ވެސްޓްމިންސްޓާ ޔުނިވާސިޓީގައި ވަކީލުކަން ކިޔަވަމުން އަންނަ މަރިޔަމް ނައުފާ.
23 ޖެނުއަރީ 2019 - 23:12
އިނގިރޭސި ވިލާތުގައި ވަކީލު ކަން ކިޔަވާ 23 އަހަރުގެ މަރިޔަމް ނައުފާ އަށް ހާއްސަ އެވޯޑެއް، އެ ގައުމުގެ ވަކީލުންގެ ޖަމިއްޔާއެއް ކަމަށްވާ "އެސްޕައަރިން ސޮލިސިޓާސް" އިން ދީފި އެވެ.
ނައުފާ އަށް ދިން "އައުޓްސްޓޭންޑިން އެކަޑަމިކް އެޗީވްމެންޓް" އެވޯޑަކީ ޔޫކޭގައި ގާނޫނު ކިޔަވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ތައުލީމީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. ނައުފާ ހިމެނުނީ، އިނގިރޭސި ވިލާތުން މި އަހަރު އެ އެވޯޑު ލިބުނު ފަސް ދަރިވަރުންގެ ތެރޭގަ އެވެ.
އެސްޕައަރިން ސޮލިސިޓާސް އަކީ ޔޫކޭގައި ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އެ ދާއިރާއިން ކުރިއެރުމަށް ބޭނުންވާނެ ތަފާތު ފުރުސަތުތައް ފަހިކޮށްދީ އެއްބާރުލުން ދޭ ޖަމިއްޔާ އެކެވެ.
ވެސްޓްމިނިސްޓާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ސ.ހިތަދޫ، އޭނާޒް، ނައުފާ "މިހާރު" އަށް ބުނިގޮތުގައި އެވޯޑު ދިނުމުގެ ކުރިން ގިނަ ކަންކަން އެ ޖަމިއްޔާ އިން ބެލި އެވެ.
އޭނާ ވަނީ، ވޭތުވެދިޔަ ދެ އަހަރު ވެސް އެ ޔުނިވާސިޓީގެ އެ ކޯހުގެ އެންމެ މޮޅު ދަރިވަރުންގެ ލިސްޓުގައި ހިމެނިފަ އެވެ. ޑިގްރީގެ ފުރަތަމަ އަހަރު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ތައުލީމީ ނަތީޖާ ހޯދި ދަރިވަރަކަށް ވެސް މިދިޔަ އަހަރު އޭނާ ހޮވުނެވެ.
އެ ޔުނިވަސިޓީގައި ސްޓޫޑެންޓު އެކޮމޮޑޭޝަނުގައި ވަޒީފާ ވެސް އަދާކުރާ ނައުފާ ލިބޭ ހުސްވަގުތު ހޭދަކުރަނީ ބުކްޝޮޕެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާށެވެ. ނައުފާ ބުނިގޮތުގައި އެންމެ ބޭނުން ވަނީ މީހުންނަށް ލިބިފައި ހުރި ތަފާތު މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާކާޝް މުހައިމިން ކުޅުދުއްފުށި
25 January 2019
ދީން ނޭގި ފަރަންޖީ ވަކީލުކަން ކުރާމީހުން ޖުޑިޝަރީ ހަލާކުކުރަމުން ދަނީ
މޯދީ
25 January 2019
މިތަނަށް އައިސް ގައުމަށް ޚިދުމަތް ނުކުރާނެ ވާހަކަ ދައްކާއިރު ސިޔާސީ މީހެއްގެ އުނގަށް ވެއްޓި މުޒާހަރާތަކަށް ގޮސް އައުގުރާނަ ގޮވި ވަރަކުން ނޫނީ ވަޒީފާއެއް ލިބޭތަ ކިތައް ޑިގްރީ ހޯލްޑަރުންނާއި މާސްޓަރސް ހޯލްޑަރުން ވަޒީފާގަނޑެއް ނުލިބިގެން ދެ ކޮޅަށް ދުވެ ދުވެ މިތިބީ. ތަނެއް ދޮރެއް ނުދަންނަ އެކްޓިވިސްޓުންނަށް ފުރުސަތު އޮތީ. މިތަނަށް އައުމަށްވުރެ ނައުން ވެސް މިހެންވީމަ ރަގަޅެއް ނޫންތަ؟
އއއއިބްރާހިމް
24 January 2019
ވަރަށް ބޮޑަށް މަރުހަބާ! ތަޢުލީމު ހާސިލްކޮށް ނިމިގެން ޤައުމަށް އިޚްލާސްތެރި މަސައްކަތެއް ކޮށްދެވޭތަން ބަލަން އެންމެ ބޭނުމީ.
އައިމިނާ
24 January 2019
މީހަކު ނުވަތަ ބަޔަކު ކުށެއް ކުރީމާ އެއްމެންގެބޮލުގަ އެކުށުގެ ތުހުމަތު އެޅޭނެ ކަމަށް ގަބޫލެއްނުކުރަން. އަޅުގަނޑުމެންގެ ހުންނަ އުސޫލަކީ މީހަކަށް އެއްޗިހިގޮވައި ބަދުނާމުކުރަންވެއްޖިއްޔާ އެއްމެންވެސް ވަރަށްފޯރިހުރޭ. އެކަމަކު ހެޔޮބަހެއް ބުނަންވެއްޖިއްޔާމު ފަހަތުފަޔަށް ބުރަވެފަ މިތިބެނީ. ވިސްނާލަންޖެހޭކަމެއް އެހެންނޫންތޯ. ހިތައް އަރާ ހަސަދަވެރިކަންނޫން ދެން ކޮންކަމެއްތޯއޭ؟ ވެސް.
ތިޔަ
24 January 2019
މަރުހަބާ ނައުފާ. މިލިޔުމަކުން ސާފެއް ނުވޭ މިއީ އެޕްލައިކޮށްގެން ލިބުނު އެއްޗެއްކަމެއް ނުވަތަ ނޫންކަމެއް. ނޫސްވެރިން އެބަޖެހޭ އެކަށީގެންވާ ތަފްސީލް ގެނެސްދޭން. މިހެން މިއެހީ ޤާނޫނު ކިޔަވާ ހުރިހާ ކުދިން ތިޖަމިއްޔާގަ ނޫޅެންޏާ ތިއީ މުޅި ޔޫކޭއިން އެންމެ މޮޅު ފަސް ކުދިންގެ ތެރޭގައި ހިމެނުންކަމަށް ނުވާނެތީ.
އައިމިނާ
24 January 2019
މަރުހަބާ!
ޒައިން
24 January 2019
ކާމިޔާބީއަށް މަރުހަބާ ކިޔަން.. ނަމަވެސް ތިޔަ ތަނުން ލޯވ ކިޔަވައިގެން ޝަރީއާ ނުކިޔަވަ އައިސް އުޅޭ ވަކީލުން އުޅޭ ގޮތުން ބޯހަލާކުވޭ... ކަނބުލޮ ކިޔަވައިގެން ތިކޮލޫގަ މަޑުކުރޭ.. މިކޮޅުގެ ޤާނޫނުތައް ތަފާތުވާނެ ވަރަށް ބޮޑަށް ޝަރިއްޔާ އެކުލެވިފަ ހުންނާނި އޭގައި..
ސަނޫފް
25 January 2019
މިހާރު ބާރ އެސޯސިއޭޝަން އެއް ގާނޫނީގޮތުން އެ އުފައްދަނީ. އެތަނުގެ ޒިންމާގައި ވަކީލުން މުޖްތަމައުއަށް ނިކުންނަން ފެށީމަ ވަކީލުންގެ ފެންވަރު މަތިވާނެ.
ގަމާރުމީހާ
25 January 2019
މި ކޮޅުގަ އެންމެ ރަނގަޅު ގާނޫން އޯންނަނީ
ސޯބު
24 January 2019
ތިޔަ ތަންތަނުން ކިޔަވައިގެން އަންނަ ބައެއްކުދިން ދީނުގެ ހުކުމްތަކަށް ފާޑުކިޔަންފަށާތީ މައްސަލައަކީ. އަބަދުވެސް ހަނދާްންބަހައްޓާތި އެމީހުންގެ ސިލަބަސްގެ މަސްދަރަކީ އިސްލާމީއުސޫލުތައްކަމަށްނުވާތީ ބައެއްކަހަލަ ހާލަތުގައި ބުނާހާއެއްޗެއް ހިތުގެ އަޑިން ގަބޫލުކޮށްގެން ނުވާނެކަން.
ތުންމި25
24 January 2019
ކޮބާތަ ޔޫކޭ އިން މާމޮޅަށް ކިޔަވައިގެން އައި ނަބާހާ.......ފޮނި އަނގަތަޅާފައި...
ާތުންބިބީ
25 January 2019
ޖޭވީ ދޯ.. ނަބާހާއާއި މިކަމާ ކޮން ގުޅުމެއް. ލޮލް
ލިބިދާނެއެއްނު.
24 January 2019
ލިބުނިއްޔާ ކޮންކަމެއް؟ ތިޔަ މީހަކު ރާއްޖެ އަންނާނީ ދެން ޗުއްޓީ ހޭދަކޮށްލަން. އެހެން ނޫނީ ފްލެޓެއް ހޯދަން އިންގިރޭސިވިލާތުން ރައްޔިތުކަން ހޯދައިގެން އެތަނުގެ ވަޒަންވެރިންނަށްވެ ގައުމަށް ކޮށްދޭނެ ޙިދްމަތެއްވެސް ނޯންނާނެ. ސިޔާސީ މަގާމެއްގެ ވިޔަފާރިއެއް ލިބިއްޖެއްޔާ އައިސްދާނެތޯއްޗެއް!
މުމިނެ
24 January 2019
ސޯ ބިޓަރ.....