އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު (ކ) ދަރިވަރަކަށް ސްކޮލާޝިޕް ހަވާލުކުރައްވަނީ -- ފޮޓޯ: އެވިޑް ކޮލެޖު
11 ފެބުރުއަރީ 2019 - 12:30
އެވިޑް ކޮލެޖުގެ ޗެއާމަންގެ ބައްޕާފުޅުގެ ހަނދާނުގައި ދޭ "ނައިބު ރަޝާދު ސްކޮލާޝިޕް" 22 ދަރިވަރަކަށް ހޮނިހިރު ދުވަހުގެ ރޭ ދީފި އެވެ.
މި ސްކޮލާޝިޕް މިފަހަރު ހާއްސަކުރީ އެ ކޮލެޖުގެ ގދ. ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް 4 އާއި ފައުންޑޭޝަން ކޯސް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. އެ ދަރިވަރުންނަށް ލިޔުން ހަވާލުކުރެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.
ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ އެކު އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު
މަރްހޫމް ނައިބް ރަޝާދަކީ ހުވަދު އަތޮޅަށް ތައުލީމީގޮތުން ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ހަނދާން އާކުރުމަށްޓަކައި އެވިޑް ކޮލެޖުން ކޮންމެ އަހަރަކު މި ސްކޮލަޝިޕަށް ހުޅުވާލަ އެވެ. އެ ސްކޮލާޝިޕްގެ ދަށުން މިހާރު ވެސް 30 ދަރިވަރަކު މާލެ ކެމްޕަހުގައި ތައުލީމު ހާސިލްކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުސޮރު
11 February 2019
މުޝްތާޤު ތިކުރައްވާ ޚިދުމަތަށް ހަމަ ސާބަސް. ވަރުގަދަ ލީޑަރެއް. ގިނަމީހުންނަށް ނޭނގިދާނެ. އެކަމަކު އެނގޭ ކޮންމެ މީހަކުމެ ތައުރީފު ކުރާނެ... ބާއްޖަވެރިކަމަށް އެދެން.
ޢަބީރު
11 February 2019
ވަރަށް އުފާވެރި މަންޒަރެއް އެހާމެ އަގުހުރި ޚިދުމަތެއް. ޝުކުރިއްޔާ މުސްތާގް