27 ޖެނުއަރީ 2019 - 07:16
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ވަރިވެއްޖެ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރު އެއްމާބަނޑު ދެ ކުދިން ލިބުނު އެ ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި މިހާރު ވަނީ ވަރިއާ ހަމައަށް ގޮސްފަ އެވެ.
މި ވާހަކަ ދޮގު ކުރަމުން ކްލޫނީގެ، ތަރުޖަމާން ބުނީ ހޮލީވުޑް ލައިފަށް ބުނީ އެއީ ބައެއް މީޑިއާތަކުން ހަދައިގެން ދައްކާ ވާހަކައެއް ކަމަށާއި ޖޯޖާއި އަމާލް ތިބީ އުފާވެރިކޮށް ކަމަށެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ތެރޭއިގައި ބައްދަލުވެ، ޖޯޖް، 57، އާއި އަމާލް، 40، އޭގެ އެއް އަހަރު ފަހުން އެންގޭޖްވެ، ކައިވެނި ކުރީ 2014 ގަ އެވެ. ކައިވެންޏަށް ތިން އަހަރު ފަހުން ދެ މީހުންނަށް 2017 ގައި ލިބިފައި ވަނީ ދެޖިންސްގެ އެއްމާބަނޑު ދެ ކުދިންނެވެ.
އެއީ ފިރިހެން ދަރިފުޅު އެލެގްޒެންޑާ ކްލޫނީ އާއި އަންހެން ދަރިފުޅު އެލާ ކްލޫނީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy