ޕްރޮފެސަރު އުގެއިލް: ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލާފައިވާ މީހުންގެ ހަގީގަތް ދެނެގަތުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނަށް އުގައިލްގެ އެހީތެރިކަން އަންނަނީ ލިބެމުން.
22 ޖެނުއަރީ 2019 - 20:51
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.
އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު "މިހާރު" އަށް މިރޭ ވިދާޅުވީ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ބައެއް ވީޑިއޯތައް ކޮމިޝަނަށް ވަޑައިގެން އުގެއިލް ބައްލަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އުގެއިލްގެ އެދިވަޑައިގަތުމަށް، އޭގެ ތެރެއިން ބައެއް ވީޑިއޯތައް އިނގިރޭސި ވިލާތަށް ފޮނުވައިލުމުގެ ކަންކަން ވެސް ކުރިއަށް އެބަދެ އެވެ. އަދި ކޮމިޝަނާ އެކު، ދެ ހަފުތާ އަށް މަސައްކަތް ކުރުމަށް އެ ގައުމުން ތަޖުރިބާކާރަކު ފޮނުވައިދޭނެ ކަމަށް އުގެއިލް ވިދާޅުވި ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އުއްމީދީ މަސައްކަތްތަކެއް ކުރެވެމުން މި އަންނަނީ،" ގާނޫނީ ވަކީލް ސުއޫދު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި ދިިރިއުޅުއްވާ އުގައިލް އީޖާދުކުރި "ފޭސް ރިކޮގްނިޝަން ސިސްޓަމް" ގެ އެހީގައި އޭނާ ގެންދަވަނީ މީހުން ދެނެގަތުމުގެ ބޮޑެތި ތަހުގީގުތަކަށް އެހީތެރިވަމުންނެވެ. އެގޮތުން، ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މަރައިލި ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ދެނެގަތުމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ނޫސް ކަމުގައިވާ ނިއު ޔޯކް ޓައިމްސް އިން ކުރި މަސައްކަތުގައި އޭނާގެ އެހީ ހޯދާފައި ވެ އެވެ. އަދި، ރަޝިޔާގެ ޖާސޫސް، ސާގީ ސްކްރިޕަލް އާއި އޭނާގެ 33 އަހަރުގެ އަންހެން ދަރިފުޅު، ޔޫލިއާ ސްކްރިޕަލް މަރައިލަން، ޒަހަރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، އުގެއިލްގެ ސޮފްޓްވެއާގެ އެހީގައި ވަނީ ހޯދައިފަ އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމްގެ އިތުރުން ޔާމީން އަދި ވަގަށް ނަގާފައިވާ ރިލްވާންގެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރި ބައެއް ހޯދުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އުގައިލް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެކި ގައުމުތަކުގެ ފުލުހުންނާއި ތަހުގީގީ ދާއިރާގެ އަމިއްލަ ކުންފުނިތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާ އުގެއިލް ވިދާޅުވީ، އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ވެސް ހިލޭ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.
އުގެއިލްގެ އިތުރުން، އެ މައްސަލަތަކުގެ ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ވެސް، ނޮވެމްބަރު 17، 2018 ގައި އުފެއްދި ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ޑރ. އަފްރާޝީމް، 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު އެ މައްސަލައިގެ ހަގީގަތް އަދިވެސް ފުލުހުންނަކަށް ނުހޯދެ އެވެ. މައްސަލައިގެ ތުހުމަތަށް ހުސައިން ހުމާމް ހައްޔަރުކޮށް މަރަން ހުކުމް ކުރި ނަމަވެސް، އޭނާ އެކަން ކުރީ ކޮން ބަޔަކު ބުނެގެން ކޮން މަގުސަދެއްގައި ކަމެއް އަދިވެސް ނުހޯދެ އެވެ. މީގެ ހަތަރު އަހަރު ކުރިން ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ.
އޭޕްރީލް، 23، 2017 ވަނަ އަހަރު މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މައްސަލައިގައި އެހީތެރިވުމަށް އުގެއިލް ކުރިން ހުށަހެޅުމުން ފުލުހުން ވަނީ އެކަން ގަބޫލު ނުކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޑުބަޑު
23 January 2019
ދެން މިފަހަރު ހުރިހާ އެންމެނަށް އިންސާފު ލިބޭނެތާ ދޯ
ސައި
23 January 2019
ކިހާތާކުތޯ ތިޔަކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އެގޭވަރުވާނީ
އަޙުމަދު
23 January 2019
ވަރަށް އިޙުތިރާމާއެކު އުޤޭލަށް ދަންނަވާލަން ބޭނުންވަނީ އުޤޭުލްގެ ތިޔަހުރި ގާބިލުކަން ބޭނުންކުރައްވައިގެން މިގައުމުން ގެއްލުވާލާފައިވާ މީހުނާ ގޮތްނޭނގޭ ގޮތަށް މަރާލާފައި ވާ މީހުންގެ މައްސަލަތަށް ބަލާ ކޮމިޝަނަށް އެހީތެރިވެދެއްވުމަކީ ވަރަށް އުފާކުރާކަމެއް، އަދި ސުއޫދަށް ދަންނަވާލަން އޮތީ ހަމަފުކެއްވެސް ދޫނުކުރައްވާށެވެ. ސާބިތުކަމާއެކު ކަމުގެ ޙަޤީގަތް ހޯދާ ރައްޔިތުން ނަށް ހާމަކޮށްދެއްވާށެވެ.
ފަޓުލޫނުކޯޓު
23 January 2019
ދެން ފެންނާނީ ކޯޓަކުން އުގައިލުގެ މައްސަލަ ބަލަން ކޮމިޓީއެއް ހަދާތަން....
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
23 January 2019
އަޅުގަނޑު ދިވެހިސަރުކާރަށް ދަންނަވަން ބޭނުންވަނީ ޕުރޮފިސަރ އުގައިލު އެމަނިކުފާނަށް ލިވިވަޑައިގެންފައިވާ ތަޢުލީމު އަދި ހުނަރުގެ ބޭނުން ދިވެހިގައުމަށް. ޢެއްމެ ބޭނުންދަނޑި ވަޅުގައި ފޯރުކޮށް ދެއްވުމަށް ވަރައްކެރިގެން ހުންނެވުމަކީ އުފާކުރާކަމެއް، ކަންމިހެން ހުރިނަމަވެސް އެމަނިކުފާނުގެ ސެކިޔުރެޓީ 24 ގަޑީގައި ދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަނިޔާވެރިގޮތަށް މަރާލައިފައި އެވާ ބޭފުޅުން މަރަން ރާއްޖެއިން ބޭރުން މީހުންއަންނާނެ ކަމަކަށް ގަބޫލުނުކު
އާރީ
23 January 2019
ފީފީއެމް ސަރުކާރުގެ ހުރިހާ ޖަރީމާއެއް ހިންގި މީހުން މިހާރު ކޯލިސަން ފާޓް ނަރު ޖްމްހުރީ ފާޓީއަށް އަށް ސޮއިކުރަމުން އެދަނީ. މި ޖެހުނީ ކޮންތާކު?
އަލްމަސު
23 January 2019
އަޅެފަހެ ކާކުކަން އެގުނަސް ނުކުރާނެ އެއްކަމެއްވެސް. ސީޔާ ސިޔާ ތީގަ އޮންނާނޚ
ޚިބަޅި
22 January 2019
ތިމައްސަލާގައި ތުހުމްތުކުރެވި ދައުވާކުރެވުނުމީހުން މެދުވެރިކޮށް ތިޔަކަމުގެ ޙަގީގަތް އެނގޭނެ
ވާލުސޮރު
22 January 2019
އުގައިލް ހައްޔަރުކޮށް ކޮމިޓީއެއް ހަދައިގެން މައްސަލަ ބަލަން ނުފަށައިފިއްޔާ ކިތަންމެހާވެސް ނަސީބު! ނޭނގެ މީ ފާޑެއްގެ ގައުމެއްވިއްޔަ!
ކަރީމުއްދީން ބާޝާ
22 January 2019
އުގޭލަށް މަހަކު އެއްލަކަދީފާ ގެނަސްބަލަ މިކަހަލަ ފަންނީ ލަފާދޭން. ގައިމު މެންބަރެއްގެ ފަރާތުންވާ ފައިދާއަށްވުރެ އެތަށްގުނަ ފައިދާ މިކަމުންވާނެ.