ސައުދީ ޕްރިންސް ތުރްކީ އަަލް ފައިސަލް.
14 ޖެނުއަރީ 2019 - 12:07
ރިޔާޒް (ޖެނުއަރީ 14) - ސީރިއާ އިން އެމެރިކާ ސިފައިން ފޭބުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށް ސައުދީ ޝާހީ އާއިލާގެ ސީނިއާ މެންބަރެއް ކަމަށްވާ ޕްރިންސް ތުރުކީ އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.
ބީބީސީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމެރިކާ ސިފައިން ސީރިއާ އިން ފައިބައިފި ނަމަ އޭގެ ގޯސް ނަތީޖާ ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އީރާނާއި ރަޝިޔާ އިން ސީރިއާގައި ބާރުގަދަ ކުރުމުގެ އިތުރުން ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެސް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
ޕްރިންސް ވިދާޅުވީ ސީރިއާއާ މެދު އިހްމާލްވުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން ހެދި ގޯހެއް ކަމަށެވެ.
"އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި ނަތީޖާއެއް ފެނުމަށް ވުރެ ބޮޑަށް އެމެރިކާ އިން ކުރަން އުޅޭ ކަންތަކުން ނުކުންނާނީ އިތުރު ގޯސްތައް،" އޭނާ ވިދާޅުވި އެވެ.
ޕްރިންސް ފައިސަލް އަކީ ސައުދީ ސަރުކާރުގެ މަގާމެއް އަދާކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސައުދީ އަރަބިއާ އަށް ވަޑައިގަތުމުގެ ކުރިންނެވެ.
ސީރިއާ އިން އެމެރިކާ ސިފައިން ބާލާ މައްސަލާގައި ޚިޔާލު ތަފާތުވެ ޚާރިޖީ ވަޒީރު ޖޭމްސް މަޓިސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
14 January 2019
ސާއޫދީ ގެ އަޅަކަށް ވެ ފައިސާގެ ދަހިވެތިކަން ބޮޑު ވެރިޔަކު އެމްރިކާ އަށް އައުންވެގެންދިޔައީ ސައޫދީން ހިންގި ނޫސްވެރިޔާ ހަސައުގީ ގެ ޖަރީމާ ފަދަ ޖަރީމާތައް މުސްތަގުބަލްގަ އާންމުވެގެންދިއުން . ޔަމަންގަ އެތައްބަޔަކު ދަނީމަރަމުން ސޫރިޔާގަ އެތައްބަޔަކު ދަނީމަރަމުން ފަލަސްތިނުގާ އެތައްބަޔަކު ދަނީމަރަމުން.ހަގިގީ ގާތިލުންނަކީ ސައޫދީގެ ވެރިން
ސަޅިބައިސާ
14 January 2019
ދެން ސައުދީ ސާހީ ޢާއިލާ އެކަނި ދުނިޔޭގަ އުޅެންވީނު. ބައްސާރަށްވުރެ ތިއަ ސައުދީގެ މުނާފިގުކަން މާބޮޑު. ބައްސާރު ހަނގުރާމަކުރަނީ އޭނާޔާ ހަނގުރާމަކުރާ މީހުނާ ދެކޮޅަށް. ތިއަ އާލުސޫދުން ކުށެއްނެތި ޔަމަނުގާ ތިއޮށްމަރަނީ ކިތައް ކުޑަކުދިން. ކިތައް އަންހެނުން. ފަނާކޮށްލީ ކިތައް އިމާރާތް. އިރާގާއި ލީބިޔާވެސް ފަނާކުރުމުގެ މޭސްތިރިންނަކީ އާލުސޫދުން.
މިސުރުވެސް
15 January 2019
މިސުރުގެ ވެރިކަން ސީސީ އަށް ދިނީވެސް މިމީހުން
ސައުދީ
14 January 2019
ސީރިޔާ އަދި އިރާން ރަޝިޔާ ވަރުގަދަ ވެއްޖިއްޔާ ސައުދީގެ ވެރިކަން ނިމޭނޭ އެހެންވެ މޭކަރީ
ދާދޭ
14 January 2019
100ގެ ކޮމެންޓެއް.
Nagoo krndi
14 January 2019
ކޮންކަހަލަ ބައެއް.