ސިނގިރޭޓު ފޮއްޓެއް:
30 ޖެނުއަރީ 2019 - 13:20
ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ދޭ އެވޯޑަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ މީހުންގެ އަގު ވަޒަން ކުރުމަށް ދޭ އެވޯޑަށް ފަރުދުންނާއި ޖަމިއްޔާތަކާއި އިދާރާތަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ.
އަމިއްލަ އަށް އެވޯޑަށް ކުރިމަތިލުމުގެ އިތުރުން އެހެން ފަރާތްތަކުގެ ނަން ވެސް އެ އެވޯޑަށް ހުށަހެޅިދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑު މިއަހަރު ދޭނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކަމަށްވާ މެއި 31 ގަ، އެވެ.
ޑަބްލިޔުއެޗްއޯގެ ހަ ރީޖަނުން ކޮންމެ ރީޖަނަކަށް ހަ އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދުންފަތާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތުގައި މިހާރު ވަނީ ސިނގިރޭޓި ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ލާޒިމްކުރާ ގަވައިދު ތަންފީޒުކުރަން ފަށަން ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުއްވައިފަ އެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގައި މިއީ ރާއްޖެއިން އަޅާނެ މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ސިނގިރޭޓު ފޮށީގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ އިތުރުން ވަކިން ސިނގިރޭޓު ވިއްކުން މަނާ ކުރުމަށް ވެސް ރައީސަށް ވަނީ ލަފާ އަރުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާ300
30 January 2019
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަކު މަގުމަތީ ސިނގިރޭޓް ބުއިމަކީ މަނާ ކަމެއްކަމަށް ބަޔާން ކޮއްފަކައެއް ނެތް. މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް މިކަމަށް ޤާނޫނެއް ހެދެން އެބަޖެހޭ.
ހަބޭސް7950
30 January 2019
މިއެވޯޑު ދޭނީ މިހާރުގެ ހެލްތު މިނިސްޓަރަށް ސަބަބަކީ ޑަބުލިޔޫއެޗު އިން ރާއްޖެއަށް ކަނޑައަޅަފައި މިހާރު ހުންނެވި ޑރ. މާތޫރަކީ ބޮޑުންނަށް ވައިޖެހުމާއި ހުސާމަތު ކުރުމުގެ ލާމަސީލު ބޭފުޅަކަށްވާތީ
މަރޭމިތުރު
30 January 2019
އަޒުމެއް މިކުރީ ސިނގިރޭޓުނުބުމަށް! އަޒުމުގަ އަހަރެން އުމުރައްހުރުމަށް!.............................................. ސިނގިރޭޓްނުބުއިމަށް އަޒުމްކުރަމާތޯ؟ އެއަޒުމުގައިއުމުރައް ދެމިހުރުމަށް ވިސްނަމާތޯ؟ އަންނަ ދަރިންނަށް މިކަން ޔަގީންކޮށްދެމާތޯ؟
މަރޭމިތުރު
30 January 2019
މަރާލާށެ ސިނގިރޭޓު ތިބާ މަރާލުމުގެކުރިން، އަރާމެކޭ ހީކޮށް ސިނގިރޭޓް ބުއިމުގެކުރިން....................ސިނގިރޭޓުން އެންމެން ރައްކާތެރިވޭ!
ފޮނިކަލޯ
30 January 2019
އަޅުގަނޑަކީ ދުވާލަކު މަދުވެގެން އެއްފޮށި ސިނގިރޭޓައް ވުރެއް ގިނައިން ބުއިމުގައި ވަގުތު ހޭދަ ކުރި މީހެއް، ނަމަވެސް އެކަމުގައި ހުރި ގެއްލުން ޑޮކްޓަރ ނަޒީމް އޮޅުން ފިލުވައި ދެއްވުމުން މިހާރު ސިނގިރޭޓަކީ މާ މުހިއްމު އެއްޗެއްނޫން ކަން ވަރައްރަނގަޅައް އެނގި ސާބިތުވއްޖެ ހުށްޓާލިތާ މިހާރު ފަސް އަހަރައްވުރެއް ގިނަވެއްޖެ
އައިސް
30 January 2019
އެވޯޑްގައި ލިޔެފައިބާއްވާތި! މީތި ބޮއެގެން އާއްމު އުޅޭތަންތަންތަނަށް ނުވަންނާށޭ! ހާދަނުބައިވަހެކޭ!
ކަރީމުއްދީން ބާޝާ
30 January 2019
ތިއެވޯޑު އަރުވަންވީ ރައީސް ނަޝީދަށް.