މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ފިލްމާއި ޑޮކިއުމަންޓްރީ ހަދަން ތަމްރީނު ދެނީ

ދިވެހި ފިލްމެއްގެ މަންޒަރެއް ޝޫޓް ކުރަނީ: މީހުން ތަމްރީނު ކުރަން ވަނީ ނިންމާފައި.

ރާއްޖޭގައިި ފިލްމާއި ޑޮކިއުމަންޓްރީ ހަދަން ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހޮޓެލް ޖެންގައި އިއްޔެ އޮތް އިވެންޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފިލްމާއި ޑޮކިއުމެންޓްރީ އުފައްދާނެ ބަޔަކު، ފަންޑުކޮށްގެން ވަރަށް އަވަހަށް ނެރެން ނިންމާފައިވާ ކަމަށެވެ. ''އިރާދަކުރެއްވިއްޔާ އެ އިންޑަސްޓްރީއަކީ ދިވެހި ޒުވާން ޓެލެންޓް ނެރެވޭނެ އިންޑަސްޓްރީއެއްކަމުގައި ގެރެންޓީޑް ފަންޑެއްގެ ގޮތުގައި ޕަބްލިކް ސާވިސާސް މީޑިއާއާ އެކު އަޅުގަނޑުމެން ވާނީ ސޮއި ވެސް ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ފިލްމާއި ޑޮކިއުމަންޓްރީ ހަދަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ކުރާ ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒުވާނުންނަށް އިތުރުު ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން މިހާރު ބައެއް އިންޑަސްޓްރީތައް ހަމައެކަނި ދިވެހިންނަށް މަސައްކަތް ކުރެވޭ ދާއިރާތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ފޮޓޯގްރަފީ ދާއިރާ ފާހަގަ ކުރި އެވެ.

Film hadhan lui loanu hamajeheyne kamuge yageenkan libijje: PSM

Film hadhan lui loanu hamajeheyne kamuge yageenkan libijje: PSM

The most trusted news source in the Maldives

Mihaaru

ފިލްމް ހަދަން ލުއި ލޯނު ވެސް ދޭން ހަމަޖެހިފައިވޭ.

ފިލްމީ ދާއިރާ އަށް މީހުން ބިނާ ކުރުމުގެ އިތުރަށް އިނޮމިކް މިނިސްޓްރީން ވަނީ ފިލްމީ މަސައްކަތްތަކަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމުތަކެއް ވެސް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދީފަ އެވެ. މިކަމަކީ ވެސް ޕީއެސްއެމް މެދުވެރިކޮށް ހުޅުވައިދޭ ފުރުސަތެކެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ މި ދާއިރާގެ ޕްރޮފެޝަލް ތަމްރީނު ނެތި، އަމިއްލަ އަށް ކަންކަން ދަސްކޮށްގެން މަސައްކަތް ކުރާ ބައެކެވެ.

DRE ge project Jump aky meehun binaa kurumuge aa feshumeh

DRE ge project Jump aky meehun binaa kurumuge aa feshumeh

The most trusted news source in the Maldives

Mihaaru

ޕްރޮޖެކްޓް ޖަމްޕަކީ މީހުން ބިނާ ކުރުމުގެ މަސައްކަތެއް.

ދާފި ފަހުން ޑާކް ރެއިން އެންޓަޓައިންމަންޓުން ވެސް "ޕްރޮޖެކްޓް ޖަމްޕް" ގެ ނަމުގައި ފިލްމީ ދާއިރާ އަށް މީހުންނ ބިނާ ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

މީގެ ކުރިން ވެސް މި ދާއިރާގެ ބައެއް މީހުން ފިލްމީ ދާއިރާ އަށް މީހުން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފައިވެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454