އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް: އޭނާގެ އަބުރަށް އަރައިގަނެފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރި މައްސަލައިގައި ޗެނަލް 13 އާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު
04 ފެބުރުއަރީ 2019 - 20:22
ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި މައްސަލައިގައި ޗެނަލް 13 އާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅައިފި އެވެ.
ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ޗެނަލް 13 އިން ދެއްކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ އީސީގެ މެމްބަރުން ވޯޓުގައި މަކަރު ހަދައިގެން ކަމަށް އަޑު އުފުލަން ބޭއްވި މުޒާހަރާގެ ތެރެއިން ގެނެސްދިން "އޮޅުވާލި ވޯޓު" ޕްރޮގްރާމްގަ އެވެ.
އެ މައްސަލަ ތަހުގީގުކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުކުރި ލިއުމުގައި ވަނީ، އޮކްޓޯބަރު 8، 2018ގެ ރޭގަނޑު ދެއްކި ޕްރޮގްރާމެއްގައި ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ޗެނަލް 13 އިން ދެއްކި ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އޭގެ ސަބަބުން، ޝަރީފްގެ އަބުރާއި އިއްޒަތަށް އަންނާނެ ކަމަށް ދެކޭ ކަމަށް ނިންމުމުގައިވެ އެވެ.
ތަހުގީގަށް ޖަވާބުދާރީވުމުގެ ފުރުސަތު ޗެނަލް 13 އަށް ދިނުމަށް ފަހު ނިންމި މައްސަލައިގައި ބުނެފައި ވަނީ، އެއީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ އެއް ވަނަ ނަމްބަރު ކަމަށްވާ މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމާ ޚިލާފު ކޮންޓެންޓެއް ކަމަށެވެ. އެ މައްސަލައިގައި، މާފަށް އެދި ބަޔާނެއް މި މަހުގެ 14 ގެ ކުރިން އާއްމުކުރަން ވަނީ އަންގައިފަ އެވެ. އެއީ، އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމުގެ މާއްދާއާ ޗެނަލް 13 އިން ޚިލާފުވި ފަސް ވަނަ ފަހަރު ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާ ކުރުމުގެ ފުރުސަތު އިތުރަށް ނުދޭން، އެ ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ލައިވް އިވެންޓްތައް ދެން ނުފޮނުވުމަށް ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ޗެނަލް 13އާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައިވާ އިރު، ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެ ޓީވީގެ ގިނަ މައްސަލަތަކެއް ބަލައި އެ ސްޓޭޝަން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ. އެއީ، ޕީޕީއެމް ސަރުކާރުގެ ނުފޫޒާ އެކު ރާއްޖެ ޓީވީ ނައްތާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެޅި ފިޔަވަޅުތަކެއް ކަމެއް ކަމަށް އެ ސްޓޭޝަނުން ތުހުމަތު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
05 February 2019
ޗެނަލް 13 އިން މީހުންގެ އަބުރު ކަތިލާ ނަގާ ރޯސްކޮށް ފިހެގެން ކައި ހުސްކުރިފަހުން އަދި ކިރިޔާތަ ބްރޯޑް ކޮމް އަށް ހޭވެރިކަމެއް ވީ؟
އަހުމަދޭ
05 February 2019
އަބުރެއް ނެތޭ އިތުރަކަށް އަރައިގަންނާކަށް
މިނިކާވަގު
05 February 2019
އިސީ ޝަރީފޫ......... ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެއެވެ.!!
ޥެރިން
05 February 2019
އަބުރެއް އޮށްނަމަތާ އަރާގަނެވޭނީ...
ދީމާހު
05 February 2019
އަބުރުރުވެރިކަމެއް ނެތް މީހެއްގެ ކޮން އަބުރެއް
އުމަރުބެ
05 February 2019
އީސީ ސަރީފޫ މިވަގުތު މިރާއްޖޭގައި އަބުރުގެ ގާނޫނެއް ނެތީތީ ތިކަން ކުރެވޭކަށްނެތް...
ޗެނަލް 13000
05 February 2019
އީސީ ސަރީފު ވަރައްބޮޑައް މާފުކުރޭ..މަނިކުފާނު ވޯޓުން ވައްކަން ކުރިވާހަކަ އަޅުގަޑު މެންނައް ވަރައްގިނައިން ކިއިއްޖެ..ސޮރީ..
ޓާޓާ
05 February 2019
ދިވެހިންނަކީ އަބުރު ގިރަިގެން ޖޫސްބޮއިގެ އުޅޭބައެއް
ދދދދދދދ
05 February 2019
ޝަރީފުގެ އަބުރޭ؟ ކޮންތާކު އޮތް އެއްޗެއްބާ!
ހޮޓްކިންގ
05 February 2019
ސަރީފުގެ އަބުރެއް އޮތްކަމަށް ގަބޫލު ކުރާ ދިވެހިން މަދު. ސަރީފަކީ ވޯޓުން މަކަރު ހެދި ފައިސާގައި ޖެހިފައިވާ މީހެއްކަމަށް ގަބޫލު ކުރާ މީހުން ވަރަށް ގިނަ. އެކަން ފަޅާއަރާނީ މިވެރިކަން ނިމުނީމާ.