ޚަބަރު / ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ވީބީ ހަސަން މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވަނީ

ވީބީގެ އެމްޑީ ހަސަން: މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން މެދު ހެންވޭރު ދާއިރާ އަށް ވާދަކުރެއްވުމަށް އޭނާ ވަނީ ނިންމަވާފައި.

28 ޖެނުއަރީ 2019 - 18:01

50 comments

ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އެކަން އިއުލާން ކުރައްވައި ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ ބައެއްގެ އެދުމުގެ މަތިން މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ކޮއްކޮ ހަސަން މެދު ހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާއިރު، އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ނުކުންނަވަނީ މިހާރު ވެސް މެމްބަރު އަލީ އާޒިމެވެ.

ވީބީ ހަސަންގެ ޓުވީޓު

ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ، އޭނާ މެދު ހެންވޭރު ދާއިރާ އަށް ކުރިމަތިލެއްވީ އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ދިޔަ ގޮތުން ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި މެދު ހެންވޭރު ދާއިރާގެ މީހުން ވަރަށް ބޮޑު ބަދަލަކަށް ބޭނުންވެފައި ތިބިކަން މިދިޔަ ހަފުތާގެ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީން ސާފުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންތިޚާބުގައި ވަރަށް ރަނގަޅު ޗެލެންޖެއް ދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑަކީ މެދު ހެންވޭރު ދާއިރާ އަށް ނިސްބަތްވާ އާއިލާއެއްގެ މީހެއް. އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި އެކި ފެންވަރުގެ ބޭފުޅުން މެދު ހެންވޭރުގައި އެބަތިއްބަވާ. އަޅުގަނޑުގެ މުޅި އާއިލާގެ ސަޕޯޓު އަޅުގަނޑުގެ މި ނިންމުމަށް އެބައޮތް. މިހާރު ވެސް މިދަނީ އަޅުގަނޑުގެ އެކި ރައްޓެހިންނާ ވާހަކަ ދައްކަމުން،" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަނބިކަނބަލުންގެ ކޮއްކޮ ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޕްރައިމަރީގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތާއީދު ވެސް އޭނާ އަށް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.

50 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުނަފު

04 February 2019

މެދުހެންވޭރަށް ވާދަކުރަން މިއީ ކޮންގޮތަކުން އެދާއިރާޔާ ގުޅޭމީހެއް. ފައިސާ އޮތީމަ ދެތިން މީހަކު ތާއީދު ކުރިޔަސް މިދާއިރާގެ މީހަކަށް ތާއީދެއްނެތް. އެހެން ކަމެއް ކުރަން އުޅޭ.

The name is already taken The name is available. Register?

ދޮން އާމިރު

30 January 2019

ހަމަ ސުމެއްގަ ޖެހޭނީ....

The name is already taken The name is available. Register?

ޖީބު

30 January 2019

މާލެ ތަމްސީލް ކުރަން މަޖިލީހަށް ކީއްކުރަން ހޮވާ ބައެއް. މީ ވެރިރަށް، މާލެން އެކަކު ނެތަސް މިނިސްޓްރީ ތަކާ ސިޓީ ކައުންސިލުން މިތަން ތަރައްޤީ ކުރާނެ. މާލެއަށް ދާއިރާ އިތުރުކޮށްކޮށްފަ މެންބަރުން ގިނަކޮށް ކޮށްފަ، ތިކުރަނީވެސް ހަމަ ބޭކާރު ޚަރަދު.

The name is already taken The name is available. Register?

ނަޖްވާ

30 January 2019

މި ކަހަލަ ނޫން މީހެއް އަޅެ ފަހެ އަހަރުމެންގެ ޕާލިމަންޓަށް ވަންނަން ބޭނުން ނުވަނީތަ؟

The name is already taken The name is available. Register?

ރކ5ކ4

04 February 2019

ފައިސާ އޮތީމަ ކޮންމެ ކަމެއް ވާނެކަމަށް

The name is already taken The name is available. Register?

މެދުހެންވޭރު

29 January 2019

ތީ މެދުހެންވޭރު ބަޔަކަށް ނުވާނެދުވަހަކުވެސް... ވިނަގަނޑު ގަނެގެން އައިސް ތިބި ބައެއް. ޢެހެންނޫނަސް ތީ ޕީއެންސީ ގެ މީހުން ނިސްބަތްވާ ގެއެއް. ޙަމްޒާމެން އެމް ޑީޕީ ވިޔަސް. ޢާޒިމް އަކަށް ވޯޓުދޭކަށް ބޭނުމެއްނުން . ޢެމްޑީޕީން މީހަކު މިނިވަންކޮށް ނިކުމެލަބަލަ. ޢޯކޭ ޕްރައިމަޜީ ގަ އުޅުން ކުއްޖެއެްވެސް

The name is already taken The name is available. Register?

އަހަރެން33

04 February 2019

އަހަރެންގެ ވޯޓު އާޒިމަށް

The name is already taken The name is available. Register?

އައްލާބެއްޔާ

29 January 2019

ދެން އަވަހަށް ޕާޓީތަކުން ރައްޔިތުން ގުނބޯހައްދާފަ ވޯޓްލާދުވަހު ފެންފުޅިއެއްހިފައިގެން ރަތްދަކަ އަވީގައި ކިއުޖެހިގެން މިމީހުންނަށް ވޯޓްލާ މަހަކު 130000ރ ގެ މުސާރަ ހޯދައިދިނީމާ އަހަރުމެންނަށް ވަނީ ކޮންފައިދާއެއްތަ؟.. ބުނާނެ މުޅި މުޖުތަމަޢު އަށޭ ފައިދާވާނީ! އެކަމަކު މިވީހާތައްދުވަހު ވީއެއްވެސް ފައިދާ އެއްނެތް! މަޖިލިސްއަށް ވަތްއިރު ރައްޓެއްސަކަށް ކޮފީތައްޓެއްވެސް ދެވޭނެފެންވަރުނެތް! ހަމަ ކުއްލިއަކަށް މަހުޖަނަކަށް. ކޮބާ އަހަރުމެންނަށް ވީފައިދާ!

The name is already taken The name is available. Register?

ހަސަދު

29 January 2019

އެއްވެސް ބޮޑު ވިޔަފާރި ވެރިއަކު މަޖުލިހަށް ނުހޮވަމަތ؟.

The name is already taken The name is available. Register?

ދދޖ22ސޖ

04 February 2019

ވިޔަފާރިވެރިން މަޖްލިސް އަށް ނުހޮވަމާ

The name is already taken The name is available. Register?

ބަނާނާ

29 January 2019

އައްޑޫ ގޮޑިއަކަށް މާލޭ މީހަކު ހޮވޭނެތަ؟ ނުހޮވޭނެ. ދެން މާލެ ގޮޑިއަކަށް އައްޑޫ މީހުން ހޮވަންވީ؟

The name is already taken The name is available. Register?

ސސކެޖެޖ4

04 February 2019

އައްޑޫ މީހަކު ނެތް ހޮޥޭކަށް.

The name is already taken The name is available. Register?

އައްޑޫ މީހާ

13 February 2019

އައްޑޫ މީދޫ ދާޢިރާގަ މިވަގުތުވެސް މެމްބަރުކަން ކުރައްވަނީ މާލޭ ކަނބަލެއް. މިފަހަރުވެސް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ދެވަނަ ދައުރަށް ފޫގަޅައިގެން. އެކަމް މާލޭ މީހުން އައްޑޫ މީހުންހާ މޮޔައެއް ނުވާނެ ދޯ ?

The name is already taken The name is available. Register?

ބޮޑުއަލީ

29 January 2019

ޝިޔާމް ކިޔަސް މީނައަކީ ތްރީއޭ ކުންފުންޏާއި ބެހޭ މީހެއް ނޫން..ތްރީއޭގެ އޯނަރުންނަކީ އެހެން ބައެއް..މީ ވީބީގެ އެއް އޯނަރު..ތްރީއޭ ދެބައި ކޮށްލާފަ އުފެދުނީ ވީއޭ އާއި ވީބީ..އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި މީނަ ކުރިމަތި ލައިގެން ހޮވިއްޖިއްޔާ މީނާ ގުޅޭނީ ޕީއެންސީއަށް ކަން ޔަގީން ކަށަވަރު

The name is already taken The name is available. Register?

ހެސް

29 January 2019

ތިބޭފުޅާ ތީ ހުރިގޮތަށް ހުރި ރޯނު އެދުރު ހުރިހާ ކަމެއް އެގިގެން. އެމް.ޑީޕީ ޖާހިލުކަން އެންމެ މެކުހަށް.

The name is already taken The name is available. Register?

އާސިއްޕެ

29 January 2019

ވިނަގަޑުގެ ގަނެލައިގެން މެދު ހެންވޭރުވެފަ ތިބި އައްޑޫއަށް ނިސްބަތްވާ ބަޔަކަށް މެދުހެންވޭރު މީހުން ވޯޓުލާނެބާ؟ ޝައްފާނުގެ އާއިލާ އަކީ މެދު ހެންވޭރުގަ ދެވަނައަށް އެންމެބޮޑު އާއިލާ. އާޒިމްގެ އާއިލާއަކީ މެދުހެންވޭރުގެ އެންމެބޮޑު އާއިލާ. އެމީހުންނަށް ލިބޭ ވޯޓު ބޭރުން އައިސްހުރި މީހަކަށް ލިބިދާނެކަމަށް ބެލުމަކީ މޮޔަކަމެއް. އެކަން ވަރަށް ސާފު އައިމަންއާ ރިމާހުއަށް ލިބުނު ވޯޓުންވެސް ފްރައިމަރީގަ.

The name is already taken The name is available. Register?

އަބޫބަކުރު123

30 January 2019

ވޯޓުލަނީ ސިޔށސަތއް ކަލޯ. ލެޔަކައް ކުލަޔަކް ވޯޓުލީމާ ގައުމު އިނދަޖެހުން ނޫންކމަެއނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454