މުނިފޫހިފިލުވުން / މިނިސްޓްރީ އޮފް އާޓްސް ކަލްޗަރު އެންޑް ހެރިޓޭޖް

ފިލްމީ ފަންނާނުންގެ ފޯރަމް ހޯމަ ދުވަހުގެ ރޭ

ފިލްމީ ފަންނާނުންތަކެއި އިވެންޓެއްގައި ސެލްފީއެއް ނަގަނީ.

ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނި ގޮތުގައި އެ ފޯރަމް އޮންނާނީ ހޯމަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގަ އެވެ. ފޯރަމް ފަށާނީ 8:45 ގަ އެވެ. މި ފޯރަމްގައި، ކަމާގުޅުން ހުރި މިނިސްޓްރީތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ފޯރަމްގައި ބައިވެރިވާން ފިލްމީ ދާއިރާގެ ހުރިހާ ފަންނާނުންނަށް އެންސީއޭ އިން ވަނީ އާންމުކޮށް ދައުވަތު ދީފަ އެވެ.

އޭގެ ތެރޭގައި ފިލްމު ކުޅޭ މީހުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަަރުންނާއި ސްކްރީން ރައުޓަރުުންނާއި ސިނޮމޮޓޯގްރާފަރުންނާއި އެޑިޓަރުންނާއި އެނިމޭޓަރުންނާއި ނެށުންތެރިންނާއި މޭކަޕް އާޓިސްޓުން ފަދަ ފިލްމީ ދާއީރާއާ ގުޅުން ހުރި މަސައްކަތްތައް ކުރާ މީހުން ހިމެނެ އެވެ.

އެންސީއޭ އިން ބުނި ގޮތުގައި ފިލްމީ ދާއިރާގެ ފަންނާނުންނަށް ބާއްވާ ފޯރަމަކީ އެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ފިލްމީ ފަންނާނުންގެ ހިޔާލު ހޯދަން ބާއްވާ ފޯރަމެކެވެ.

Film hadhan lui loanu hamajeheyne kamuge yageenkan libijje: PSM

Film hadhan lui loanu hamajeheyne kamuge yageenkan libijje: PSM

The most trusted news source in the Maldives

Mihaaru

މިދިޔަ ސަރުކާރުން ވެސް ފިލްމީ ދާއިރާ އަށް ވައުދުތަކެއްވި.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިދިޔަ އަހަރު ފިލްމީ ދާއިރާގެ ފަންނާނުންނާ ކަމާ ގުޅުން ހުރި އެކި މުއައްސަސާތަކުން ބައްދަލުކޮށްފައިވެ އެވެ. އެގޮތުން ފިލްމު ހެދުމަށް ލޯން ދޫކުރުމާއި ފިލްމާއި ޑޮކިއުމަންޓްރީ ހަދަން ޝައުގުވެރިވާ މީހުންނަށް ތަމްރީނު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

Film aai documetaru hadhan thamreen dhenee

Film aai documetaru hadhan thamreen dhenee

The most trusted news source in the Maldives

Mihaaru

މިދިޔަ ސަރުކާރުން ވެސް ފިލްމީ ދާއިރާ އަށް ވައުދުތަކެއްވި.

މި ސަރުކާރުން ވެސް ފަންނާނުން ކުރިއެރުވުމަށް މަސައްކަތްތައް ކުރަން ނިންމާފައިވާ އިރު، މިދިޔަ ހަފުތާގައި ވަނީ މިއުޒިކީ ފަންނާނުންނާ އެކު ފޯރަމެއް ބާއްވައި އެ މީހުންގެ ހިޔާލު ވެސް ހޯދައިފަ އެވެ.

2 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާހަކަ

24 January 2019

އެެއްވެސް ޗެނަލް އަކުން ލައިވް ނުކުރޭތަ

The name is already taken The name is available. Register?

ޖޭޖޭ

24 January 2019

ދިވެހި ފަންނާނުން ނަގާ މިކަހަލަ ސެލްފީ ވައިރަލް ނުވަނީ ކީއްވެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454