ރިޕޯޓް / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު

މަހްލޫފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ އެ ދާއިރާގައި ކޮރަޕްޝަން ވަރަށް ބޮޑު ކަމަށް -- ހުސެއިން ވަހީދު / މިހާރު ފޮޓޯ

އުމުރުން އެންމެ 20 އަހަރުގައި އޭނާ މި އޮފީހަށް ވެންނެވީ ބޮޑު އަޒުމެއްގަ އެވެ. ކުޅިވަރާއި ޒުވާނުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވުމަށެވެ. އޭރު އޭނާއަކީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔޫތު މިނިސްޓްރީގެ ވަޒީފާއެއްގައި އުޅުއްވި ޒުވާނެކެވެ. އޭގެ 18 އަހަރު ފަހުން މިއަދު އަހުމަދު މަހްލޫފް އެ އިންނެވީ މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ގޮނޑީގަ އެވެ. އަނެއްކާވެސް ހިދުމަތް ކުރެއްވުމަށް ތައްޔާރަށެވެ.

"މި ދާއިރާއިން އަޅުގަނޑުގެ ސީވީ ވަރަށް ރަނގަޅު ވާނެ. އަޅުގަނޑު ވަރަށް އިތުބާރު އެބަ އޮތް މި މަގާމުގެ ޒިންމާތައް އަދާކުރެވޭނެކަމުގެ. ހަމައެކަނި ބޭނުމީ ވަގުތުކޮޅެއް،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރުގެ ގޮނޑީގައި އިންނެވި ނަމަވެސް އޭނާއަކީ، ކުރިއެކޭ ވެސް އެއްގޮތަށް، ހިތްތިރި ބޭފުޅެކެވެ. ގިނަ ނޫސްވެރިންނަކީ މަހްލޫފްގެ ރަހުމަތްތެރިންނެވެ. އެހެންކަމުން "މިހާރު"ގެ ނޫސްވެރިންނާ އެކު ވެސް ވާހަކަތައް ކުރިއަށް ދިޔައީ ވަރަށް ސާދާކޮށެވެ.

"އަޅުގަނޑުގެ އެއްވެސް އެއްޗެއް އަދި އޮފީހަކު ނުހުންނާނެ. އެކަމަކު ގިނައިން މި އުޅެވެނީ މިތަނުގައި މިހާރު،" އޮފީހުގެ ޝޯކޭހުގައި ކުރީގެ މިނިސްޓަރު ބަހައްޓަވާފައި ހުރި ތަކެއްޗަށް ނޫސްވެރިއަކު ބަލައިލުމުން މަހްލޫފް ވިދާޅުވި އެވެ.

"މިހާރު" އަށް މަހްލޫފް އިންޓަވިއު ދެއްވަނީ: ހައްލު ހޯދަން ދުވަސްކޮޅެއް ނަގާނެ -- ހުސެއިން ވަހީދު / މިހާރު ފޮޓޯ

އޭނާގެ ރަހުމަތްތެރިން ވަރަށް ގިނަ އެވެ. ވެލާނާގޭ ތިން ވަނަ ބުރިއަށް އެރުއްވި އިރު އޭގެ ތެރެއިން ތިން ރަހުމަތްތެރިއަކާ ދިމާވި އެވެ. ކޮންމެ މީހަކާ ވެސް ވާހަކަ ދައްކަވަނީ އެއްވެސް އަބުއިކަމެއް ނެތި އެވެ. އުޅުއްވަނީ ވެސް ބޮޑީގާޑަކާ ނުލައި އަމިއްލައަށެވެ. ގާޑެއްގެ ބަދަލުގައި ކައިރީގައި އެހީތެރިވެދޭން ހުންނަނީ ކުރީގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަޒްމޫނެވެ.

ޔޫތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް މަހްލޫފް އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެ އޮފީހުގެ މުވައްޒަފުންނާ ގުޅުން ބަދަހިކުރެއްވުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިނިސްޓްރީން ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވޭނީ މިނިސްޓަރާއި މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުންނެވެ.

"އަޅުގަނޑު އެކަމަށް ވަރަށް މަސައްކަތްކޮށްފިން މިހާރު ވެސް. މިތަނަށް އައިސް ބޭނުންވި އެންމެ މުހިންމު އެއް ކަމަކީ މިތަނުގެ މުވައްޒަފުން، ހާއްސަކޮށް ސިވިލް ސާވަންޓުން، އެއީ ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އަޅުގަނޑާ އެކީގައި މަސައްކަތް ކުރުން. މުވައްޒަފުން ކައިރި މިހާރު ސިއްރުން އެހިޔަސް ހަމަ ޔަގީން އޮފީހާ ދޭތެރޭ އެއްވެސް ހިތްހަމަނުޖެހުމެއް ނޯންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

"ސަރުކާރުން ޒުވާނުން ބޭނުންކޮށްލީ"

ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު ވަކާލާތު ކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ މިނިސްޓަރުކަމާ މިދިޔަ ނޮވެމްބަރު މަހު ހަވާލުވެވަޑައިގެންނެވިއިރު ޒުވާނުންނާ ގުޅޭ ހުރިހާ ދާއިރާއަކަށް ކުރީގެ ސަރުކާރުން އޮތީ ބޮޑު އިހުމާލެއްވެފައި ކަމަށް މަހްލޫފް ދެކެވަޑައިގަންނަވަ އެވެ.

"ވަރަށް ބޮޑަށް އިހުމާލުވެފައި ހުރި ކަމަށް ފެންނަނީ ޒުވާނުންނަށް ވެސް އަދި ކުޅިވަރަށް ވެސް. މިސާލަކަށް އަޅުގަނޑު މިހާރު [ހިނގައްޖެއިން] 47 ރަށަކަށް. އެ ރަށްރަށުގައި މިނިސްޓްރީގެ ދަށުގައި ހުރި އިމާރާތެއް ނަމަ ހުރީ ހަލާކުވެފައި. އެއްވެސް ކަހަލަ ޔޫތު ރިލޭޓެޑް ޕްރޮގްރާމެއް ހިންގާފައެއް ނެތް މިނިސްޓްރީ ބައިވެރިވެގެން،" ކުރީ ސަރުކާރުގެ ޔޫތު މިނިސްޓްރީން އިހުމާލްވެފައި އޮތް ބައެއް ކަންކަން މަހްލޫފް ކިޔައިދެއްވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުތަކަށް އަޅައިނުލާ ގިނަ ދުވަސް ވުމުން ހުރީ މުޅިން ހަލާކުވެފައި ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެތަންތަނުގެ މަރާމާތަށް މިލިއަނުން ފައިސާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު އެއިން ދޭހަވަނީ ކުރީގެ ސަރުކާރުން ޒުވާނުންނަށް ދިން އަހައްމިއްޔަތުގެ މިންވަރު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސަރުކާރުން ހަދައިފައި ހުރި ދަނޑެއް ވިއްޔާ ހުރީ ހަލާކުވެފައި. ނޫނީ ބޮޑު މަރާމާތެއް ކުރަން ޖެހިފައި. ނޫން ނަމަ މަސައްކަތް ނުނިންމާ،" މަހުލޫފް ވިދާޅުވި އެވެ.

"ދެންމެ އަޅުގަނޑުމެން މި ބެލީ 67 ފުޓްސަލް ދަނޑެއްގެ މައްސަލަ. ހިސާބު ހަދާލިއިރު 148 މިލިއަން ރުފިޔާ މުޅި މި ޕްރޮސެސް ތެރޭގައި ހިނގާފައި އެބަހުރި މި 67 ފުޓްސަލް ދަނޑަށް. އެ މައްސަލަތަކަށް ހަދާނެ ގޮތެއް ވެސް އެބަ ޖެހޭ މިހާރު ނިންމަން."

ރަށެއްގެ ޔޫތު ސެންޓަރެއްގެ ތަކެތި ހަލާކުވެފައި: އަޅާނުލުމުގެ ސަބަބުން ވަރަށް ގިނަ ޔޫތު ސެންޓަރުތައް ހުރީ ވީރާނާވެފައި -- ފޮޓޯ / ޔޫތު މިނިސްޓްރީ

މަހްލޫފް ގަބޫލުކުރައްވާ ގޮތުގައި ކުރީގެ ސަރުކާރުން މައިގަނޑު ގޮތެއްގައި "ސިޔާސީ މަގްސަދެއްގައި ޒުވާނުން ބޭނުންކޮށްލީ" އެވެ. ޒުވާނުންނަށްޓަކައި ކަމަށް ބުނެ ކުޅިވަރުގެ އެކި މަޝްރޫއު ހިންގީ "ކަން ނުވެ ނަން ވާން" ބޭނުންވާ މީހާ ކަން ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާރަށުގައި އެބަ އޮތް ސްޕޯޓްސް އެރީނާއެއް އަޅައިފައި. އޮންނަނީ ބަށި ކޯޓެއް، ބާސްކެޓް ކޯޓެއް، ނެޓުބޯޅަ ކޯޓެއް. ދެން ހުންނަނީ ދާ ޖަހައިފައި. އެއްވެސް ކަމަކަށްވާ ގޮތަށް ކޮށްފައި ހުރި ކަންކަމެއް ނޫން. އެތަން އޮތީ އެއްކޮށް ވާވެފައި. ބާސްކެޓް ކޯޓު ނުވެސް ފެނޭ. ވޮލީ ކޯޓުގެ ނެޓާ އެއްޗެހި ފީވެގެން ވެއްޓިފައި،" ނުރުހުންތެރިކަމާ އެކު މަހްލޫފް ވިދާޅުވި އެވެ.

"ކޮރަޕްޝަން، ކޮރަޕްޝަން"

ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން ނިމެނީ އެމްއެމްޕީއާރްސީއާ ހަމައިން ނޫން ކަމަށް އޭނާގެ ވާހަކައިން އެނގުނެވެ. ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން "އެތައް މިލިއަން ރުފިޔާއެއް"ގެ ކޮރަޕްޝަން އެކި ގޮތް ގޮތުން ހިންގާފައިވާ ހުރި ކަމަށް މަހްލޫފް ތުހުމަތުކުރައްވަ އެވެ.

"މަސައްކަތްތައް ހަވާލުކުރިއިރު ވެސް ހުރީ ސިޔާސީ ގޮތުން އެކަން ކޮށްފައި. ސިޔާސީ ގޮތުން ގުޅުން ހުރި ފަރާތްތަކާ މަސައްކަތްތައް ހަވާލުކޮށްފައި ހުރީ،" މަހްލޫފް ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ގަބޫލުކުރައްވާ ގޮތުގައި މަޝްރޫއެއް ހިންގަނީ ހަމައެކަނި ކޮރަޕްޝަންގެ އަމަލެއްގެ ބޭނުމުގަ އެވެ.

"އެއްބައި ރަށްރަށުގައި އެބަހުރި ހަތް ލައްކަ ރުފިޔާއަށް ބަށި ކޯޓު އަޅަައިފައި. އެކަމަކު އެ ރަށަކު ބައްޓެއް ނުކުޅޭ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނުހުއްޓުވުމުން ފުޓުބޯޅަ އިދާރާ އެފްއޭއެމުން ވެސް ވަރަށް ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ކަމަށް މަހްލޫގް ތުހުމަތުކުރެއްވި އެވެ. އެ ކޮރަޕްޝަން ހިންގަން އެފްއޭއެމުން އޮތީ އެމީހުން ކުރާ އެއްވެސް ކަމަކާ ސަރުކާރާ ނުބެހެވޭނެކަން ހީލަތްތެރި ގޮތަކަށް ގަބޫލުކުރުވާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުޅުމާލޭގައި އަޅާ ފުޓުބޯޅަ އެކަޑަމީ ފުރަތަމަ 26 މިލިއަން ރުފިޔާއަށް ނިންމާފައި އޮތް އެއްޗެއް ފަހުން 36 މިލިއަނަށް ބަދަލުވީ. އެވޯޑް ނައިޓަށް ގެނައީ ޝޫމައިކަލް އާއި ސަލްގާޑޯއާ. އެކަމަށް ވެސް އެއް ލައްކަ ޑޮލަރާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްފައި އޮތީ. އަޅުގަނޑު ލޮލުން [ދުށިން] ރީތިރަށް ތަންތަނުން ފޮނުވާފައި ހުރި އީމެއިލްތައް އެ ފައިސާ ނުދައްކައިގެން،" މަހްލޫފް ވިދާޅުވި އެވެ.

"ހުސްނުއްސުއޫދު ބުނެފައި އޮތް ވާހަކައަކީ ހަމަ ހަގީގީ ވާހަކައެއް. އެކަންކަން އެހެން ހިނގާފައި ހުރި ކަމީ މިކަންތައް މިހާ ހިސާބަށް ދިއުމުގެ ސަބަބެއް އަސްލު. އެކަން ނިމުމަކަށް އަންނަން ޖެހޭ. ކޯޓުތަކަކީ ގޭންގުތަކުން ހިންގާ ގޯސް ކަންކަން ކޮށްފައި ސަލާމަތްވާން އޮތް ތަނަކަށް ވެއްޖެ ނަމަ ދުވަހަކު ވެސް މިކަމެއް ނުނިމޭނެ"

"ރަނގަޅު ކުރެވޭނެ، ބޭނުމީ ވަގުތުކޮޅެއް"

ހިދުމަތް ކުރުމަށް އޭނާ ހަވާލުވެވަޑައިގެންނެވި ދާއިރާ "ހަލާކުވެފައި" އޮތް ނަމަވެސް ކަންތައްތައް އިސްލާހު ކުރެވިދާނެ ކަމަށް މަހްލޫފް ގަބޫލުކުރައްވަ އެވެ. އެކަމަކު އިސްލާހު ކުރެވޭނީ ކެތްތެރިކަމާ އެކު ހައްލު ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

"ތެޅިގަނެގެން އެއްވެސް ކަމެއް ނުވާނެ. ވަގުތު ދީގެން، ބައްދަލުވުންތައް ބާއްވައިގެން، މަޝްވަރާ ކުރެވިގެން ކުރެވޭނެ ކަންތައް ބައިވަރު އެބަހުރި. ގެންނަ ކުޑަކުޑަ އެޖަސްޓްމަންޓަކުން ވެސް މިލިއަނުން ރުފިޔާ ސަލާމަތް ކުރެވިދާނެ ޕްރޮޖެކްޓަކުން،" މަހުލޫފް ވިދާޅުވި އެވެ.

ޕްރޮޖެކްޓުތައް އެންމެ ރަނގަޅަށް އަދި އެންމެ އަގު ކުޑަކޮށް ކުރުމަކީ އޭނާގެ ވިސްނުމެވެ. އަދި ނުކޮށް ދޫކޮށްލެވެން ހުރި ހަރަދުތައް ވެސް ބަލައި ހޭދަވާ ފައިސާ މަދުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް އިމާރާތެއް އަލަށް އެޅުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން. ހުރިހާ ތަނެއް ވެސް މަރާމާތު ކުރާނީ. އަދި ދަނޑުތައް އަޅާއިރު ވެސް އެބަހުރި މިލިއަނުން އަގުހެޔޮ ކުރެވޭނެ ބައިވަރު ގޮތްގޮތް. ޔޫތު ސެންޓަރުތަކާ ތަންތަން މަރާމާތުކޮށް ސަލާމަތް ކުރުމުގެ މަސައްކަތް ކުރުން ވިސްނުމަކީ،" މި ވަގުތަށް މިނިސްޓްރީގައި އޮތް ޕްލޭން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

"ޒުވާނުން ގޭންގުތަކާ ދުރުކުރުން ވަރަށް މުހިންމު"

އޭނާގެ މިނިސްޓަރުކަމުގެ ދަށުން މަހްލޫފް އެންމެ ކުރަން ބޭނުންވާ އެއް ކަމަކީ ޒުވާނުންނަށް ފުރިހަމަ ހިދުމަތެއް ކޮށްދިނުމެވެ. އޭގެ ތެރެއިން ވަކި ބަޔަކު އިސްތިސްނާއެއް ނުކުރައްވަ އެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިވީ ދެ މަސް ދުވަހުގެ ތެރޭގައި މަހްލޫފަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މާލޭގައި ކުށްކުރާ ކަމުގެ ތުހުމަތު އެޅިފައިވާ ގްރޫޕުތަކާ ވާހަކަ ދައްކަވާނެކަން އިއުލާން ކުރެއްވުމުންނެވެ. އެއްބަޔަކު ބުނީ މީހުން މެރުމާއި މާރާމާރީ ހިންގާ ގޭންގުތަކާ އެކު ސަރުކާރުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށެވެ. ކުށް ކުރާ މީހާ ހިފައި އޭނާ އަށް އަދަބު ދިނުމުން ސަރުކާރުގެ ވާޖިބު އަދާވީ ކަމަށް ބައެއް މީހުން ބުނެ އެވެ.

އެކަމަކު މަހްލޫފް އަދިވެސް ގަބޫލުކުރައްވަނީ ގޭންގުތަކުގެ މީހުންނާ ވާހަކަ ދެއްކުމަކީ ބޮޑު މަންޒަރުން ފެންނަ މައްސަލަ ހައްލު ކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން ގޭންގުތަކާ އެކު ވާހަކަ ދައްކަވަން އޭނާ ނިންމެވި ނިންމެވުން ބަދަލުކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވަ އެވެ.

"އެމެރިކާ ވެސް އަދި އަޅުގަނޑުމެން ބައްދަލުކުރި އެހެން ގައުމުތަކުން ވެސް ގަބޫލުކުރޭ އެ ވިސްނުން. ފުރަތަމަ ޖެހެނީ ވާހަކަ ދައްކަން. ބައެއް މީހުންނަށް ހީވަނީ ވަޅިޖަހައި އުޅެނީ އެންމެ އަށް މީހުންނޭ، އެމީހުން ޖަލަށް ގެންދިޔައިމަ ނިމުނީއޭ. އެކަމަކު އެއަށް ވުރެ މައްސަލަ މާ ސީރިއަސް ހަގީގަތުގައި،" މަހްލޫފް ކިޔައިދެއްވި އެވެ.

މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅި ޖަހާފައި: ގޭންގުތަކުގެ މެންބަރުން ސަލާމަތް ކުރަން މަހްލޫފް ބޭނުންވޭ -- މިހާރު ފައިލް ފޮޓޯ

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގޭންގުތަކުގައި ހަރަކާތްތެރިވާ ޒުވާނުންނަކީ މުޖްތަމައުއަށް އަނބުރާ ނެރެވޭނެ ބައެކެވެ. އާންމު މުޖުތަމައުން އެމީހުން ބަލައިގަތުމަށް އެދޭ ޒުވާނުން ވެސް އޭގެ ތެރޭގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ބޭނުން އެމީހުން ގޭންގުތަކުން ސަލާމަތްވާން،" މަހްލޫފް ވިދާޅުވި އެވެ.

އެކަމަކު އަނެއްކޮޅުން ގޭންގުތަކުން ހިންގާ ޖަރީމާތަކުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވެސް މަހްލޫފް ގަބޫލުކުރައްވަ އެވެ. އެގޮތުން އާންމު މީހެއްގެ ވިސްނުން ނުގެންދެވޭހާ ނުރައްކާ ދަރަޖައަކަށް ގޭންގުތަކުގެ މައްސަލަ ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"ފުލުސް އިންޓެލިޖެންސުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ މީހުންނަށް ބްރީފް ކުރިއިރު އަޅުގަނޑު ހުރިން. ވަރަށް ސީރިއަސް ކަމެއްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެމީހުންނާ ވާހަކަ ދެއްކުމޭ މި ބުނަނީ ދައުލަތުގެ ދިދަ ފަހަތުގައި ޖަހައިގެން އެމީހުންނާ އެކީ ޕީސް ޓޯކަކަށް ދާ ވާހަކައެއް ނޫން. އަޅުގަނޑުމެން ދަންނަ މީހުން ވެސް އޭގެ ތެރޭގައި އެބަ ތިބި. އެއިން މީހެއްގެ ދަށުވެފައެއް ނޯންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

ގޭންގު ކުށްތައް ހުއްޓުވައި ކުށުގެ މާހައުލުން ޒުވާނުން ސަލާމަތް ކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން ކޯޓުތައް ވެސް އިސްލާހު ކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

"ހުސްނުއްސުއޫދު ބުނެފައި އޮތް ވާހަކައަކީ ހަމަ ހަގީގީ ވާހަކައެއް. އެކަންކަން އެހެން ހިނގާފައި ހުރި ކަމީ މިކަންތައް މިހާ ހިސާބަށް ދިއުމުގެ ސަބަބެއް އަސްލު،" ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ސުއޫދު ދެއްކެވި ވާހަކައަށް ބާރު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ.

"އެކަން ނިމުމަކަށް އަންނަން ޖެހޭ. ކޯޓުތަކަކީ ގޭންގުތަކުން ހިންގާ ގޯސް ކަންކަން ކޮށްފައި ސަލާމަތްވާން އޮތް ތަނަކަށް ވެއްޖެ ނަމަ ދުވަހަކު ވެސް މިކަމެއް ނުނިމޭނެ."

އެހެންކަމުން ޔޫތު މިނިސްޓަރުގެ ގޮނޑީގައި އިންނެވުމަކީ، މީގެ 18 އަހަރު ކުރިން، އޭރުގެ ޔޫތު މިނިސްޓްރީ އުފުލި ޒިންމާއަށް ވުރެ މާ ބޮޑު ޒިންމާއެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި އެކަމަށް މަހުލޫފް ހުންނެވީ ތައްޔާރުވެގެންނެވެ.

16 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީލޯޑޭ

08 February 2019

"ޒުވާނުން ގޭންގުތަކާ ދުރުކުރުން ވަރަށް މުހިންމު" ސިނަމާލެ ފްލެޓް ތެރޭ އޮލަ ކައިފަ "އެ ވިއްކަން" އެތިބީ ވެރިމީހާގެ ގްރޫޕްގަނޑު. ޒިންމާ ކިތަންމެހާވެސް ބުރަ ވާނެތާ. އެކަމަކު ހަމަ ވަރަށް ޔަގީންކަމާއެކު އެމީހުން "އެ ވިޔަފާރި" އެ ހިންގަނީ ރޯމާ ދުވާލު. ސަޅިއެއް ނޫންތަ؟

The name is already taken The name is available. Register?

ކޮބާ

07 February 2019

މިހާރު ކުޅިވަރު ކޯޓުތައް އަޅައިދިން މީހާ މި ގޯސްވީ.

The name is already taken The name is available. Register?

ޑަންޑަނާ

07 February 2019

ފުޓްސެލް ދަނޑުތައް އަޅަން އޭރު އުޅުނު މިނިސްޓަރ މިހާރު ހުރީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގައި. ދެން ބާރަށް އަތްޖަހާ.

The name is already taken The name is available. Register?

ހައއހައއ

07 February 2019

ދަސްކުރާ ބޯޑު ޖަހައިގެން އުޅުއްވާ މިނިސްޓަރެއް!!! މޮޅުވާހަކަ އެބަދައްކާ!! ކުރެވޭ ކަމެއް ނުފެނޭ!!! ޕިސްޕިސް

The name is already taken The name is available. Register?

ލޭޒީ

07 February 2019

މިއަދު މިގައުމުގެ ޒުވާނުންނަށް ، އެމީހުންގެ ދިރިއުޅުން އާރާތުކޮށް އާމްދަނީ ހޯދުމަށް ކުރަންޖެހިފައިވާ ކަމަކީ ބޯޅުކުޅުމާއި ގޭންގްތަކުގެ ވާހަކަތޯ؟! ޔޫތުމިނިސްޓްރީގެ ބޭނުމަކަށް ވާން އެބަޖެހޭ ޒުވާނުން މަސައްކަތުގެ އެކި ދާއިރާތަކަށް ޓުރޭނިންކޮށް މަސައްކަތުގެ މާހައުލަށާއި ވިޔަފާރި ތެރެއަށް ނެރެދިނުމަށް އެކިއެކި ޕޮރޮގުރާމްތައް ހިންގާ އެހީތެރިކަން ފޯރުކޮށްދޭ މިނިސްޓުރީއަކަށް.

The name is already taken The name is available. Register?

ފަތަންއޭ

07 February 2019

ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު ނަމަވެސް މަޚްލޫފު އަށް ކުރެވިދާނެ ބުރަ ކޮށް މަސައްކަތް އެކަަމަކު ނަތީޖާ ނުނެރެވޭނެއޭ މިހާރުވެސް ރައީސް އިބޫގެ ވެރިކަމަށް މިވީ 3 މަސް ދުވަސް ތެރޭގައި މިނިސްޓްރީ ތަކުން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއ މަތީ ފަންތީގެ ވަޒީފާ ހޯދާ ދޭން ތައްޔާރު ކޮށްފައި ފޮނުވި ކަރުދާސް ތައް ހުރީ ދޯ ބަހައްޓާފައި ޕޮލިސީ ސެކްރެޓަރީ މެން އުޅެނީ ...

The name is already taken The name is available. Register?

ނާއިވާދަކުރަން

07 February 2019

ރައީސް އޮފީސް ޕޮލިސީ ޑިޕާރޓްމެންޓް އިން ދުވާލަކު 18 ގަޑިިއިރު އެމެން ރައީސް އޮފީސް ތެރޭގައި ތިބެގެން އަތުން ފައިން މަސައްކަތް ކޮށްގެން ނަތީޖާ ނެރެދޭން އުޅެފިނަމަ ރާއްޖޭގެ ޒުވާނުންގެ ކަންކަން ރަނގަޅުވާނެއޭ އެގޮތުން ރާއްޖޭގެ ސްކޫލް ތައް ކޮންމެ އަހަރަކު ނިމޭ 11 ހާސް ކުދިންނަށް ބޭނުންވަނީ ފުރަތަމަ ވެސް އެމެންނަށް ވަޒީފާގެ ޔަގީން ކަން ލިބުމޭ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތަކަށް ދިވެހިން ނުޖެހޭނެއޭ ބޭރުމީހުން

The name is already taken The name is available. Register?

މަގްސަދަކީ

07 February 2019

ޔޫތު މިނިސްޓަރު މަޚްލޫފު ބުނަނީ އޭނާގެ ޒިންމާ އަކީ ބޮޑު ޒިންމާ އެކޭ ދެން ކޮބާތޭ އިހަށް ދުވަހު ރައީސް އިބޫ ރާއްޖޭން ބޭރަށް ޔޫއޭއީ އަށް ކުރި ދަތުރުގައި އެ ޓީމް އިން ޒުވާނުން ޔޫއޭއީ އަށް ފޮނުވައިގެން ޒުވާނުން ބިނާ ކުރަން ދެއްކި ވާހަކަ އަކީ ނެތް ދޯ އިބޫގެ ސަރުކާރުން ނުކުރޭ އެއްވެސް މަސައްކަތެއް ރާއްޖެ ތަރައްގީ ކުރަން ނޫހުގެ ފަަލަ ސުރުޚީ އަށް އަރުވަނީ ފަސްޓް ލޭޑީގެ ހެދުން ޑިޒައިން ކުރާ ލަންކާ މީހުން ޕްރޮމޯޓް ކުރާ ވާހަކަތަކޭ މީދެން ކޯއްޗެއްތޭ ކޮބާތޭ

The name is already taken The name is available. Register?

ޅިޔަނާ

07 February 2019

މި ދާއިރާއިން އަޅުގަނޑުގެ ސީވީ ވަރަށް ރަނގަޅު ވާނެ.. މާ ފޮނި ބޮޑު. ޚ ަ ކަން ކޮށްފަ ދެއްކީމަ އޯކޭވާނެ

The name is already taken The name is available. Register?

ނުވާނެއޭ

07 February 2019

ދިވެހިރާއްޖެ ތަރައްގީ ނުވާނެ މިނިސްޓަރުން ބުނާ ގޮތަށް ރާއްޖެ ތަރައްގީ ވާނީ މާލޭގެ ސެންޓަރ ޕޮއިންޓް އިން ފެށިގެން 100 ކިލޯ މީޓަރު ރޭޑިއަސް ގައި ހުރި ފަޅު ތަކާއި ގިރި ތައް ހިއްކާލާ އެތަން ތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާލާ އެތަންތަނަށް ރާއްޖޭގެ އާބާދީގައި 50 ހާހަށް ވުރެން ދަށް އަދަދުން މީހުން ދިރިއުޅޭ ނަމަ އެހުރިހާ ރަށް ރަށުގެ މީހުންމާލެ ސަރަހައްދަށް ބަދަލު ކޮށް އެންމެންނަށް ގޯތި ދީގެންނޭ އެނޫން ގޮތަށް ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑު ނެހެދޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454