03 ފެބުރުއަރީ 2019 - 20:34
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާ ދޭތެރޭ ކަންތައް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހޭތީ، އިހުތިޖާޖު ކުރުމުގެ ގޮތުން މާދަމާ ޑިއުޓީ އަށް ނުނިކުތުމަށް ގިނަ ޕައިލެޓުންތަކެއް މިއަދު ނިންމައިފި އެވެ.
ޕައިލެޓުންގެ ޑިމާންޑަކީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން މަގާމުން ވަކި ކުރުމެވެ. ޕައިލެޓުންނާއި ކެބިންކްރޫންގެ އިސްވެރިޔާ އަމީން މަގާމުން ވަކިކުރަން ޕައިލެޓުން އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އިހުތިޖާޖުގައި ބައިވެރިވާ ޕައިލެޓަކު މިރޭ ބުނީ، ވަޒީފާ އަށް މާދަމާ ނުނިކުތުމަށް ނިންމީ އަމީންގެ މައްސަލަ ހައްލު ކުރަން ހުށަހެޅި ޝަކުވާތަކަށް މިހާތަނަށް އެއްވެސް ހައްލެއް ނުލިބޭތީ ކަމަށެވެ. މައްސަލަ ހައްލު ނުކުރެވި، ޕައިލެޓުން ޑިއުޓީ އަށް ނުނިކުމެއްޖެ ނަމަ ފްލައިޓްތައް ހުއްޓި މާދަމާގެ އޮޕަރޭޝަންތަކަށް ބުރޫއަރާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ނަން ހާމަ ނުކުރަން އެދި ވާހަކަ ދެއްކި ޕައިލެޓަކު ބުނިގޮތުގައި އަމީން ގެންދަނީ ޕައިލެޓުންނާ ދޭތެރޭ އިހުމާލުވަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އޭނާ އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އަމީން ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން ބުނެ އެވެ.
"ކަންކަމުގައި ދިއުމުން [އަމީން] ވަރަށް ހަޑިކޮށް ވާހަކަ ދައްކާ. މުވައްޒަފުންނާ މެދު ވަރަށް ތަފާތު ކުރޭ. ވެރިން ގާތު އެތައް ފަހަރަކު ޝަކުވާ ކޮށްގެން ވެސް ހައްލެއް ނުލިބުނު. މި ސަރުކާރުގައި ވެސް އޭނާ [އަމީން] ހުރީ ހަމަ އެހާ އިސްކޮށް،" ޝަކުވާތައް ހިއްސާ ކުރަމުން ޕައިލެޓު ބުންޏެވެ.
ދިވެހި ޕައިލެޓުންގެ ބަދަލުގައި ރާއްޖެ އިން ބޭރުގެ މީހުންނަށް ފުރުސަތު ދިނުމަށް އަމީން އިސްކަން ދެއްވާ ކަމަށް ވެސް ބައެއް ޕައިލެޓުން ތުހުމަތު ކުރެ އެވެ. އަދި އެކަމުގައި، ނާޖާއިޒް ކަންތައްތަކެއް ހިންގާ ކަމުގެ ތުހުމަތު ވެސް އަމީންގެ ބޮލުގައި ވަނީ އެޅިފަ އެވެ.
"މިވަގުތުގެ ޑިމާންޑަކީ އަމީން މަގާމުން ވަކިކުރުން. އަމީން މިހާތަނަށް ހުރެގެން ޕައިލެޓުންނަށް ވީ ފައިދާއެއް ނެތް،" އެހެން ޕައިލެޓަކު ބުންޏެވެ.
ޕައިލެޓުންގެ އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެ ދުވަހަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓުތައް ދަތުރުކުރާއިރު ގިނަ ދިވެހިންނާއި ޓޫރިސްޓުންގެ ދަތުރަށް އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ މޯލްޑިވިއަން އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޝް
05 February 2019
މިހާރު ބިރެއްނެތި އިހުތިޖާޖު ކުރެވޭނެ މިއޮތީ ސަރުކާރު ބަދަލުވެފަ
ޝިރުހާން
04 February 2019
މާދަމާ ފައިނޭންސް ސްޓާފުން ސްޓްރައިކްހަދާ ޕައިލެޓުންނާ ދެކޮޅަށް އިހުތިޖާޖު ކުރާނަން.
އެވެއާނަސް
04 February 2019
ތިއީ ހުރިހާ އޮފީސް/ކުންފުނިތަކެއްގައި ވެސް ކަން އޮތްގޮތް. އެޗް އޯ ޑީ/މެނޭޖަރުން ގެންދަނީ މުއައްޒަފުން އެމީހުންގެ ބާރުގެ ދަށައް ގެންނަމުން. މުވައްޒަފުން ތިބެނީ ނަފުސާނީގޮތުން ބިރުގަތްފަ. މިކަންތައް ހުއްޓުވުމަށްޓަކާ އެމްޑީޕީގެ ސަމާލުކަމަށް ގެންނަން އެބަޖެހޭ. އެމީހުން އިންސާނުނަށް ފައިދާވާނެކަމެއް ކުރިއްޔާ ކުރާނީވެސް. އިންސާނާ ލިބަރޭޓްކުރަން އަމާޒު ހިފަން އެބަޖެހޭ. މައްސަލައަކީ މިކަހަލަ ކަންކަމުގެ އވެއާނަސް ލިބަރޭޓްކުރަން ބޭނުންވާ މީހުންގެވެސް ކުޑަ
އުދުހޭ ކޮރަކަލި
04 February 2019
މިމީހުން ނައްހީވާކަލަ ހާހަކާ ސަތޭކައޭ، އުދުހޭ ބަރަވައްޔަކައް ވީތީ ހިތުހުރިގޮތެއް ހެދިދާނޭ. ކީކުރާނީ މައިން ބަފައިން ކުރި ބޮޑު ހަރަދު ގައމުގެ ލަދަކައް. 3200 ފޫޓު މަތިން ހެއޮހިތުން ސަލާމް!!
ހަބޭސްބޭބެ
04 February 2019
ޕައިލެޓުން ބޭނުންހާގޮތަކަށް އުޅެ، 8 ގަޑިއިރު ނުނިދާ ފްލައިޓް ތައް ބޭނުންގޮތަކަށް ދުއްވާއިރުވެސް ކަމެއް ނުކުރޭ. ދަންނަވަން. އިހްތިޖާޖް ކުރާމީހުން ކަނޑާލާފަ އެހެން ޕައިލެޓުން ގެނޭ. ސިންގަޕޯރ އެއަރލައިން ޕައިލެޓުންނަށް އެތާގެ ރައީސްވެސް ހެދީ އެހެން. ނާންނަ މީހުން ކަޑާލާގޮތަށް ހަމަޖެއްސީމަ ގިނަ މީހުން ނިކުން. ބޭނުންހާ ގޮަތަކަށް ގައުމީ އެއަރލައިންގެ މީޙުނަށް އުޅެވިގެން ނުވާނެ. ފިޔަވަޅު އެޅުމަށް ގޮވާލަން. މީވެސް އަސާސީހިދުމަތެއް. ހުއްޓުވައެއް ނުލެވޭނެ
މާހިރު
04 February 2019
މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވެ, ކެންސަލްވާ ސަބަބު ތިއޮތީ ހާމަވެފައެވެ. ހަމައެކަނި އެސަބަބަށް ބެލިނަމަވެސް ފްލައިޓް އޮޕަރޭޝަންގެ އިސްކޮށް ތިއްބެވި ފަރާތްތައް ބަދަލުކުރަންޖެހެއެވެ.
ސަނީނު
04 February 2019
އެމީހަކު ފޭހުނު އިލޮށި ހެރޭނީ ހަމަ އެމީހަކު ލޮލަށޯ ކިޔާ އުޅޭ ދެން ވަރަށް ސަލާމް!!
ކޮކްޕިޓް
04 February 2019
އަމީނަކީ 30 އަހަރުގެ އޭވިއޭޝަން ތަޖުރިބާ ހުރި ބޭފުޅެއް، ސީޕްލޭނާ، ޖެޓް އޮޕަރޭޝަން ފަށައި މިކަން ހަމަޔަކަށް އެޅުވީ އަމާިނު، ވާނުވާނޭގި ހަބަރު ފަތުރާތީ ދެރަ ކމަކީ، ބަޔަކު އެބަ އުޅޭ ގައުމީ އެއަރލައިން ބަނގުރޫޓް ނުވެގެން. މީވަރަށް ދުރަަލާ ރޭވިގެން ކުރާކަމެއް
ރައީސްބޭބެ
04 February 2019
އެހެންވީމަ ޕައިލެޓުން އިހުތިޖާޖައް ނިކުމެގެން ނުވާނެ. އަމީން އަށް އެކަން ހުއްޓުވެންވާނެ. މިމީހުނަށް ކޮންމެވެސް ފަރާތަކުން ބާރުލިބިގެން މިކަންކުރަން މިއުޅެނީ. މީ ގައުމީ އެއަރލައިން އިން ކޮށްގެންވާނެކަމެއް ނޫން. އަދި މިކަމުގަ އިސްކޮން އުޅޭބައެއް ހާމަކޮށްލީމަ އިނގޭނެ ހުރިހާކަމެއް.
މާރަނގާ - އައްޑޫ ސިޓީ
04 February 2019
ހަނިމާދޫއެއަރޕޯޓާއި ގޭން އިންޓަނޭޝަނަލްއެއަރޕޯޓުން މޯލްޑިވިއަންގެބޯޓްތައް ބޭރުގެމަންޒިލްތަކަށް އުދުހުމަށާއި، ގަމަށްޖައްސާ ސްރީލަންކަންފްލައިޓުން އަންނަފަތުރުވެރިންނަށާއި ތ. އަދި ލާމްއަތޮޅާއި ހުވަދޫގެރައްޔިތުންނަށްވެސް ބޭރަށްދިއުމުގެ ހުޜިހާޙަރަދަކާއި ނުބައްދަލުހަރަދުކުރުމަށް މާލެނުގޮސް ގޭން އެއަރޕޯޓްމަގުން އައިސްގޮސްވުމަށް ތިމަރަފުށި، Kadhdhoo ކޫއްޑޫ އަދި Kaadedhdhho ޑެއިލީ ޝެޑިއުލްދަތުރުފެއްޓުމަށް މުޅިތަނުގެ ސީނިއަރމެނޭޖްމަންޓް ބަދަލުކުރާންޖެހޭ.
ނައިބޮލި
04 February 2019
ތިޔަ ޕައިލެޓުން ޔާމީނު ސަރުކާރުގަ މުޒަހަރާ ކޮށްގެން މުސާރަ 100000 އަށް ބޮޑުކުރީވެސް އަމީން، ފްލައިން އަވާސް ކުޑަ ކޮށް ދިނީވެސް އަމީން، މުޒާހަރާގައި ބަިވެރިވާ އެއްމެން ކަނޑާލާ، ޕައިލެޓުން ތީ އަބަދު ބަގާވަތް ކުރާ ބަޔެއް