ރެއާލުގެ މޮޑްރިޗް އަތުން އަޔަކްސްގެ ޒިޔެޗް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
14 ފެބުރުއަރީ 2019 - 09:08
އަމްސްޓަޑަމް، ނެދަލެންޑްސް (ފެބްރުއަރީ 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ނެދަލެންޑްސްގެ އަޔަކްސް އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އެންމެ ފަހުން ތިން ފަހަރު ތަށި އުފުލާލި ޓީމަށް ރޭގެ މެޗުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. އަޔަކްސް އިން 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި ވާދަކުރާއިރު، ރޭގެ މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑުނެގީ އަޔަކްސް އިންނެވެ. ފުރަތަމަ ހާފުގައި އަޔަކްސްގެ އާޖެންޓީނާ ފުލްބެކް ނިކޮލަސް ޓަގްލިއަފީކޯ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު މެޗުގެ ރެފްރީ ވަނީ އެ ލަނޑު ގަބޫލުނުކުރަން ނިންމައިފަ އެވެ. އެކަމާ މެދު އަޔަކްސް ބެންޗުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފުރަތަމަ ހާފުގައި އަޔަކްސް އަށް ކުޅެމުން އަންނަ ސާބިއާގެ މިޑްފީލްޑަރު ޑޫސަން ޓަޑިޗް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ރެއާލުން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، އެ ޓީމަށް މެޗުގެ 60 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ކަރިމް ބެންޒެމާ އެވެ. އަޔަކްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ވިނީޝިއަސް ޖޫނިއާ ދިން ބޯޅަ ބެންޒެމާ ވަނީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ.
ރެއާލުން ލީޑުނެގުމުން އަޔަކްސް އިން ކުރިއަށް ޖެހިގެން އެޓޭކް ރަނގަޅުކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 75 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް އަޔަކްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. ރެއާލް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މާކޯ އަސެންސިއޯ އެވެ.
ރެއާލުގެ މައްޗަށް އަޔަކްސް އިން އެންމެ ފަހުން ކުރި ހޯދީ މީގެ 24 އަހަރު ކުރިންނެވެ. ރޭގެ މެޗަށް ފަހު އަޔަކްސްގެ ކޯޗު އެރިކް ޓެން ހަގް ބުނީ މި މެޗުގައި ރެއާލުގެ މައްޗަށް ކުރިހޯދޭނެ ވަރަށް ފުރުސަތު ތަނަވަސްކުރި ކަމަށާއި މައްސަލަ އަކަށް ދިމާވީ ލީޑުނަގަން ޖެހި ގޯލު އޮފްސައިޑްވުމުން ކަމަށެވެ.
"އަހަންނަށް ފެނުނު ގޮތުގައި އެ އޮފްސައިޑެއް ނޫން. ދެން ވީއޭއާރްގެ އެހީގައި ރެފްރީ ނިންމުން އެއީ ފަހުގެ ނިންމުން. އެ ނިންމުމުގެ ސަބަބުން ކުޅުންތެރިން ކުޅެމުން އައި ސްޕީޑަށް އަސަރުތަކެއް ކުރި. ހަގީގަތުގައި މިއީ އަހަރެމެން ބަލިވާން ޖެހޭ މެޗެއް ނޫން،" އެރިކް ބުންޏެވެ.
ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ރެފްރީގެ ނިންމުންތަކާ މެދު ފާޑުކިޔުމަކީ ފުޓްބޯޅައިގައި އޭނާ ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ.
ޑޯޓްމަންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ރޭ ކުޅުނު އަނެއް މެޗުން ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމަންޓްގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ތިން ގޯލު ވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެ ވަަނަ ހާފުގަ އެވެ. މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޑެލެ އަލީ އާއި ހެރީ ކޭން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރިއިރު، ރޭގެ މެޗުގައި ޓޮޓެންހަމްގެ އެޓޭކް ފެނުނީ ކުރިން މެޗުތަކާ ހިލާފަށް ވަރުގަދަ ކޮށެވެ.
މި މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ ސޮން ހެއުން މިން އާއި ޔެން ވާޓޮންގެން އަދި ފެނާންޑޯ ލޮރެންޓޭ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ ސޮން ޓޮޓެންހަމަށް ލީޑުނަގައިދިންއިރު، އެ ޓީމުން އަނެއް ދެ ގޯލު ޖެހީ ފަހު ދިހަ މިނިޓް ތެރޭގަ އެވެ.
ޓޮޓެންހަމްގެ ކޯޗު މަައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުން ތިން ގޯލުގެ ތަފާތުން މޮޅުވި ކަމުގައި ވިޔަސް އަދި އަނެއް ބުރު ޔަގީންކުރުމަކީ ހެދޭނެ ގޯހެއް ކަމަށާއި ޑޯޓްމަންޑް ދަނޑުގައި ކުޅޭ މެޗުތަކުގައި އެ ޓީމުން އާދަޔާހިލާފު ހިތްވަރެއް ނެރެގެން ކުޅޭ ކަމަށެވެ.
މިއީ ޖަރުމަނުގެ ޓީމެއް އަތުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި އަމިއްލަ ދަނޑުގައި އިނގިރޭސި ޓީމެއް 2011 ވަނަ އަހަރަށް ފަހު ހޯދި ފުރަތަމަ މޮޅެވެ. އެ ފަހަރުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ޝާލްކާ ބަލިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
16 February 2019
މައުމޫން އަބްދުލްގައްޔޫމްގެ އެނެލިސިސްއަށް ވަރަށް ވެދުން.
އަންނިި
16 February 2019
އެނަލިސިސް ކިހާ ފުރިހަމަ؟ ރަދީފަށް ފައިން އެރުނު އެތި ކިޔައިދީފި ވަރަށް ރަނގަޅަށް. ދެންވެސް ތަނެއް ދޮރެއް ނުބަލާ ކޮމެންޓް ނުކުރާތި. ރަދީފަށް މަލާމާތް ކުރެވުނީ އަމިއްލަ ޓީމަށް. އެއީ އެމުއްދަތުގައި ކުޅުނު 4 ފަހަރުގެ ތެރެއިން 3 ފަހަރު ކުޅުނީ ރަދީފްގެ ޓީމުކަމަށްވާތީ. އަދި ކުޅެފަ ހުރީ ފެންވަރުގެ ގޮތުން ކޮމްޕެއަރ ނުކުރެވޭ ފަދަ ޓީމުތަކެއްކަންވެސް ބުނެދީފި. މައުލޫމާތު ފުރިހަމަ، ސަޅި އެނަލިސިސްއެއް އެއީ. ރަދީފް ކުރާކަހަލަ ކޮޕީ ޕޭސްޓް އެނަލިސިސްއެއް ނޫން
މައުމޫން ޢޤ
15 February 2019
ދެން ރަދީފްބެ އަމިއްލަ ނަފުސާ ސުވާލުކޮށްބަލަ މިސްޓެޓްސްތަކުން ލީގުގެ ފެންވަރު ދަނެގަންނާނެ ގޮތެއް. ޖަރުމަނުގެ އެއްވަނަ ޓީމުން އިނގިރޭސި 4،5، ނޫނީ 7ވަނަ ޓީމު ބަލިކޮށްގެން ލީގުގެ ފެންވަރު ދަށްކަމަށް ކަނޑައަޅަންޏާ، 2013ވަނަ އަހަރު 3-3އިން އިނގިރޭސި 4ވަނަ ބަޔާން އާ އެއްވަރުކުރުމުން އެއިން ދޭހަވަނީ ލީގުގެ މޮޅުކަން ނޫންތޯ. 7-0 އިން ސްޕެއިންގެ އެއްވަނަ ބަލިވުމުން އިނގެނީ އިނގިރޭސި 4ވަނައާ ވާދަ ކުރެވެނީ ތަކުރާރުކޮށް ރެފްރީން ގަނެގެންކަން ނޫންތޯ؟
މައުމޫން ޢޤ
15 February 2019
ނޯޓް: ރެފްރީން ގަންނަ ކަމަށް ބުނެފައި އެވަނީ ބާރސާއިން އިނގިރޭސި 4/5 ވަނަ ޓީމު އަތުން މޮޅުވުމަށް ތަކުރާރުކޮށް ކޮންމެ މެޗެއްގައި ރެފްރީ ގަނެފައި ވާތީ.
މައުމޫން ޢޤ
15 February 2019
ދެން ހިނގާބަލަ ބަޔާނުން އެއިރު ކުޅުނު ޓީމުތަކުގެ ފެންވަރު ބަލަން. 2013، 2014ގަ އާރސެނަލަކީ އިނގިރޭސި ލީގުގެ 4ވަނަ، 2017ވަނަ އަހަރު ލީގުގެ 5ވަނަ. ޔުނައިޓެޑް 2014ގައި ބަލިވިއިރު އެއީ އެއަހަރު އިނގިރޭސި ލީގުގެ 7ވަނަ. ބޯނަސް ސްޓެޓް: 2013 ވަނަ އަހަރު އާރސެނަލް ބަޔާންގެ އެގްރިގޭޓަކީ 3-3. ކުރިލިބުނީ އަވޭ ގޯލުން. ހަމަ އެއަހަރު ބާރސާ ބަޔާންގެ އެގްރިގޭޓަކީ 7-0. އިނގިރޭސި 4ވަނަ ބަޔާން ދަނޑުގަ މޮޅުވިއިރު ބާރސާއަށް 0؟ މިއީ ނޫންތޯ ފުރިހަމަ ސްޓެޓްސްއަކީ؟
މައުމޫން ޢޤ
15 February 2019
ރަދީފް ތިޔަ ކިޔާ ސްޓެޓެއް ރަނގަޅަށް ކިޔާބަލަ. ޖަރުމަނު ޓީމަކާ ތިޔަ ބުނާ މުއްދަތުގަ ނޮކްއައުޓް ސްޓޭޖުގަ އިނގިރޭސި ޓީމަކުން ބައްދަލުވީ 4 ފަހަރު. 4ފަހަރުވެސް ކުޅުނީ ޖަރުމަނުގެ އެއްވަނަ ބަޔާން. 3 ފަހަރު ބްރޯގެ ސެނަލާ ކުޅުނުއިރު (2013، 2014، 2017) ޔުނައިޓެޑާ އެއްފަހަރު (2014). މިއިން އިނގެނީ ބްރޯގެ ޓީމުގެ ފެންވަރު ނޫންތޯ؟ ދެން 2012ވަނަ އަހަރު ޗެލްސީން ތަށި ނެގީ ބަޔާނާ ކުޅެގެން. ޔުނައިޓެޑް 2011ގެ ފައިނަލަށް ދިޔައީ ޖަރުމަނު ޓީމެއް ބަލިކޮށްފަ.
ނަސްރީނާ
15 February 2019
މާނު ޕްލީޒް. ލޭމައްޗަށް ތިޔަ ދަނީ. މޮޔައިންނާ ޒުވާބު ނުކުރާށޭ ނަސް އަބަދުވެސް ބުނަމެއްނު؟ މިހާރު ދެން އަނެއްހެން ތިޔަ އުމުރުގަ ކުރާ ކަހަލަ ކަމެއްވެސް ނޫނެއްނު؟
ރަދީފް
14 February 2019
[.ސްޓެޓްތައް ބުނާގޮތުން 2010/2011 ގަ ޔޫސީއެލް ސެމީގަ މެންޔޫއިން ޝާލްކޭ ބަލިކުރިފަހުން ޔޫސީއެލް ނޮކްއައުޓް ސްޓޭޖްގަ ހޯމްގަ ކުޅެގެން ފާއިތުވި 8 އަހަރު އިނގިރޭސި ޓީމަކަށް ޖަރުމަނުގެ ޓީމެއްގެ މައްޗަށް ކުރި ނުހޯދޭ.މިސްޓެޓް ބަދަލެއް ނުކުރެވޭނެ ރޭގެ ސްޕާސް/ޑޯޓްމަންޑް މެޗްގެ ކުރިން. މިދެމިއޮންނާނެ މިގޮތުގަ.އެއީ ސުޒޭނަށް ވެސް އަދި ލީގަލްޓީމަށް ވެސް އެހެންމީހަކަށް ވެސް މިކޮމެންޓްބޮކްސްގަ ބަދަލުކުރެވޭނެ އެއްޗެއް ނޫން.](ޗެޕްޓަރ ކްލޯޒްޑް).ވ.ވެދުން
ސުޒޭންް
14 February 2019
އެ 8 އަހަރު ނޮކްއައުޓް ސްޓޭޖްގަ އިނގިރޭސި ޓީމުތައް ޖަރުމަނު ޓީމުތަކާ ކުޅުނީ ކިތައް ފަހަރުތޯ ނޫނީ އެއީ ކޮން ޓީމުތަކެއްތޯ ބަލާފަ ވާހަކަ ދައްކަބަލަ. މިދިޔަ އަހަރު އިނގުރޭސި 5 ޓީމުން ނޮކްއައުޓް ސްޓޭޖްގަ ކުޅުނުއިރު ޖަރުމަނު ކިތައް ޓީމު ކުޅުނުތޯ ކިޔައިދީބަލަ. މިއަހަރު އިނގިރޭސި 4 ޓީމުން ނޮކްއައުޓް ކުޅޭއިރު ޖަރުމަނު ކިތައް ޓީމުތޯ؟ ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑްތަކާއެކު ނުކުމެ ވޭތުވެ ދިޔަ 3 އަހަރުވެސް ކުއާރޓަރ ފައިނަލުން ކެޓި ވާހަކަވެސް ދެއްކިދާނެ.
ނުޒުފާާ
14 February 2019
ސްޓެޓްސް ކިޔަންޏާ އަދި ދުވަހަކުވެސް މެސީއަށް ރާއްޖެ ކޮޅަކަށް ލަނޑެއް ނުޖެހޭ. އާރޖެންޓީނާއަކަށް ވޯރލްޑްކަޕްގަ ރާއްޖެ ބަލިނުކުރެވޭ. މިކަހަލަ އޮށްޓަރެއް ނެތް ސްޓެޓްސް ތިކިޔަނީ. ސްކޫލަށް ދިޔައިރު ސްޓެޓްސް ނުކިޔަވާ މަކަރު ހެދީމަ ވާގޮތް މިފެންނަނީ. ސްޓެޓްސް ކިޔާއިރު ކޮންމެވެސް އޮށްޓަރެއްވެސް ހުންނަންވާނެ. ނޮކްއައުޓް ސްޓޭޖުގަ ބަލިނުކުރެވޭ، އެކަމަކު ޖަރުމަނު ޓީމުތަކަށް ނޮކްއައުޓް ސްޓޭޖަށް ނުދެވެނީ ގްރޫޕް ސްޓޭޖުގަ އިނގިރޭސި ޓީމުތައް ކުރިހޯދާތީ.
ނުޒުފާާ
14 February 2019
ދެން ރަދީފް ކިޔަން ފަށާފާނެ 2015އަހަރުން ފެށިގެން ބާރސާ ޗެމްޕިއަންސް ލީގު ފައިނަލުގަ ބަލިވެފައެއް ނުވެޔޭ. މިއީ އެކަހަލަ ވާހަކައެއް. ފައިނަލަށް ނުދަންޏާވެސް ބައްޔެއް ނުވާނެތާ. ސްޓެޓްސް ގޯހެއް ނޫން. ބޭނުންކުރާ ގޮތް ގޯހީ
ރަދީފްގެ ލީގަލް ޓީމްް
14 February 2019
ރަދީފް ސަރ. މިޓީމުން ބެލިބެލުމުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް، ނޮކްއައުޓް ސްޓެޖުގައިވެސް މި 3 ވަަރަކަށް އަހަރުތެރޭ ޖަރުމަނު ޓީމަކަށް އިނގިރޭސި ޓީމަކަށްވުރު ކުރިހޯދިފައެއް ނެތޭ. ލިޔުމުގައި ހުންނަ އެއްޗެހި ކޮންޓެކްސްޓުން ބޭރުން ނަގައިގެން ކަމެއް ޕްރޫވްކުރަން ސަރ ތިޔަ ކުރި މަސައްކަތުގެ ބޭސިސްއެއް ނެތްކަމަށް ވަނީ ފާހަގަކުރެވިފަ. ސަރ ތިޔަ ކުރާ ކަންކަމުން ލީގަލް ޓީމުގެ އަގުވެސް ވެއްޓެމުންދާތީ އެފަދަ ކަންކަމާ ދުރުހެލިވުމަށް އެދެން. #ރލޓ
ސުޒޭންް
14 February 2019
ާރޯނު އެދުރު ރަދީފޫ. އަޔަކްސްއަކީ އާދައިގެ ޓީމެއް ނޫން. މިއަހަރު ޗެމްޕިއަންސް ލީގުގަ އަޔަކްސް ބަލިކުރެވުނު ހަަމައެކަނި ޓީމަކީ ރެއާލް މެޑްރިޑް. ބަޔާރން އާ އެއް ގްރޫޕެއްގަ ހިމެނި ހޯމް މެޗުން 3-3އިން އަދި އަވޭ މެޗް އިން 1-1 އިން އެއްވަރުވި ފުރިހަަމަ ޓީމެއް އެއީ. އެހެންވެ މަމެން ކިޔަނީ ރަދީފަކީ އަދި ފުޓުބޯޅައިގެ ކަންކަމުގަ ބާލިޣުނުވާ ކުޑަ ސިކުނޑިއެކޭ..
މޮޅު ޓީމް
14 February 2019
ރިއަލްއަށް އުނދަގޫ ކަމާއެކު މޮޅުވެވުމުން އަޔެކްސް މޮޅުވީ. ބާސާ މިގޮތަށް މޮޅުވިނަމަ ކަލޭމެން ބާސާޔަށް މަލާމާތްކުރުން ހުއްޓައެއްނުލާނެ. ރަދީފަށްވުރެ ރޯނުއެދުރަކީ ކަލޭ.
ވީއޭއާރ
14 February 2019
މަރުހަބާ ރިއަލް މެޑްރިޑް. ކޮބާ މިތާ އުޅޭ މެޑްރިޑް ސަޕޯރޓަރުން. ރޭގަ އަޔެކްސްއިންޖެހި ރަނގަޅު ގޯލެއް ގޯލެއްނޫންކަމަށް ދެއްކުމުން ރެފްރީ ދުވަހަކުވެސް ރިއަލްއަކަށް އެހީނުވޭދޯ. ބާސާޔަށް ޕެނަލްޓީއެއް ލިބުނަސް އަދި ގޯލެއް ޖެހިޔަށް ބޮލަށް ތެޔޮ އަރައިގެން އުޅޭހެން ހީވާނީ. ވަރަށް ވެދުން.
ޝަމްް
14 February 2019
ސްޕެއިން ޓީމުތަކަށް އެހީވާ ވާހަކަ ދޯ މަމެން ކިޔަނީ؟ ރެއާލް މެޑްރިޑަކީ ސްޕެއިން ޓީމެއް ނޫންތަ؟
ޝަމްގެ ދޮންދަރި
14 February 2019
ބަލަ މެޑްރިޑްގެ ސަޕޯރޓަރުން ބުނަނީ ބާސާޔަށޯ އަބަދުވެސް އެހީވަނީ. ރިއަލްއަށް އެހީވިޔަސް އެއީ މައްސަލައެއްނޫން. ވަރަށް ވެދުން.
ސިސްޓަމް
14 February 2019
ފުޓުބޯޅައިގެ ޤަވާއިދު ބުނާގޮތުން އެއީ ގޯލެއްކަމަށް ނުބެލެވޭ.
ސިސްޓަމްގެ ދޮންދަރި
15 February 2019
މެޑްރިޑާ ދެކޮޅަށް ގޯލް ޖެހުމުން އެއީ ގޯލެއް ނޫންކަމަށް ފުޓްބޯޅަ ގަވާއިދުބުނަނީ. އެހެން ބަޔަކާނަމަ އެއޮފްސައިޑުވިޔަސް އެގޯލެއް ކަމަށް ކަލޭމެން ބުނާނެ. ޚާއްޞަކޮށް ބާސާޔާ ދެކޮޅަށް. ކަލޭ ނިކަން ބުނެލަބަލަ އެގޯލަކަށް ނުވާނެގޮތް.
ރާވެރިބެ
14 February 2019
ކެވޭ އެއްޗަކުން ހަޖަމު ނުބައިވުމަކީ ބައެއްފަހަރު މަށަށްވެސް ޖެހޭ ކަމެކެވެ...
ރަދީފް
14 February 2019
މަރުހަބާ ނުޒުފާ، މަރުހަބާ އަންނި ، މަރުހަބާ ނިއުމާ ، މަރުހަބާ ހަމްބެ.#ހަލަމެޑްރިޑް