ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު: އެ ވަފުދުން އުއްތަމަ ފަނޑިޔާރާ ވަނީ ބައްދަލު ކުރައްވާފައި --ފޮޓޯ/ޑީޖޭއޭ
02 ފެބުރުއަރީ 2019 - 21:18
ރާއްޖޭގެ ހާލަތު ބަލަން ކޮމަންވެލްތުން އައި ވަފުދުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކޮށްފި އެވެ.
ކޮމަންވެލްތުގެ ވަފުދެއް އައިސްފައިވަނީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ހުށަހެޅުމާ ގުޅިގެން ރާއްޖޭގެ ހާލަތު ގެނެގަތުމަަށެވެ.
އެ ވަފުދުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގަ އެވެ. އެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވެސް ބައިވެރިވެ ވަޑައިގަތެވެ.
ކޮމަންވެލްތުގެ އެ ވަފުދުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކާ ވެސް ބައްދަލު ކުުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅުމާއި ދާޚިލީ ކަންކަމުގެ ތެރެއަށް އެ ޖަމާއަތުން ވަންނަ ކަމަށް ބުނެ އެވެ.
އެ ޖަމާއަތާ އަލުން ގުޅުމަށް ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީއްބެ
03 February 2019
އިންޑިޔާގެ ސުޕްރީމް ކޯޓުން ނެރުނުފަދަ ޙުކުމެއްކުރުމުން ނޫނީ އަލުން ކޮމަންވެލްތުގައި ބައިވެރި ނުވެނީތަ؟ މިވެރިން ހާދަވަރެއް ހުރެޔޭދޯ ރާއްޖޭގެ ޝަރުޢީ ނިޒާމަށް! މިއަށްވުރެ އިސްލާމީ ޝަރީޢާ ރަނގަޅަށް ތަންފީޛުކުރާ ޤައުމުތަކުން މިރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙުކޮށް އިސްލާމީ ޝަރީޢާ ފުރިހަމައަށް ތަންފީޛުކުރާ ނިޒާމަކަށް މިނިޒާމު ހަދަން ބާރުއެޅިއްޔާ ކީތް! ޔަހޫދިނިޒަމް ފަތުރަން އުޅުމަށްވުރެ!
ރައްނަމާރި
03 February 2019
ކަތީއްބެ އަމިއްލަޔަށް ގަބޫލުކުރަންތޯ ރާއްޖޭގަ އިންސާފު ގާއިމް ކުރެވޭކަމަށް؟
ނުކިޔަވާ
02 February 2019
ތީރާއްޖެ ފަސާދަކުރުމުގެ އެންމެ މަތީގަވާ ޔަހޫދިންތަކެއް، މިގައުމުގެ ކަންކަމާބެހެން ނަހަދާ މަޑުންތިބޭތި!
ލިޓިލް
03 February 2019
އަނހާ! ސުޕުރީމް ކޯޓު މީހުންނާ ދިމާލަށް ތިހެން ކިޔަނިކޮށް ހުކުމެއް އައިސްދާނެ!
އަޙުމަދު.
02 February 2019
ކޮމަން ވެލްތުގެވަފުދު އުއްތަމަފަނޑިޔާރާ ބައްދަލުކުރުމުން އެވެރިންނަށް ކިޔާދޭނީ މިމީހުން ކޮށްފަ ހުރި އަދުލު ވެރިކަމެއްނެއް ޝަރީއަތް ތަކުގެ މޮޅުވާހަކަ ބާއެވެ.؟ ނޫންނަ ފަހުގެ ތާރީޚު ތަކުގައި ހަމަ މިވެރިން ނިންމި ބޮޑެތިވެގެންވާ އެތަށްޝަރީ އަތެއް އެއްދުވަހު އެއްކޮޅަށް އަނެއްދުވަހު އަނެއްކޮޅަށް ނިންމާހުކުމް ކޮށްލެވުނު ވާހަކަތޯއެވެ.