ސުއޫދު: ފަނޑިޔާރުގެ ރުހުން ނެތި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
07 ފެބުރުއަރީ 2019 - 11:52
ފަނޑިޔާރުންގެ ރުހުން ނެތި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު އެގޮތަށް ވިދާޅުވީ ތިން ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމުމުންނެވެ.
އެކަމާ ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ތައުދީބީ ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ގޮތަކަށް، ފަނޑިޔާރެއްގެ ރުހުން ނެތި އެހެން ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާ ޚިލާފް އަދި ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.
Thaudheebee fiyavalhegge gothugai noongothakah, eynaage ruhun nethi, fandiyaaraku eh court in aneh court ah badhalukurumakee fandiyaarunge musthagillukamaa khilaafu ghairu dhusthooree amaleh. https://t.co/6sao7v0Xlo
— Husnu Al Suood (@hsuood) February 6, 2019
ސުއޫދުގެ ޓްވީޓް
ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ބިނާކޮށް ޖޭއެސްސީން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރުމުން ހާމަވީ ޖޭއެސްސީއާ ގާނޫނު އަސާސީން ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޮމިޝަން ފެއިލްވެފައި އޮތް މިންވަރު ކަމަށެވެ.
The Supreme Court proposing the transfer of judges from one court to another is not only judicial overreach gravely undermining @judiciarymv judicial independence, it also emphasises the failure of @MaldivesJSC in its role as the constitutionally-mandated judicial oversight body. https://t.co/NbfKxZ08n1
— Maumoon Hameed (@maanhameed) February 6, 2019
މައުމޫން ހަމީދުގެ ކުރެއްވި ޓްވީޓް
ޖޭއެސްސީން އިއްޔެ ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް، ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓަށް ބަދަލުކުރާށެވެ. އޭގެ ކުރިން ވެސް އެކި ފަނޑިޔާރުން އެކި ކޯޓުތަކަށް ބަދަލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާލާ
09 February 2019
އެއްވެސް މީހަކަށް/ މުއައްސަސާއެއް މާ ބާރުގަދަވީމަ ނާޖާއިޒު ގޮތުގައި އެބާރުތައް ބޭނުންކުރާނެ. އަދި އަނެއް އިންސާނާގެ މައްޗައް ބާރު ފޯރުވަން އުޅޭނެ. އެހެންވެގެން އެންވެސް އިންސާނަކު/މުއައްސަސާ އެއް އަނެކާއަށް ވުރެ ބާރުގަދަ ނުކުރަންވީ. އެހެންވެގެން އެންމެން/ހުރިހާ މުއައްސަސާތައް އެއްވަރަކަށް ބާރުގަދަ ކުރަންވީ. ޑީސެންޓްރަލައިޒޭޝަން ގެ ބޭނުމަކީ ބާރުތައް އެކި މީހުންނަށް ބަހާލުން. އޭރުން އެއްވެސް މީހަކަށް އަނެކާ ކޮންޓްރޯލެ ނުކުރެވޭނެ.
މިސްރުގެ އަޒީޒު
07 February 2019
ތިޔައީ މިހުރިހާ ދުވަހުވެސް ކަން ކުރިގޮތް. ނުބައިކޮށް ކަންކަން ހިންގައިގެން އައްޔަންކޮށްފައި ތިބި މީހުން ވަކި ކުރަންޖެހޭނީވެސް އެމީހުން ގެނައި ގޮތަށް.
ސަރުދާރު
07 February 2019
މި ގައުމުގަ ކަލޭމެން 2 މީހުނާ ދިވެހި އާމާލްއަށް އެކަނި މި ގައުމުގަ ގާނުނު އެގޭނީ
ފަންޑިންޔާރުން
07 February 2019
ތީ ސުޕްރީމް ކޯޓު ފަނޑިޔާރެއްތަ ފޭކު ނަމެއްގަ ކޮމެންޓުކުރަނީ ތި؟ ހާދަ ހީވެޔޭ.
ގުޑުގުޑާ
07 February 2019
ވެރިކަމައްއައުމުގެކުރިއް ހަތަރެސްފާކޯޓުތެރައްބާނައިގެން ވެރިކަމައްއައީ މާދެއްވާނީކިހިނެއް މިހާރު ތިޔަފެއްނަނީބޮޑުމައްޒަރު
ފޫހި
07 February 2019
އެކަން ކުރީ ސަރިކާރަކުންނޫން. އަދިވެސް ފަޑޮޔާރުންތިބީ ޔާމީން މުށުތެރޭގަ.
މަރޭމިތުރު
07 February 2019
ބަދަލުކުރާގޮތް ފަނޑިޔާރުން ކަމަކުނުދޭ! ބަދަލުކުރުން ރުހުމެތްނެތި ކަމަކުނުދޭ!.......................................... ހަމަ ބޭނުންވާ ކޮންމެވަގުތަކު އެވެނި މިވެނިތަނަކަށް ދާށޭބުނެ ކުރާ ބަދަލާއި އަޅުގަނޑުވެސް ދެކޮޅު.
ޅިޔަނާ
07 February 2019
ފާއިޒު އަކީ ޔާމީނުގެ އެއް އަތް
އާދިލު
09 February 2019
ތީ ހަމަ ތެދެއް. ފާއިޒުގެ އަންހެނުން ނައިވީނު ސީ.އެޗް.އެސް.އީގެ އިކޮނޮމިކްސް ޓީޗަރަކަށް ހުއްޓައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަން ދިނީވެސް ޔާމީނު. އެއްވެސް ޤާބިލުކަމެއްނެތް، އިންސާނީ ޙައްޤަކީ ކޮަބާކަމެއްވެސް ނޭނގޭ، ހިންގުމުގެ ދާއިރާގަ ތަޖުރިބާއެއްނެތް، އޮފީހަށްވެސް ގިނަފަހަރު ނުދެވޭ މީހެއް ނައިވީނަކީ.
ޑރ.ނަޒުނާ އަހުމަދު/ ހިތަދޫ/ ޔޫކޭ
07 February 2019
ސަލާމަތް ކޮށްދީފައިވާ 3 މީހުނާއި އެއިރަކަށް ބޭނުންވި އެއްމެ ބޮޑުކަންތައް ކޮށްދިން 2 މީހުން، މުޅި މުއައްސަސާ ފުލް އޯވަރހައުލް ނުކޮށެއް ކުޅަދާނެ ކަމެއްނޫން ޑިކުޓޭޓަރ އާއި ބޮޑެތި ތުހުމަތު އޮތް އެތަކެއް ކުރިޓިކަލް މައްސަލަތައް ފެންމަތިވެ ޕުރޮސިކިއުޓު ކުރުމާއި ގާތްވަމުން އަންނައިރު މިއަންނަ ބަދަލުތަކުން މައްސަލާގައި ނިންމުންތައް ނިމިގެންދާނެގޮތް ވަރައްސާފުއެބަވޭ. މިކަމުގައި ރައީސު ތަންކޮޅެއް ކައިރިން މިޖަހަމުންގެންދާ މަޅިތަކަށް ބަލައި ފިޔަވަޅުއެޅުންމ
ޖެކް
07 February 2019
މިހާރުވެސް ޖޭ.އެސް.ސީގެ ބާރުއޮތީ ޔާމީން އަތުގަބާ؟؟؟؟
ހިޝާ
07 February 2019
ރައީސް ޔާމީން ޖެއްސެވި ސަކަރާތް މި ސަރުކާރުން ނުޖައްސަވާނެ ކަމަށް އުއްމީދުކުރަން.