ކުރީގެ ރައީސް މައުމޫން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން އިއުލާން ކުރެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 ފެބުރުއަރީ 2019 - 20:33
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މައްޗަންގޯޅި އުތުރު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު ފާރިސް ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މައްޗަންގޯޅި އުތުރު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އެ ދާއިރާގައި ވާދަކުރައްވާނީ މިހާރު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު މުހައްމަދު) އެވެ. އޭނާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ އެންމެ ކެންޑިޑޭޓަކާ ވާދަކުރައްވައި، 71 ވޯޓުގެ ތަފާތަކުންނެވެ.
މައުމޫންގެ ތާއީދާ އެކު ދިއްގަރު ދާއިރާ އަށް މިފަހަރު ކުރިމަތިލައްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމަކީ ދިއްގަރު ދާއިރާގެ ގޮނޑި ކުރިން ވެސް ފުރުއްވި ބޭފުޅެކެވެ.
Maaiy Allah ge hazrathun vaagi edhihure, emmennah insaafaai hamahama furusathu hoadhai dhinumah, Rayyithunge Majileehuge Machchangolhi Uthuru dhaairaage gon’diah vaadha kurumah nimmaifin#votefaris pic.twitter.com/TjG4GJz0a8
— Ahmed Faris Maumoon (@afarismaumoon) February 1, 2019
ފާރިސް އަކީ ކުރީގެ ރައީސް އަަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ފެށި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރުމުގެ މަސައްކަތްތައް ފެއްޓެވުމާ އެކު ހައްޔަރުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ޖަލުގައި ބޭންދެވި އެވެ. ފާރިސް އަކީ، މަސީހް މަގާމުން ދުރުކުރުމަށް ކުރި މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި މެމްބަރެވެ.
ޕީޕީއެމްގެ ވެރިކަމުގައި، އޭރު އެ ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކާ ދެކޮޅަށް މަޖިލީހުގައި ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ވެސް ފާރިސް އެވެ.
އޭނާ ހައްޔަރުކޮށް ޝަހްސު އޮޅުވާލުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ކުރި އެވެ. އޭގެތެރެއިން ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭނާގެ މައްޗަށްކުރި ރިޝްވަތުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮމެލޫ ބުކާކޯ
04 February 2019
ކަލޭ މެން ކުދިންވެސް އުޅޭ ވައްތަރެއް ދޯ؟ ކޮބާތަ މައްސަލައަކީ އެ ސޮރު ކުރިމަތިލީމަ؟ ނުހޮވެންޏާ ބަލިވެދާނެއްނުން. ހޮވޭނީ އެންމެން ބޭނުންވެގެން ހޮވީމަތާ؟ ކުރިމަތިލީ އޭ ކިޔާފަ ހަތްވަނަ އުޑު ބޮލަށް ވެއްޓިގެން އުޅޭހެން ނޫޅެ ބަލަ!
ދާއިރާ
04 February 2019
ގޮޅިއަށްދިޔައީ އެކަން ނުކޮށްފިނަމަ އެ ދާން ބޭނުންވާ އަމާޒަށްދިއުމަށް އުނދަގޫ ތަކެއް ދިމާވެދާނެ ކަމަށް ވިސްނާފަ . ހަމަ ސީދާ ރ މައުމޫންގެ ގެ އޯޑަރަށް . 1 ފާރިސް / މައުމޫން ފަޅީގަ 2 ޔުމުނާ / މައުމޫން ފަޅީގަ 3 ގައްސާނު / ޔާމީން ފަޅި 4 ދުންޔާ / ޔާމީން ފަޅީ ( މިކަމުން ދިވެހިރައްޔިތުން އިބުރަތް ހާސިލު ކުރަން ވެއްޖެ)
އިބްރާ
03 February 2019
މައުމޫނުގެ ވަދާއީޝޯ އެޕްރީލް 6ގައި.
ދާދޭ
02 February 2019
ފާރިސް ތިކަން ރަނގަޅެއްނޫން. ތިދިމާއިން ފޭލްވާނީ. އެހެން ކޮންމެވެސް ދާއިރާ އެއް ވިސްނާފާ ޚިޔާރު ކުރޭ.
ތުއްތުބޭބެ
02 February 2019
މައްޗަންގޮޅީ އުތހުރު ދަާއިރާއަށް ތިޔަ ލިބުނީ މިހާތަނަށް ރާއްޖެއަށް އުފަންވި އެންމެ ވަރުގަދަ ސަޚުސިއްޔަތު މިފަހަރު މިގޮނޑިއަށް އެހެން ވިސްުމެއްވެސް ނުބަހައްޓަވާތި ކާމިޔާބު ތަޅުދަނޑިއެއް ތިޔަލިބުނީ . މަރުޙަބާ ފާރިޝް
ކަޓޭ
02 February 2019
ތީގަ ސަޅިވީހީ މައްޗަންގޮޅީ މެދު ދާއިރާޔަށް ވާދަކޮއްލެއްވިނަމަ. ބަރުދަނަ ބަލައިލެވުނީސް.
އަލި އަހުމަދު
02 February 2019
ތިމާ ނިސްބަތް ނުވާ ދާއިރާތަކަށް ކުރިމަތި ލުމަކީ ވެރިކަމަށް ދަހިވެތިވެފަ ހުރި މިންވަރު ހާމަކޮއްދޭ ކަމެއް!!
ހަބީބު
02 February 2019
ވަރަށް ހިތްހަމަ ޖެހިއްޖެއް. އަސްލު ބޭނުންވޭ ފާރިސްމެންގެ ބާރާއި ނުފޫޒު މާލޭތެރެއިން. އިރާދަފުޅުކުރެއްވިއްޔާ ރަގަޅުވާނެ.
ޒަން
02 February 2019
ބޯދިގޭ އަށް ވޯޓު ނުލާން ފާރިސްއަށް މަގޭ ވޯޓު.
ދިވެއްސެއްއް
02 February 2019
އެއަށްވުރެ މާ ރަނގަޅު ވާނެ ރައްޔިތުންގެ ފައިދާއަށް ވިސްނާ މިނިވަން ކެނޑިޑޭޓަކަށް ވޯޓު ދިނީމަ
.ވޯޓު.
02 February 2019
.ތީކަމަކީ ރައިއްޔަތުންނަށްޓަކާ ކުރި ކަމެއްނޫން ރުޅިވެރި ކަމާ ހަސަދަ ވެރި ކަމުގާ ކުރި ކަމެއް ދެން ތިހާކުޅަދާނަ މީހުންގެ ހިތްތައް ފަތަހަ ކުރި މީހަކު ހުރި ދާއިރާ ދޫކޮށް އެހެން ތަންތަނަށް ކުރިމަތި ލަނީ ކިތަންމެ ފޮންޏެއް ކަނޑިއަސް ތިބައިގަނޑެއް ދެން ނުހޮވޭނެ އަހަރުމެން ތިމީހުން ހޮވީ ބަޢާވާތް ކުރާކަށް ނޫން ތިމީހުންގެ ސަބަބުން އަހަރުމެންގެ ދާއިރާތަކަށް ވީ ވަރަށް ބޮޑެތި ގެެއްލުން ތަކެއް .