ޓްރާންސްޕޯޓް އެންޑް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު ރޭގަނޑުގެ ދަތުރުތައް ކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ރިޒްވީއަށް އެރުވުން
15 ޖެނުއަރީ 2019 - 21:34
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުން ގެސްޓްހައުސްތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު މިރޭ ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހެއިރު ވިދާޅުވީ މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ފަށާފައިވާ އިރު މި ނިޒާމު ތަރައްގީކުރާނީ ޖަޒީރާވަންތަ ގޮތްތަކަށް ކަމަށެވެ.
"ގެސްޓްހައުސް މިރަށުގައި ފުޅާވެފައިވާ އިރު ރޭގަނޑުގެ ދަތުރުތައް ފެށުމުން ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ބޮޑު ފައިދާއެއް ކުރާނެ. ރައްޔިތުންނަށް ލުއިފަސޭހަކަން ގެނައުމަށް ހަރުދަނާ ސިޔާސަތުތައް ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒު،" ކުރިން އައިލެންޑް އޭވިއޭޝަންގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ޒުހައިރު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޒުހައިރު ވަނީ އެ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ދީފަ އެވެ. އެ ހުއްދައާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަ މުހައްމަދު ރިޒްވީ އެވެ.
މޯލްޑިވިއަންގެ މަތިންދާބޯޓު ތިމަރަފުށީ އެއާޕޯޓުގައި:
ރިޒްވީ ވިދާޅުވީ ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހައެއް ކަމަށެވެ. އަދި މި ސަރަހައްދުގެ ރިސޯޓުތަކާއި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވެސް އެކަމުން ފައިދާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއާ އެކު މި އެއާޕޯޓުގައި އިތުރު ވަޒީފާތައް އުފެދި އިތުރު ބެނިފިޓްސްތައް ރައްޔިތުންނަށް ކުރާނެ،" ރިޒްވީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަޑޭ
17 January 2019
ސްޓޭޓް މިނިސްޓަރުކަން ޖުހާމެންނަށް ލިބުނީމަ ޖޯކްކިޔާދޭނެ ވަރަށްފޯރީގަ
ޢިސް
17 January 2019
ޖުހާގެ ޖޯކްތަކަކީ އަބަދުވެސް ވަރަށް މަޖާ ޖޯކްތަކެއް.
މާރަނގާ - އައްޑޫ ސިޓީ
15 January 2019
މާރަނގާ ވަރަށް ދެރަވެއްޖެ މިފަދަ އަސާސެއްނެތް ވާހަކަ ދެއްކުމުގައި ޖުހާ ބައިވެރިވުމުން. * * ގެސްޓް ހައުސްއޭ ގެސްޓުންނޭ ކިޔައި ބުހުތާން ދޮގުހަދާއިރު މާލެއިން ތިމަރަފުއްޓަށްދާން ޓިކެޓްގަންނަ ފަސިންޖަރު ގޮވައިގެން ގަމަށާއި ކާޑެއްދޫއަށް ގޮސްފަ އަބުރާ މާލެ އަންނައިރުތިމަރަފުއްޓަށް ޖައްސާފަ ނޫންތޯ އޭނާ ބާލަނީ؟ * * ތިއީ މިދޭތެރެއިން “ޓިކެޓްއަގުހެޔޮކޮށްފި ކަމަށްބުނެ ދެއްކިވާހަކައިގެ ނަފުރަތު ފިލުވާލަން އަރުވާލިދުމެއް” ކަން އަހަރުމެނަށް އިގޭ.