ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތި--
10 ފެބުރުއަރީ 2019 - 20:28
ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެވެ.
ކުރިއާ އަކީ ރާއްޖެ އިން ބޭރަށް ތަކެއްޗަށް އޯޑަރު ކޮށްގެން ގެއާ ހަމައަށް މުދާ ގެންނަ ޚިދުމަތެވެ.
ކަސްޓަމްސް އިން ބުނީ މިއަދު ރާއްޖެ އެތެރެ ކުރި ދެ ޕާރުސަލްގެ ތެރެއިން އެއް ޕާރުސަލު ގައި 287 ގްރާމް އަދި އަނެއް ޕާރުސަލު ގައި 288 ގްރާމްގެ ހެރޮއިން ހުރި ކަމަށެވެ.
އެ ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
އެ ތަކެތި ގެނައީ ކޮން ގައުމަކުން ކަމެއް އަދި އެއީ ކޮންބަޔަކު އެތެރެކުރި އެއްޗެއް ކަމެއް ކަމާ ބެހޭ އިދާރާ އަކުން ނުބުނެ އެވެ.
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ދޭތެރެދޭތެރެއިން އަންނަނީ އަތުލައިގަންނަމުންނެވެ. އެންމެ ގިނައިން އެތެރެކުރާ ކަމަށް ބެލެވެނީ ޕާޓީ ޑްރަގްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލިދީ ރަށު މޮޔަ ކަލޯ
11 February 2019
ނަން ހާމަ ކުރެވޭ ވަރަށްވުރެ ވެރިފަރާތުގު ޤަދަރު ބޮޑީ ދެއްތޯ؟ ތިޔަހެން ހަދާތީއޭ ކަމާބެހޭ ފަރާތުގެ އެހީތެރިކަމާ އެކީގައޭ އެމީހުން އެކަން އެކުރަނީ ބުނެވެނީ.
ރާއްޖެ ނެތިދިއުން
11 February 2019
ތުހުމަތެއްނޫން ތީކީ. ފުނުވި ފަރާތުގެ ނަމާއި އެޑްރެހާއި، ގަތް ފަރާތުގެ ނަމާއި އެޑްރެހާއި، ކޭޝްކާޑުގެ ނަންބަރަށް ދާންދެން ސާފުކޮށް ފެންނަން އޮންނާނެ. އެހެންވީމަ ކުށްވެރިޔާގެ ނަން ހާމަ ކުރަން ޖެހޭ ކަމަށް ދެކެން.
ކޫރިއަރ މީހާ#
10 February 2019
ކޮން ކޫރިއަރ ކަމެއް ނެތް ބުނެފަކައެއް. ޑީ.އެޗް.އެލް ތަ؟ ފެޑެކްސްތަ؟ ޕޯސްޓުން ގެންނައިރު ޕޯސްޓުން ގެނައި ވާހަކަ ހާމަ ކުރޭ. މި ފަހަރު ކޫރިއަރ އަކުން ގެނައިމަ ނަން ހާމަ ނުކުރީ ކީއްވެބާ؟؟؟؟
ތިމާވެށި
10 February 2019
ޑްރަގް އެތެރެ ކުރާ މީހުންގެ މައުލޫމާތު ނުބުނަނީ ހިމާޔަތް ކޮށްފަ ހުރީމަ ހެއްޔެވެ؟
ފާރަގެމަ
10 February 2019
މައުލޫމާތު ހާމަ ނުކުރުމަކީ ދެވޭ ހިއްވަރެއް . ޜައްޔިތުން ނަށް މިފަަދަ މީހުން ކިބައިން ސަލާމަތް ވާން އިނގޭނީ އެތެރެކުރާ ފަރާތުގެ މައުލޫމާތު ފޮޓޯ އާ އެކު ޖަހައިގެން
މޯލްޑިވިއަން
10 February 2019
ކަޓަމްސްއިން އަތުލާފައި ޕޮލިހަށް ހަވާލުކުރާ ޑްރަގުސްއަށް ޕޮލިހުން ހަދާގޮތެއް ބަލަން އެބަޖެހެއެވެ.