ލޯކަލް ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބައެއް ކައުންސިލަރުންނާ އެކު.---ފޮޓޯ: ރައީސް އޮފީސް
10 ފެބުރުއަރީ 2019 - 14:43
މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ މަރުކަޒީ ވިސްނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރި ގޮތާއި ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަން ޖެހިފައިވާކަން ދެބަސްވުމެއް ނެތި ގަބޫލުކުރެވޭނެ ކަމަށެވެ.
އެހެންނޫނީ 2050 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓު އުޅޭނީ މާލޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ކުރެވޭނެ ކަމެއް ނޫން އަދި ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން. ހަމައެފަދައިން އިޖުތިމާއީ އެތައް މައްސަލަތަކެއް ވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ދުވެލި މަތިވަމުން އައި ނަމަވެސް ތަރައްގީގެ ދުވެލި ބަރުވެގެން އުޅެނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ނުކެރިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ކުރުމަކީ ކައުންސިލްތައް އުފައްދައި ކައުންސިލަރުންތަކެއް އިންތިޚާބުކުރުން އެކަނި ނޫން ކަމަށާއި އެ ކައުންސިލްތަކަށް އިދާރީ އަދި މާލީ ބާރުވެރިކަން ދޭންޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ސަބަބުތަކާ ހުރެ އެތައް ކައުންސިލަރުންނެއް ސަސްޕެންޑުކޮށް ފިޔަވަޅު އަޅާފައި ވެ އެވެ. އެމީހުންގެ ސަސްޕެންޝަން އުވާލައި އަދި މުސާރަ ހިފެހެއްޓި ކައުންސިލަރުންގެ މުސާރަ އިޔާދަ ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ނިންމާފައި ވެ އެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ވެސް ނަގާފައި ވެ އެވެ. ނަމަވެސް ރައީސް ވަނީ ސިޓީ ކައުންސިލްތަކަށް އަލުން ބައެއް ބާރުތައް ދެއްވައިފަ އެވެ.
ލާމަރުކަޒީކޮށް ހިންގުމަށް ވަކާލާތުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކައުންސިލްތަކަށް ބާރުދޭން ސަރުކާރު ތައްޔާރުކަމަށެވެ. ލާމަރުކަޒީ ރާއްޖެއެއް ބިނާކޮށް ޖަޒީރާ ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދެވޭނީ ކައުންސިލްތައް ބާރުވެރިކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާ
20 March 2019
ނުކުޅަދާނަވަރަށް މާލޭގައި މިސަރުކާރުން ފްލެޓްއެޅުމުން ތޮއްޖެހުން ހުއްޓުވިދާނެއެވެ.
ެެައެޑަމް
11 February 2019
އެންމެފުރަތަމަ ކުޑަސިޓީކަޑާލާފަމާލެއަށްމީހުންއެރުވީ ވޯޓުލައްވާކައްނޫން އެމްޖީބީއެސްއާއި ކުރެސެންޓް ފިިހާރަތައް ހުޅުވައިގެން ވިޔަފާރިކުރާނެމީހުންމާލޭގަމަދުވެގެން އެއިރުއަޅުގަޑުމަސައްކަތްކުރަނީއެކަމާބެހޭއޮފީހުގަ
ވަޓް އޮތޯރިޓީ
11 February 2019
ލޯކަލް ގަވަރަމެންޓް އޮތޯރިީ އަކީ އުވާލަން ޖެހޭ ތަނެކެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ބައެއްގެ މައްޗަށް ފިޔަވަޅު އަޅާ އަމުރު ކުރަން އެޕޮއިންޓް ކުރާ ބަޔަކު ތިބުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެ އޮތޯރިޓީ އޮވެގެން ނުވާނެއެވެ. ކައުންސިތައް ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީސް އެބައޮތެވެ. އަދި ކޮރަޕްޝަން ފަދަ ކަންކަން ބަލާނެ މުއައްސަސާތަކާއި ކޯޓް ތައްވެސް އެބަހުއްޓެވެ.
ނަން
11 February 2019
ވެރިކަމުގައި މިޙަރުތިބީކޮންބައެއް ...ކިީއްވެ ބައެއްބަާރުއްދިނީ އަނެއްބައި ނުދީ .....ވާހަކަ ގިނަކުކޮށް ކަންކަން ކުރަން ބޭނުންނަމަ ކޮށްބަލަ .......ވިސްނުްނބަދިލުކޮށްދޭކަށް އިތުރުނައެއްނާންނާނެ .....
ސައީދުތުރީ
11 February 2019
މަންޑޭލާ ވިދާޅުވާހެން ވެރިކަމަކީދެވިހިފާ ދަހިވެތިކަމެއް އެހެންވީމާ މާލެއަށް މީހުން ތޮއްޖެއްސީ ކުޑަސިޓީކަނޑާލާފައި ވޯޓްލަށްވާނެ ބަޔަކު މާލެއެރުވީ މާލެތަރަށްގީކުރީ ސަރުކާރަކުންނޫން އެންމެ ފުރަތަމަ މާލޭގައި ނަރުދަމާއެއް އެޅީވެސް އަމިއްލަ ފަރުދުންތަކެށް މިހިރަބިލްޑިންގް ތައްއަޅާފައި އެހެރީ ވިޔަފާރިވެރިންނާއި ބެންކުންލޯނުނަގައިގެން ބޭރުއެހީއެްގެދަށުން ނަރުދަމާ އެޅީމާފަހުން ޖަޕާނުގައި 2 ޓޯކިޔޯއޮވޭތަ ކޮންމެ ގައުމެއްގަވެސް ވެރިރަށް ތަފާތުވާނެ ދުނިޔެއަށ
މާއެގޭ
11 February 2019
ސައީދުތުރީ ކަލޭހާދަ މޮޅޭ. ދުނިޔޭގެ ކިތައް ޤައުމަށް ކިތައް ވެރިރަށަށް އަދި ކިތައް ޤައުމުގެ ކިތައް ސިޓީއަށް ކަލޭ ދިޔައީ؟ ގިރާވަރު މީހުނަށް އަތުން ފައިން މަސައްކަތެއް ނުކޮށް ލިބޭ ކުލި ހުއްޓިދާނެތީ ތަނެއްދޮރެއް ނޭގުނަސް ތިގޮތަށް ވާހަކަ ދެއްކެނީ. ކަލޭމެން ސައިޒް ކޮށްފަ ނޫނީ އަހަރުމެން ހުއްޓާނުލާނަން.
އަސްތާ
11 February 2019
ދަންނަވަންތޯ ތިޔަ ވާހަކަފުޅު ދައްކަވާއިރު ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލަރުންނަށާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށާއި މި ނިޒާމު ހިންގުމަށް އުފައްދާފައިވާ މިނިވަން މުވައްސަސާތަކުގެ ވެރިންނަށް މަހެއްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަވާ ފައިސާއާއި އެމީސްމީހުންނަށް އެކިއެކި ޚިދުމަތްދިނުމަށް މަހެއްގެ މައްޗަށް ހިނގާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދެއްވާ. އޭރުން ރައްޔިތުންނަށް ލައްކަ އެއްޗެހި އޮޅުންފިލާނެ.
ނޫސްވެރިޔާ
11 February 2019
ސިޓީ ކައުންސިލަގެ ބާރުތަޢް އެކަންޏެއް ނޫން މުސާރަވެސް ކުޑަކުރި. ނޫސް ލިޔާއިރު ލިޔާމީހާ ބޭނުން ގޮތެއް ސާފު މައުލޫމާތެއް ގެނެސްދިނުމުގެ ނިޔަތެއްނެތް
މާރަނގާ - އައްޑޫ ސިޓީ
11 February 2019
މަރުކަޒީވިސްނުން ނުވަތަ “އެއްރަށް ދައުލަތް” ސިޔާސަތުގެސަބަބުން މިދައުލަތްނެތިހިގައިދާނެމިންވަރަށް ސަރުކާރާއިރައްޔިތުންގެތެރޭގައި ރޭސިޒަމްގެ ފިކުރާއިވިސްނުންފުޅާވެ އެގޮތަށް އަމަލުކުރަމުންދާއިރުވެސް “ނޭގުމެއްގެ ތެރޭގައި” ތިބުމުގެބަދަލުގައި މިދައުލަތާއި ޤައުމު “އެއްދައުލަތެއްގެގޮތުގައި ބާއްވަންއެދޭނަމަ” ލާމަރުކަޒީބާރުތައް ސަރަހައްދުތަކަށްދީގެން ރައްޔިތުންނަށް މިނިވަންކަމުގެ އިހްސާސާއި އުފާވެރިކަން ގެނެސްދޭންޖެހޭ. މިކަންނުކޮށްފިނަމަ ނަތީޖާ ގޯސްވާނެ.
އާސީނުތަށި
10 February 2019
ހިތްވަރު ހުރިއްޔާ ރައްޔިތުންގެ މަޖިލިސް ކޮންމެވެސް އެހެން ރަށަކަށް ބަދަލުކޮށްލަބަލަ. އެމީހުންގެ މަސައްކަތް ކޮންމެ ރަށަކު ތިއްބަސް ކުރެވެންވާނެ އެއްނު. އިންތިހާބުކުރަނީ މާލޭބަޔަކު އެކަންޏެއް ނޫނެއްނު؟ މެމްބަރުންނާ މެމްބަރުންގެ އާއިލާ ހިޖުރަކުރުމުން ވެސް އެމީހުންނަށް ހިދުމަތްދިނުމަށް އާ ކަންކަން އުފެދިގެންދާނެ.
ކޮށިފެހި
10 February 2019
ކީއްވެހޭ ރާއްޖޭގެ އެހެން ސަރަހައްދުގައި ހުރި އިންޓަރނެޝިނަލް އެއަރޕޯޓްތަކާއި ،ސީޕޯޓްތަށް އޮޕަރޭޓް ވިޔަނުދީ ހަމައެކަނި މާލެ އެއަރޕޯޓާއި މާލޭ ސީޕޯޓް އަށް ހަރަދުކުރަނީ؟؟ ކީއްވެ ރާއްޖޭގެ އެހެން ސަރަހައްދުގައި ވަޒީފާގެ ފުރުސަތު އިތުރުކުރަން ސަރުކާރުން މަސައްކަތް ނުކުރަނީ؟ ކީއްވެ ރާއްޖޭގެ ހުރިހާރައްޔިތުންގެ އާމްދަނީ މާލޭ ކުއްޔަށްބަދަލުކޮށް ގައުމުންބޭރު ކުރަން އުޅެނީ؟ ކީއްވެ ރާޖޭގެ އެހެންސަރަހަދުތަކުގެ ރައްޔިތުންގެ ދަރިން ދާންވާ ސްކޫލް މާލޭ އަޅަންވީކީ؟
ނަން
11 February 2019
ވަރަށް ރަނގަޅު ވާހަކަ އެއް. ދިވެހިރާއްޖެ ޑީސެންޓްރަލައިޒް ކުރަންޖެހޭ.