މިއުނިކް ކޮންފަރެންސްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ގުރައިޝީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ރޭޑިއޯ ޕާކިސްތާން
16 ފެބުރުއަރީ 2019 - 19:08
އިސްލާމްއާބާދު (ފެބްރުއަރީ 16) - ޑިޕްލޮމެޓިކް ގޮތުން ޕާކިސްތާން އެކަހެރި ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެކެވަޑައިގަންނަވާ ހުވަފެން ކާމިޔާބު ނުވާނެ ކަމަށް ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައި ވަނީ ކަޝްމީރުގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާ އަށް ފަހު ބައިނަލްއަގުވާމީ މުޖްތަމައުން ޕާކިސްތާން އެކަހެރިކޮށްލާނެ ކަމަށް އިންޑިއާގެ ފެޑެރަލް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވުމާ ގުޅިގެންނެވެ. ކަޝްމީރުގައި ހަމަލާ ދިން ކަމަށް ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ވަނީ އެއްބަސްވެފަ އެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ އެ ހަމަލާ ދިނުމުގައި ޕާކިސްތާނުގެ އަތެއް ވާނެ ކަމަށެވެ.
ޖަރުމަނުގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުރައިޝީ މިއަދު ވިދާޅުވީ ޖަރުމަނުގެ ބައްދަލުވުމަށް ފަހު އެމެރިކާގެ ސެނެޓަރުން ވެސް ތިބީ ޕާކިސްތާނާ އެކުގައިކަން އެނގިއްޖެ ކަމަށެވެ.
"ޖަރުމަން، ކެނެޑާ، އުޒްބެކިސްތާންގެ މިނިސްޓަރުންނާ އަދި އަފްޣާން ރައީސްއާ ބައްދަލު ކުރުމުން އެނގިއްޖެ ޕާކިސްތާން އެކަހެރި ކުރަން އިންޑިއާ ކުރާ މަސައްކަތް ފެއިލްވާނެކަން،" ގުރައިޝީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނުގެ ބިމުގައި ޓެރަރިޒަމް ހިންގަން ދުވަހަކު ވެސް ފުރުސަތު ނުދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
19 February 2019
ޔޫރަޕުގެ ގައުމުތަކުން އުޅުނު ސޫދާންގެ ރައީސް ބަޝީރު ހައްޔަރު ކުރަން. އެކަން ޔޫރަޕަށް ކާމިޔާބު ނުވި. އަމުދުން އިންޑިއާ ކަހަލަ ކައްޕަޅި ސިޔާސަތެއް ގެންގުޅޭ ގައުމަކަށް އިންޓަރނެޝަނަލް ކޮމިއުނިޓީގައި ޕާކިސްތާން އެކަހެރި ނުކުރެވޭނެ. އެއީ ނުވާނެ ކަމެއް. އިންޑިއާ އަކީ އަވައްޓެރި ގައުމުތަކާއި މައްސަލަ ޖެހެން ބޭނުންވާ ގައުމެއް.
ރަނާ
17 February 2019
ފުރަތަމަ މަގުތައްމަތީގަ އުޅޭ ގެރިތައް އެކަހެރި ކޮއްބަލަ އޭގެފަހުގަ އެހެން ކަމަކަށ ވިސްނާ
ދޮން ބަބުރު ސޮރު
17 February 2019
މީދެން ހެއްވާ ބައެއް ދޯ؟ ކަޝްމީރަށް އަރާ އެތާގެ ރައްޔިތުންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު އެތަށް ޢަމަލެއް ހިންގަނިކޮށް އެމީހުން އަމިއްލަ ނަފޮސުގެ ދިފާއުގައި ކަމެއްކުރީމަ ޕާކިސްތާނުގެ ދުވަސް ދުއްވާލެވޭނެތަ؟
ކައުންސެލަރު
16 February 2019
ނުވާނެ! ނުވާނެ! ނުވާނެކަންދޯމީންވެސް މިއެނގެނީ. https://mihaaru.com/world/50359 ގެރިއަށް އަޅުކަންކުރާބަޔަކު ބޯހަމަޖެހޭނެ ގޮތެއްދައްކާބަލަ!