ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު
23 ޖެނުއަރީ 2019 - 10:10
ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސްޓިކާ ޖެހުން މިދިޔަ ހަފްތާގައި ހުއްޓާލާފައިވާއިރު ހިނގާ އުޅެން ދަތިވާގޮތަށް ނުގަވައިދުން ޕާކްކުރުން ވަނީ އިތުރުވެފަ އެވެ. ކަފިހުރަހާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހަދާފައި ހުންނަ ރޭމްޕްތަކުގެ އިތުރުން އޮފީސްތަކާއި ގޭގެ އަށް ނުވަދެވޭ ގޮތަށް ޕާކްކުރާ މައްސަލަ ވެސް މިހާރު ވަނީ ބޮޑު ވެފަ އެވެ.
Sticker jehun hutaalumun park kurumah hamaeh, lamaeh neiy!
The most trusted news source in the Maldives
Mihaaru
ނުގަވައިދުން ޕާކްކުރުން އިތުރުވުން--
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހުންނަށް ދަތިވާގޮތަށް ޕާކްކުރާ މައްސަލަ ހައްލު ކުރުމަށް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށެވެ.
"ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިންނަށް ގުޅައިގެން އެބަ ނަގުވަން. އަދި ޓޯ ކުރުން ވެސް ކުރިއަށް އެބަގެންދަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން."
މާލެއަށް އެކަށީގެންވާ ވަރަށްވުރެ ވެހިކަލް ގިނަވެފައިވާއިރު މި ސަރުކާރުން ބުނެފައިވަނީ ސްޓިކާ ޖަހާނީ ޕާކްކުރާތަން ދެއްކުމަށް ފަހުގައި ކަމަށެވެ. ޕާކްކުރުމަށް ހުސްބިންތަކެއް ހެދުމާއި އިމާރާތްތަކެއް ހެދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ކޮންމެ ދުވާރަކުން ވެސް މަގަށް ނުކުމެ އެރޭ ގޮތަށް ރޭމްޕްތަކެއް ހަދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އަޖުމަ ބަލަން ހެދި ދެ ރޭމްޕް މަތީގައި ވެސް ސައިކަލްތައް ޕާކްކުރުމުން އެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ޕާކިން މައްސަލަ ހައްލު ކުރުމަށް މިދިޔަ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓި އެވެ. ނަމަވެސް ބޮޑު ހަރަދެއް ކޮށްގެން ހެދި އެ ސިސްޓަމްތަކުގެ ބޭނުން އެދެވޭ ގޮތަކަށް ކުރެވިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކި
25 February 2019
ވައުދު ފުދި އިތުރުވީތޯ؟
ޖާބިރުބޭބެ
23 January 2019
“ކަންނެތެއްކަމަކު އަޖައިބެއްފަދް ކަންނެތް ކަމުގައި، ވަންހަ ނިމިދާއިރުވެސް ދޮހޮލުވެ ތިބުމޭ ރަނގަޅީ،''
އާދަންބެ
23 January 2019
ޓޯކުރަންޏާ ސައިކަލު އެކަންޏެއްނޫން ޓޯކުރަންވާނީ. ކާރާއި ޕިކަޕު ފަދަ އުޅަނދުވެސް ޓޯކުރަންވާނެ. އެހެންނޫނީ ތިކަން ވާނީ ބޮޑު ތަފާތުކުރުމަކަށް.
ބޮކަރުމާ
23 January 2019
ޓޯކުރީމާ ޕާކުކޮށްގެން ޖަހާ ސުޓިކަރއަށްވުރެ ބޮޑު
އަމާ
24 January 2019
ފީ އައްދޯ ބަލަންވީ އަދިވެސް... ގަވައިދުން ޕާކަށް ޖަހާބަލަ... ނުޖެހޭނެ ފީ ދައްކާކަށް....
ސަންފަ
23 January 2019
މީގެން އިނގެނީ ގިނަ ދިވެހިންނަކީ ޒިންމާދާރުކަން ކުޑަ ކަންނެތް ގޮތެއް ފޮތެއް ނެތް ބައެއްކަަަަބް.
ރަންދެލި
23 January 2019
ތިޔައީ އަލަށް އެނގުނު ކަމެއް؟
މަރޭމިތުރު
23 January 2019
އަދަބަކުން ކަންތަކެއް ހައްލެއްނުވާނެ! މަދަދު ކުރިއަށް ނެރެގެންނޫނީ ނުވާނެ!.............................................. ބައެއްމީހުންނަށް ހީވެފައި އޮންނަނީ އަދަބަކީ ކަމެއް ހައްލުކުރުމުގެ މާމޮޅުގޮތެއްކަމަށް. ކިތައްމެ ވަރަކަށް ޓޯކުރަން އުޅުނަސް ހައްލެއްނުވާނެ ޕާރކިންގ އެއް. އަނިޔާދީގެން އިންސާނަކުވާނީ ބޮޑައގޯސްކަން ދިރިއުޅުމުން ތަޖުރިބާކުރެވޭ! ޕރކިންގ ހައްލުވާނީ ޕާރކިންގ ތަކެއް ހޯދައިދެވިގެން.
މިތުރުއައްޕަ
24 January 2019
ޕާކުކުރާނެ ޖާގަ ނެތީކީ ނޫން. ގޭގެ ދޮރުމައްޗައް ނޫނީ ނުޖެހެނީ ހަމަ...ތަންކޮޅަކަށް ހިނގަންޖެހިދާނެތީ... ދެން ކާރު ބާއްވާ ރެޖިސްޓަރ ކޮއްފަ އޮތް ގަރާޖުގަ... ނެތިއްޔާ ނައްތާލާ...
މަރޭމިތުރު
23 January 2019
ދުނިޔޭގެ އެއްވެސް ގައުމެއްގައި ޓޯވ ނުކުރެވޭނެ ޓޯވް ޒޯން ނެތްތަނެއްގަ ޕާރކުކޮށްފައި ހުންނަ އުޅަނދުތަކެއް. ހަމަ ބޭނުންވާއިރައް ޓޯކުރުމަކީ ފުލުހުންވިޔަސް ގަވާއިދާއި ހިލާފުވުން. ތިގޮތައް ކަންތައްކުރާތީ ފުލުހުންގެ އަގުވެއްޓެނީ ޔިނީފޯމުތައް ކިލަނބުވަނީ. ޓޯވު ކުރަން މިއަދު ފެށިއިރު ކާކައް އެނގިފައިއޮތީ ޓޯވުކުރާނެކަމަކަށް.
ޙުދާ
23 January 2019
މިއީ ހާދަ މޮޅު ވައުދޭ
ބަޖިޔާ
23 January 2019
ހުރިހާ ގޮތަކުން ހައްދު ފަހަނައަޅާ ގޮށްސަ އޮތް ތަނެއްގަ ކިތަންމެ ކުޑަކަމެއް ހައްލު ކުރަންވެސް ވަަރަށް އުނދަގޫވާނެ.
ހާލި
23 January 2019
ނޫހުން ހަބަރެއް ފެނުނީމަ ސަރުކާރުތެޅެންފެށީ ދައުލަތް ހިންގަނީ ސޯޝަލް މިޑިޢާ ނުވަތަ ނޫސްތަކުގެ ފަލަސުރުހީނަމަ މަޖިލިސްއެއް ގާނޫނެއްބޭނުން ނުވާނެ