ސުޕްރީމް ކޯޓު: ތިން ބޭންކަކަށް 699 މިލިއަން ރުފިޔާ ދައްކަން އަތަމާ ކުންފުނީގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި --ފޮޓޯ/މިހާރު
12 ފެބުރުއަރީ 2019 - 18:13
ތިން ބޭންކަކަށް 699 މިލިއަން ރުފިޔާ ދައްކަން އަތަމާ އިންވެސްޓްމަންޓްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗާއި އެސްބީއައި މޮރިޝަސް ބްރާންޗްގެ އިތުރުން ކޮމާޝަލް ބޭންކް އޮފް ސިލޯނަށް، އެކު ޖުމްލަ 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު (699 މިލިއަން ރުފިޔާ) ދައްކަން އަތަމާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުނިން އެ ބޭންކްތަކުން ނަގާފައި ހުރި ލޯނުތަކަށް ފައިސާ ނުދައްކައިގެން ދައުވާ ކުރުމުންނެވެ.
އެ މައްސަލަ އަތަމާ އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2014 ގައި ހައި ކޯޓުން ވެސް ވަނީ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެ މައްސަލަ އަތަމާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ނިންމީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ދަށު ކޯޓުން އަތަމާ ކުންފުންޏާއި އެ ލޯނުތަކަށް ގެރެންޓީ ދިން ފަރާތްތަކުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހަތް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.
އެ ފައިސާ ނުދައްކައިފި ނަމަ، އެ ލޯނުތަކަށް ރަހުނު ކޮށްފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު އައިލެންޑް ރިސޯޓާއި އެތަނުގައި ހުރި މުދާ ވިއްކާލުމުގެ ހުއްދަ އެ ލޯނުތައް ދޫކުރި ބޭންކްތަކަށް އޮންނާނެ ކަމަށް ވެސް ދަށު ކޯޓުން ކަނޑައެޅި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އެސްބީއައިގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހޭ
13 February 2019
ފައިސާޔާ ބާރު ހުރެ އަދި ގައުމުގެ އެންމެ ނަގާކިޔާވަކީލުން މެދުވެރިކޮއް ހިންގާ ސަރީއަތް ނިމެން 5 އަހަރު!!!!. ނިކަމެތިމީހާގެ ހާލުއޮތީ އިހްސާސްކޮއްލުން. މީމިގައުމުގެ ހާލަތު މިއަދުގެ އެކަންޏެއްނޫން މީގެކުރީގަވެސް. އެއްފަރާތުން ފައިސާއޮއްސަންވީ މައްސަލަ ލަސްކުރަން، އަނެއްފަރާތުން ފައިސާއޮއްސާނެ މައްސަލަ އަވަސްކުރަން. ސަދޫމް އެކޭ ކޮބާތަފާތެއް.
އހުމަދު.
12 February 2019
ހިތާމަހުރި ކަމެއް. ކޯޓުތަކުން މައްސަލަތައް ނިންމަވާލެއް އަވަސްކަމުން ދެންހަދާނީ ކިހިނެއް.؟ ފަންޑިޔާރުންގެ އަރިހުގައި މިވާހަކަ ކޮންމެވެސް ބޭ ފުޅަކު ދަންނަވާލަދެއްވުން އެދެން.
ކަތްދައްތަ
12 February 2019
އަތަމާގެ ރިސޯޓުތައް ދެން ޖެހޭނީ ވިއްކާލަން.
ޢިބޫ
12 February 2019
އެސް ބީ އައި މީހުންނަ އެގޭ ޖަމީލް ވަކާލާތު ކުރީމަ ކާމިޔާބު ވާނެކަން.
ތިމާވެށި
12 February 2019
އަތަމާ ތިޔައީ ދިވެހީންނަށް ވ ފަރިތަ ނަމެކެވެ. ހައްޖަށް ގޮސްސަ ހުރި ގިނަ ބަޔަކަށް އެނގޭނެއެވެ.
ތިންމުގޯލި
12 February 2019
2014 ގަ އިއްވި ހައިކޯޓުގެ ހުކުމެއް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ހުކުމް 2019 ގަ؟ ޝަރްޢީ ދާއިރާ އިސްލާހު ކުރަންވީ ބޮޑު ސަބަބެއް.
ހިލަބެ
12 February 2019
ވަރަށްރަނގަޅު އަދިހަމަ އެހެންމެ މީސްމީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑަތިއަދަދުތަކުން ފައިސާނަގައިގެން އުޅޭމީހުން މިހާރުވެސް އެބައުޅޭ ކޮށްމެމީހަކީ ތިޔަފަދަ ލޯފާމުތަކުގެ އެހީހޯދޭނެ ވަރުގެ މީހުނެއްނޫން ވަރަށްއުނދަގޫ އެމީސްމީހުނަށް ތިކަންކުރަން
ޟިތްރަތުލް މުންތަހާ
12 February 2019
އަސްތާ އެއްކަލަ މޮޅު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިވީކިހިނެއް !
ރާއްޖެ
12 February 2019
މައްސަލަ ކާމިޔާބު ކުރީ.
ކަރީމުއްދީން ބާޝާ
12 February 2019
އެސޮރުމެން ތިވަރަށް ލާރިނެރޭނީ ކިހިނެއް؟
ހަކީމް
12 February 2019
ރިބާ ހަރާން ވި ސަބަބު މިހާރު އިނގިއްޖެ ...
މަންސޫރު
12 February 2019
ފުރަތަމަ ލޯނު ނުދެއްކީ ތިޔަހެން ކިޔާފައި. އެކަމަކު ލޯނު ނެގައި އޭގެން ވިޔަފާރިކުރަން ހަމަ އޯކޭ!