ދިރާގުގެ މައި އޮފީސް: ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށް ބައެއް ޚިދުމަތްތައް މެދުކަނޑާލަން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
27 ޖެނުއަރީ 2019 - 18:59
ދިރާގުގެ ބައެއް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
ދިރާގުން ނެރުނު ބަޔާނެއްގައިވަނީ އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބިޒްނަސް ސްޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މުއްދަތުގައި އެއްވެސް މެދުކެނޑުމެއް ނެތި ޑޭޓާ އާއި އެސްއެމްއެސް އާއި ވޮއިސް ކޯލްތައް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ބައެއް ސަޕޯޓް ޚިދުމަތްތައް އެ މުއްދަތުގައި ނުލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ މުއްދަތުގައި މެދުކެނޑޭނެ ކަމަށާއި އެކަމަކު އެ މުއްދަތުގައި އެ ކުންފުނިން އެއްވެސް ޚިދުމަތެއް ކަނޑާނުލާނެތީ، ފޯން ކޯލާއި ޓޭޑާ އާއި އެސްއެމްއެސްގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަޕްގްރޭޑްކުރަން ދިރާގުގެ ބައެއް ޚިދުމަތް މެދުކަނޑާލާން ވަނީ ނިންމާފައި.
މީގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަސް ނިމުމާ ހަމައަށް ބައެއް ޗެނަލްތަކުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ދިރާގު ޕާޓްނާ ފިހާރަތަކާއި އެ ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓްގައިވާ މައި އެކައުންޓާއި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި މަމެން މޮބައިލް އެޕްލިކޭޝަންގެ އިތުރުން ދިރާގު ޕޭ އަދި ސެފްލް ކެއާ ޗެނަލްސްތަކުގެ ޚިދުމަތް އެ މުއްދަތުގައި ކެނޑޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ރީލޯޑާއި ރީޗާޖް ކުރުމުގެ ޚިދުމަތް ވެސް ހުކުރު ދުވަހު މެދުކެނޑޭނެ އެވެ.
އެ ބަޔާނުގައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ކަމަށެވެ. އަދި ވަގުތީ ގޮތުން ބައެއް ޚިދުމަތްތައް ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިހި
28 January 2019
މުޅިރަށުގަ ފާޑެއްގެ ކޭބަލެއްއަޅާ މަހަކަށް ދައަކާން ޖެހޭނީމިވަރޭބު ، ހުރިހާގެއަކަށް އިންޓަނެޓު ގުޅުމަށްފަހު ތިންހަތަރު ވަރަކަށް މަސްތެރޭ އަންގާވެސްނުލާ، ރޭންޖުދައްކޮށް ކޮންމެ ގެއަކުން 100ރުފިޔާ ބޮޑުކުރީ ..
1ޖީ-
28 January 2019
މަތި ނުކުރިޔސް ހެޔޮ! މިހާރު 5ޖީ ލީފަހުން ކުރިއަށްވުރެ ގޯސް.
ޚާލިފް
28 January 2019
އިންޓަނެޓު އަގު ހެޔޮ ކުރޭ. މުސާރައިގެ 5 ބައިކުޅަ 1 ބައި އިންޓަނެޓަށް! މިއީ ބޮޑުވަރު!
ބަރުބާދު
28 January 2019
ސަޕޯޓުސިސްޓަމް އެކަނިތަ؟. ހެޔޮނުވާނެ ތިޔަދެއްވާ އިންޓަރނެޓްގެ ސްޕީޑް ބޭނުމެއްކުރެވޭވަރައް މަތިކޮއްދީބަލަ. މޮބައިލުން ޔަހޫ ފްރޮންޓްޕޭޖް ލޯޑުވާން 3 މިނިޓް. ކުރީގަ އުރީދޫ ބޭނުންކުރީ އެކަމަކު މިމަހު ދިރާގައްބަދަލުކުރީ ބޯހަލާކު.
މަރޭމިތުރު
28 January 2019
އެނގޭތަ އަހަރެމެން އިންޓަރނެޓް އިންޑިއާގައި މިބޭނުންކޮށްލަނީ އެންމެ 153ރުފީސްއަށް ދުވާލަކު1.50 ޖީބީ މަހަކަށް މިހާރުވެސް. ކޮންމެ ނެޓްވޯކަކުން، ކޮންމެ ކުންފުންޏަކުން ސިމްނެގިއަސް އެލިބެނީ މިހާކުޑަކޑައަގަކަށް. ބޭރުގައުމުތަކުގައި މިހާރު އިންޓަރނެޓަކީ ލިބެންހުންނަ ފެންފަދަ ތިޔާގިއއްޗެއް. ! 110އަށް ގެއެއް ހޯދަންގުޅީމާ އެކެނޑޭމިންވަރުން ދިރާންގު ކަސްޓަމަރުންގެ އަތުންފައިސާބޭނުންވާ ވަރުގެ ދަލީލުކޮށްދޭ!
މަރޭމިތުރު
28 January 2019
އިންޓަނޭޓު ފުރަތަމަ ކަމަކަށް ހެޔޮކުރަމާތޯ؟ ފެންނަހެން ރާއްޖޭގެ ޓީވީތައް ހަދަމާތޯ؟......................... ދިވެހިރާއްޖޭހެ ހުރިހާޓީވީތަކެއް އެޕްލިކޭޝަން މެދުވެރިކޮށް އަގުހެޔޮކޮށް ފެންނަގޮތައް ހަދައިދިނުން އެދެވޭ! އިންޓަރނޭޓް ޕެކޭޖު އެންމެންނަށްވެސް އަގުހެޔޮކޮށް ލިބޭނެގޮތް ހައްދަވާ!
ޖަބަލު
28 January 2019
ތިތާ ޓެކްނިސަނުންނާ ފުރަންޓްޑެސްކާ ދޭތެރޭކަނެކްސަނެއްނެތް. ބޭނުން ނުކުރާޕެކޭޖައްވެސް ލާރި ނަގާ. ގެއަކަށް ކިތައްޕެކޭޖުކަން ލާފައިންކަމެއް ބުނެދެން ނޭގޭ. ފުރަންޓްޑެސްކްގައި ތިބޭކުދިންނެކޭ ސުޕަވައިޒަރުން ނެކޭއެއްގޮތް. ސަޕޯޓުސުމެއް 123 ފޯނުނަގާ، ދެން ބިޒްނަސް ދައްވިނީ ކީއްވެބާއޭ ކިޔާނެ!
ޖުލައި
28 January 2019
އިންޓަރނެޓް / ޑޭޓާ އަގުހެޔޮކުރަނީ ކޮން އިރަކުންހޭ. ތިވަރަށް ޑޭޓާކޮޅު ވިއްކައިގެން ފައިދާ ނުނެގިޔަސް ވެދާނެދޯ.
ސިޔާސީ
28 January 2019
ސްޕީޑް ވެސް މާ ދަށީ