ނޫސްވެރިޔަކު ސުވާލުކޮށްލަބަލަ ހޯރަ ދޫކޮށްލީ ހަމަ އެއުސޫލުންތޯ. ޢިންސާފާ އެކު ހަމަ ހަމަކަން ގާއިމުކުރުން ވަރަށް މުހިންމު.ވެރިކަމުގަ ނުހުރެވޭނެ ކަމުހެ ހެކި މިފެންނަނީ
ހުވަނދު
13 January 2019
ވެރިކަމަށް އާދެވުނީމަ ބަސްމަގާއި ރާގު ބަދަލުވެ ނިމުނީ.
ބޭބެ
13 January 2019
ހޯރަ އިއްބެއޯ؟
ހޮޓްކިންގ
13 January 2019
މިޖެހުނީ ކޮންތާކުތޯ ރައްޔިތުން ވިދާޅުވެ ދެއްވާ؟ ކޮބާތޯ އިބޫ ދެއްކިވާހަކަ؟ އެއްކަލަ ދޫކޮށްލަންޖެހޭ ހައެއްކަ ބޮޑުންނާއި ކުޑަކުދީންނަށް ޖިންސީގޯނާކުރި މީހާއާއި އެފަދަ ބަޔަކު ދޫކުރީ އެބުނާ އުސޫލުންތޯ؟ އެއްކަލަ އާދައިގެ ރައްޔިތު މީހާއާއި ޖެހުމުން އުސޫލު ފެނުނީ. މިއީ އިންސާފާއި ހަމަހަމަކަން ގާއިމްވީވަރު.
މަރޭމިތުރާ
13 January 2019
[ކޮންމެ ކޮންމެ އަދަބެއް ލުއިކޮށްގެން ނުވާނޭ! އެންމެ މީހަކަށްވެސް ހިލާފައް ދޫކޮށްގެންނުވާނޭ!]........................................ އެންމެ މީހަކުނަމަވެސް ގޯސްގޮތަކަށް ދޫކޮށްފިއްޔާ އެވާހަކަ ދެއްކޭނެ! ވަކިވަގުތަކަށް، ވަކިމީހަކަށް އޮންނަކަމަކަށް ގާނޫނުވާތީ މައްސަލަތައް މިނުކުންނަނީ ރައްޔިތުން ގޯހެކޭ ތިޔަހަދަނީ ބުނަނީ. އާސަރުކާރުން ހޯރައިއްބެ ދޫކުރިގޮތް ގޯސް.
ބިރްބޮލްވަޒީރު
13 January 2019
ކޮން އުސޫލެއްގެ ދަށުން ކުރީގެ ރައީސް ރިޖެކްޓް ކޮށްފަ އޮތް ލަފައެއް އަލުން ކޮނެ ނަގާ ކުޑަކުދިންނާ ބެހޭ މީހަކަށް މާފުދީ ދޫކޮށްލީ؟
.ކުލެމެންސީބޯޑު
13 January 2019
.ރައީސް އޮފީހުން ތި ކިޔާ ކުލެމެންސީ އެއް އުފައްދައިގެންތޯ ރައީސްކަމާ ހަވާލު ވުމާ އެކު ގާސިމާ އަންނިއާ މައުމޫނާ ދެންވެސް ތިމީބުން ހިތް އެދޭހާ މީހަކު ދޫކޮށްލީ؟ އެހެން ކުށް ވެރީން ވެސް ހަމަ ބޭނުންވާނެ ޖަލުން ނުކުންނަން އެހެން ކޮން ހަމަހަމަ ކަމެއް އޮތީ ރައިއްޔަތުން ނަށް ވީ ވައުދު ހަނދާން އެބަހުރިތޯ؟
އަހުމަދުބޭ
13 January 2019
މޮޔަނުގޮވައި ތިބުނި އެންމެން ، އެއްމެ މީހެއްފިޔަވައި ދޯކޮއްލީ ކޯޓުން އިބުއެއްނޫން، އިބޫދޫއްކޮއްލީ ހޯރަ އިއްބެ
މާންބެ
12 January 2019
އިބޫ އައް މިކަން ވާނެ