ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު: އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ވަނީ އިއުލާން ކޮށްފައި --ފޮޓޯ/މިހާރު
21 ޖެނުއަރީ 2019 - 16:19
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ ކޮމިޝަނުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި، ހޯދަން އިއުލާން ކޮށްފައިވަނީ ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖެއްގައި ފެންނަ ދެ މީހެކެވެ. އެކަމަކު އެ ވީޑިއޯ ނުސާފުކަމުން އެ ދެ މީހުން މޫނު ފެންނަ ގޮތެއް ނުވެ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފުރަތަމަ މީހާ އިންނަނީ މަގެއްގެ އެއް ފަރާތު ސައިކަލުގައި މަޑުކޮށްލައިގެންނެވެ. އެ މީހާ އެގޮތަށް އިންނަތާ އިރުކޮޅެއް ފަހުން އެހެން ސައިކަލެއްގައި މީހަކު އައިސް، ފުރަތަމަ މީހާގެ ސައިކަލުގެ ފަހަތުގައި މަޑުކޮށްލަ އެވެ. ދެވަނަ މީހާ ސައިކަލުގައި އައިސް މަޑުކޮށްލުމާ އެކު، ފުރަތަމަ މީހާ ސައިކަލު ދުއްވާލާފައި އެތަނުން ދާތަން ފެނެ އެވެ.
އެކަމަކު އެއިން އެއްވެސް މީހެއްގެ މޫނެއް އަދި ސައިކަލުގެ ނަމްބަރު ވެސް އެ ވީޑިއޯއަކުން ސާފެއް ނުވެ އެވެ. އަދި އެއީ ކޮން ދުވަހެއްގެ ވީޑިއޯ ފުޓޭޖެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.
Mi video gai faahaga kohfaivaa 2 meehunnakee mi commission in balamundhaa massala akaa gulhigen hoadhamundhaa 2 mehunneve. Mi 2 meehunnaa behey evves mauloomaatheh libivadaigenfaivaa nama mi commission ah hissaa kurevvun edhen. Gulhuvvaanee Ph: 3015794. E: [email protected] pic.twitter.com/UMmEo3KTkh
— Commission on Disappearances and Deaths (@DdcomMdv) January 21, 2019
ރިޔާސީ ކޮމިޝަންގެ ޓްވީޓް
ރިޔާސީ ކޮމިޝަނުން ބުނިގޮތުގައި އެ ދެ މީހުންނަކީ ވެސް އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުންނެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަަމަ، އެ ކޮމިޝަނަށް ގުޅައި އެ މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން އެދެ އެވެ. މިއީ އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ރިޔާސީ ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލަތައް މިހާރު ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި އިތުރު ބައެއް މަރުތައް ވެސް ހިމެނެ އެވެ. އެ ތަހުގީގުތަކަށް ބޭރުގެ އެހީތެރިކަން ހޯދަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ ނެތިދިއުން
22 January 2019
ތިޔަ ކޮމިޝަނަކުން ތިކަމެއް ނުވާނެ. އެހެން ނޫނަސް ތިއިން މައްސަލައެއްގެ ތުހުމަތުގައި ކޮންމެ ކޮންމެ މީހަކު ހައްޔަރެއް ނުކުރެވޭނެ މިސަރުކާރަކުން. 100 ކޮޅަށް ބައިއަޅައިގެން ވެރިކަން ހިންގަން މަޖުބޫރު ވެފައިވާ ބަޔަކު ސަރުކާރު ހިންގަން ތިބީ.
ސިމާ
22 January 2019
ފަހަރެއްގަައި ލޮކޭޝަން ހާމަކޮށްދެއްވަނިކޮށް ތިހިސާބުގައި ހުރެދާނެ އެހެން އަމިއްލަ މީހުންގެ ނުވަތަ ވިޔަފާރިއެއްގެ ސީސީޓީވީ ކެމަރާތަކަށްވެސް އަރާފައި
ދަތްނެތްކުއްޖާ
21 January 2019
ތިޔައީ ކާކުކަން ދެނެގަތުމަށް ޕްރޮފެސަރ އުގައިލް ގެ އެހީތެރިކަން ވަރަށް މުޙިންމު ވާނެ. ﷲގެ ވާގި ފުޅާއި އެކު ތިޔަ ބަޔަކު ހޯދޭނެ.
އަޒީމް
21 January 2019
ތިޔައީ މާލޭގެ ކޮން ތަނެއްބާ އޭ ހިތަށްއަރަނީ!
ލޮކީ
21 January 2019
ތިވީޑިއޯ އިން ފެންނަ މީހަކީ ކާކުން ސާފުވާނެ ޓެކްނޮލޮޖީ އާއި ނޮލެޖް އެފް.ބީ.އައި. ގައި ހުންނާނެ.
ތުނިޔަ
21 January 2019
ތިއަކުން މީހެއްގެ މޫނެއް ކަނދުރާއެއް ނޭނގެ! ނުސާފުކަމުން ތިޔަ ކޮމިޝަނަށް ނޭނގުނު އެއްޗެއް( ނުވަތަ ފަހަރެއްގައި ފުލުހުންނަށްވެސް) ވަކި އަޅުގަނޑުމެން ރައްޔިތުން ދެނެގަންނާނީ ކިހިނެތްތޯ؟