ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޝަހީބު: ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދާއި ރީ ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދުގައި ހިމެނޭ ކަންކަން ފުރިހަމަ ކުރަން ވަނީ އިލްތިމާސް ކޮށްފައި --ފޮޓޯ/މިހާރު
11 ފެބުރުއަރީ 2019 - 14:07
އަލަށް އަމަލުކުރަން ފެށި ބްރޯޑްކާސްޓިން ގަވާއިދާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބުނާ މައުލޫމާތުތައް ތިން މަސް ތެރޭގައި ފުރިހަމަ ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން މި މަހުގެ ކުރީކޮޅު ވަނީ ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދަކާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދެއް އާންމުކޮށް، އަމަލުކުރަން ފަށައިފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ މި މަހު އަމަލުކުރަން ފެށި ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބައެއް މައުލޫމާތުތައް ތިން މަސް ތެރޭގައި ފުރިހަމަ ކުރަން ލާޒިމް ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ކަންކަން ފުރިހަމަ ކުރަން ހުރިހާ ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށް ސާކިއުލާގައިވެ އެވެ.
ތިން މަސް ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިއްސާދާރުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލިޔުން ހުށަހެޅުމާއި ޖަވާބުދާރީވާނެ ފަރާތުގެ މައުލޫމާތުގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގެ ނުވަތަ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހިއްސާ ބަދަލު ކޮށްފައިވާ ނަމަ، އެ ބަދަލެއްގެ ތަފްސީލު ހުށަހެޅުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
12 February 2019
ތިހުރިހާ ހާސަރުތައް ނުދަމާ މިގައުމުގައި ކޭބިލްޓީވީގެ ޙިދުމަތް ދެވޭނީ މީޑިއާނެޓްއަށް އެކަންޏޭ ބުނެލީމަނިމުނީ އެއެއްނު ތިކުރާކަމަކީ ފުރީޓް އެއަރ ޗެނަލްތަކަކީ އެބަލާނެ ބަޔަކު ބަލަން ދޫކޮށްފަ ހުންނަ ޗެނަލްތައް އެކަމަކު މީޑިއާނެޓުން އެޗެނެލްތަކަށް ރަށްޔަތުން އަތުން ބޮޑުއަގުނަގަމުން އެދަނީ ސައޫދީ ގުރުއާން އަކީ ފުރީޗެނަލް އެއް އެކަމަކު އެޗެނަލް ދަށްކައިގެންވެސް ޖޫރިމަނާ މީހަކުހީހީ ބަތްޔެއްނުވާނެތަ