ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އައިޓީސީސީގެ ކުދިންތައް 2016 ގައި ބަދަލުކުރީ ކުޑަކުދިންގެ ހިޔާއަށް -- ފޮޓޯ / ކުޑަކުދިންގެ ހިޔާ
30 ޖެނުއަރީ 2019 - 16:02
އެއްވެސް މަސައްކަތެއް ނުކޮށް "ބަންދުކޮށްފައި" ހުންނަތާ ދެ އަހަރުވެފައިވާ ކ. މާފުށީ ކުޑަކުދިންގެ މަރުކަޒުގައި ތިބި ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި އެވެ. އެތަނުގައި ތިބި 24 މީހުން ވަޒީފާ އިން ވަކިކުރީ، ކުރިއަށް އޮތް ތިން މަހުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ފަހު އެވެ.
އާ ސަރުކާރާ އެކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މާފުށީ ތައުލީމާއި މަސައްކަތް އުނގައްނައިދޭ ކުޑަކުދިންގެ މަރުކަޒު (އީޓީސީސީ) ގައި ބަލަހައްޓަމުން އައި ކުދިންތައް 2016ގެ މާޗު މަހު ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ވަނީ ބަދަލުކޮށްފަ އެވެ.
ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އިބްރާހިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ މަރުކަޒުން ވަކިކުރި މުވައްޒަފުންނަކީ އެއްވެސް މަސައްކަތެއް ނެތްއިރު ވެސް، ދައުލަތުން މުސާރަ ދެމުން އައި ބައެއް ކަމަށެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި އެ ތަނުގެ މުވައްޒަފުންތައް ކަނޑާލަން އެންގީ، ކުރިއަށް އޮތް ތިން މަހުގެ މުސާރަ އާއި އިނާޔާތްތައް ވެސް އެ މީހުންނަށް ދީފަ އެވެ. އަދި އެ މީހުން ކަނޑާލަން ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ ލަފައާ ވެސް އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ އެ މަރުކަޒު އޭރު ހުސްކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން 2015 ގައި ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި އީޓީސީސީއާ ގުޅިގެން ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ ތަންތަނުގައި މަދުވެގެން ހުންނަން ޖެހޭ މިންގަނޑުތަކެއް އެކުލަވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ތަން ހުސްކުރި އިރު އެތަނުގައި ތިބީ އެންމެ ފަސް ކުދިންނެވެ. އެ މަރުކަޒުގައި އެއްވެސް ކުއްޖަކު ނެތަސް، އެތަނުގެ މުވައްޒަފުންނަށް މިއަދާ ހަމައަށް އައީ ބަރާބަރަށް މުސާރަ ދެމުންނެވެ.
"އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރޭ، އެ ކަމަކު އެތަނުގައި އުޅޭ މުވައްޒަފުންނެއް ވަޒީފާއަކުން ކަނޑައެއް ނުލާ. އެ މީހުންނަށް މުސާރައިގެ ގޮތުގައި ދައުލަތުން ކޮންމެ އަހަރަކު 2.1 މިލިއަން ރުފިޔާ ހޭދަ ކުރަމުން އައީ،" އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވި ގޮތަށް 2016ގެ މާޗު މަހުން ފެށިގެން އެ ތަނުގައި މަސައްކަތް ކުރުން ހުއްޓާލައިފި ނަމަ، 2018 ވަނަ އަހަރުގެ ނިމުމާއި ހަމައަށް ގާތްގަނޑަކަށް 5.9 މިލިއަން ރުފިޔާ އެ މީހުންގެ މުސާރަ އަށް ދައުލަތުން ވާނީ ހޭދަކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަނަކުން، އެހާ ބައިވަރު އިސްރާފެއް ކުރެވޭކަން ފާހަގަ ކުރެވުނީމަ އަޅުގަނޑުމެން އެ މީހުން ކަނޑާލުމުގެ މަސައްކަތް ފެށީ،" އިބްރާހިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާފުޅު
31 January 2019
އަދިވެސް ތި މާފުށީ އެންމެން އެމްޑީޕީއަށް ވޯޓް ދީ.. ގައިމު ޔާމީން ތިތާގަ އެއްވެސް ކުއްޖެއްނެތަސް ވަޒިފާގައި ތިބި މީހުންނަށް މުސާރަ ދީފިތާ ދޯ؟؟
މުސާރަ
04 February 2019
އެހެންވީމަ އަހަރުންވެސް ގޭގަ ބައިތިއްބާފަ މުސާރަ ދިނަސް އޯކޭތާދޯ.ކީއްކުރަން މަސައްކަތް ކުރަނީ ދޯ.ތިކަހަލަ މީހުންގެ ވިސްނުން ހުންނަ ގޮތުން ޤައުމު ހަލާކުވަނީ
ވާލުސޮރު
31 January 2019
އަތުންފައިން މަސައްކަތް ނުކޮށް 2 އަހަރު ވަންދެން ހާދަހާ ފައިސާއެކޭ ދޯ މި ނެގީ، އަނެއްކޮޅުން 3 މަހުގެ މުސާރަ އެއްފަހަރާ ދީގެން އެވެސް ލިބުނީ ވިޔަފާރިއެއް ނުވަތަ އަގުބޮޑު އެއްޗެއް ގަތުމުގެ ފައިސާ. އަހަރުމެންނަށް މިއުޅެނީ ދަރަންޏަށް ލޯނުގަނޑެއްވެސް ނުދީގެން. އަދިވެސް ކިޔަނާ ދީނީ ލާދީނީ
ކުރޯޑު
01 February 2019
ކޮޔާ ތިޔަބުނީ ހަމަ ތެދެއް، އަހަރެމެންނަށް އަނގަޔާ އަތާ ކީއްކުރަން އަނގަޔާ ފަޔާވެސް ދިމާނުވެ
އިސްލާހިއްޔާ
31 January 2019
އިސްލާހިއްޔާ ހުރި ލޮކޭޝަނަކީ ގެސްޓުހައުސް ނުވަތަ ހޮޓަލެއް އަޅަން މާފުށީގައި އޮތް އެންމެ ރަނގަޅު ބިމެވެ. އެތަނުގައި ސަރުކާރުން ގަވަމަންޓް ގެސްޓްހައުސްއެއް ހަދައި ހިންގިދާނެއެވެ. ތަނަށްލިބޭ މަންފާއިން ތަން ތަރައްގީކޮށް ހިންގިދާނެއެވެ. އަދި ތަނުގައި ގެންގުޅޭ ކުދިން ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުން ހިފޭ ކުދިންގެ ގޮތުގައި ޓްރޭނިން ކޮށްލެވި ގައުމަށް ބޭނުންހިފޭ ކުދިންނަށް ހަދާލެވިދާނެއެވެ.
އިސްލާހިއްޔާ
31 January 2019
އިސްލާހިއްޔާއިން ގުރެޖްއޭޓްވީ އެތައް ބައިވަރު ދަރިންނެއް ގައުމުގެ އިސްމަގާމުތަކުގައި އެބަ ތިއްބެވިއެވެ. މިނިސްޓަރުކަން ކުރެއްވި އަދި ސްޓެލްކޯގެ ޗެއާމަންކަން ކުރެއްވި ޒުހޫރު އަކީވެސް އިސްލާހިއްޔާގެ ދަރިވަރެކެވެ. މިހާރުވެސް މަގުމަތިވެފައިތިބި ކުދިން ގެނެސްގެން ރަނގަޅު ހުނަރުތަކެއް ދަސްކޮށްދެއްވުމުގެ ހުނަރު ތަނުން ވަކިކުރި މުވައްޒަފުންގެ ކިބާގައި ހުންނާނެއެވެ. އުވާނުލާ ތަނުގެ ބޭނުން ޒަމާނާ އެއްގޮތަށް ކުރިނަމަ މާރަނގަޅުވީސް.
ފާތު
31 January 2019
އިކޮނޮމިސްޓެއް ވެރިކަން ކޮށްފަ ދިޔާމަ ތިހެންތިވީ!
އަބްދުއްالله
31 January 2019
24 މީހުން މިނިސްޓްރީ ތަކަށް، ނައިބުންގެ ގޮތުގައި ބަހާލިނަމަ މާ އަދުލުވެރި ވީސް. އޭރުންވެސް ތިބޭނީ ކަމެއްނުކޮށް، ދައުލަތުގެ ބަތާހަރާމުގަ.
ވަރުނުލާ
31 January 2019
އޯއޯއޯގާތެރިކަމުގެވެސް ލާމަސީލު ނަމޫނާ ސަރުކާރެއް ދެން އެތަންވެސް އެރަށުގަ ބެހެއްޓުމުގެ މާބޮޑު ބޭނުމެއްނެތް އެތަން ކުދިން ނުގެންދިއުމަކީ އެތަނުގެ މުވައްޒަފުންގެ މައްސަލައެއްނޫން ސަރުކާރުގެ މައްސަލައެއް އެތަނައް ކުދިން ނުގެންދަންޔާ ބަލާނެ އަޅާލާނެ ފަގީރު މުސްކުޅިން ބަލަހައްޓާ ތަނަކައް އެތަންބަދަލްކުރެވިދާނެ
ދެނެހުރި
31 January 2019
އެއީ އެމީހުންގެ އަތުން މަސައްކަތް ނެގިބަޔަކު ޒިންމާވާންޖެހޭ ކަމެއް ! ސިވިލްސަރވިސް ގަވައިދާ ޚިލާފަށް ގެންގުޅޭ މުވައްޒަފުން މިނިސްޓްރީ ތަކުގައި ބައިވަރު ! ފަރުވާ ކުޑަ ވުމުގެ އިތުރުން އެކި އަހަރު 25 ދުވަސް 20 ދުވަސް ހާޒިރުނުވާ އަބަދު ސަލާމުގައި ޗުއްޓީގައި އަޔަސް އަބަދު ބޭރު މަސައްކަތުގައި އެކަމަކު ސަރުކަރުން އެމީހުން އެބަގެންގުޅޭ ! އިބޫ ސޯލިހުގެ ކެބިނެޓްގައި މިހާރުވެސް ކޮރަޕްޝަން ! އެބައޮތް އަންނި ވިދާޅުވިގޮތާ ޚިލާފައް ވަޒީފާވެސް އެބަދޭ މިހާރު
ކ.މާފުށިން
31 January 2019
އެމީހުން ދިޔައީ ތަން ސާފުކޮށް އިމާރާތްތަކާއި މުދާ 24 ގަޑިއިރު ބަލަހައްޓަމުން، ތަނުގައި ހުރި މިސްކިތުން ފަސްވަގުތުން ބަންގިގޮވައި ޖަމާއަތުގައި ނަމާދުކުރަމުން. އެމީހުން ކުރިން އަދާކުރީ ގައުމީ ބުރަމަސައްކަތެއް. ތިޔަތަން އުވާލުމުގެ ބަދަލުގައި ވިލިމާލެ ހިޔާގައި ތިބި ބޮޑެތި ކުދިން ގެނެސްގެން ރަނގަޅު މަސައްކަތެއް ދަސްކޮށްނަމަ މާރަނގަޅުވީސް، ތިޔަތަނުގައި ހޮޓެލް ސްކޫލެއް ގޮތަށް ހިންގައި ކުދިން ތަރުބިއްޔަތު ކުރެވިދާނެ. ތިޔަވީގޮތުން ތަންވާނީ ވީރާނާ.
ކަމިސަން
31 January 2019
ތިޔަ ވިދާޅުވީ ވަރައް ރަނގަޅު ވާހަކައެއް.
ހުތާ
31 January 2019
ދައުލަތަށް އެތަކެއް ހިދުމަތެއްކޮށްދީ އެބައެއްގެ މަސައްކަތުން މަގުންކައްސާފައިވަާ އެތަކެއް ދިވެހި ކުޑަކުދިންނަކަށް މަގުދައްކައިދީ ރަނގަޅު ތަރުބިއްޔަތެއް ދިން މުދައްރިސުންތަކެއް އެއްވެސް އިނާޔަތެއްނުދީ ކަނޑާ އުލާލުމީ ރަނގަޅުކަމެއް ނޫން. ތިޔަ ހުޅުމާލެ އާއި ވިލިމާލެ ހިޔާގައި އުޅޭ ކުދިން ނުބެލެހެއްޓޭ މިހާރުވސް.