އދ. ފެންފުށީގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.
16 ފެބުރުއަރީ 2019 - 23:48
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏާ އެކު ވިލާ ޓްރެވަލްސް އިން ކުރީ ސައްހަ މުއާމަލާތެއް ކަމަށާއި ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ހަތް ލައްކަ ޑޮލަރު ވިލާ ޓްރެވަލްސްގެ އެކައުންޓަކަށް ވަދެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ތަފްސީލީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، މާމިގިލީ ދާއިރާގެ ގޮނޑި އަށް ވާދަކުރެއްވުމަށްޓަކައި ރަސްމީކޮށް ކެމްޕެއިން ފެށުމަށް އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވިލާ ޓްރެވަލްސް އަކީ ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް އޮންނަ ކުންފުންޏެއް ކަމަށެވެ.
އެސްއޯއެފްގެ ނަން ފާހަގަ ނުކުރައްވައި، ގާސިމް ވިދާޅުވީ އެ ކުންފުނިން ދެ ފަހަރެއްގެ މަތިން ވިލާ ޓްރެވަލްސް އަށް ޑޮލަރު ވިއްކި އިރު، ޑޮލަރަށް ވާ ދިވެހި ރުފިޔާ އެސްއޯއެފާ ހަވާލުކޮށްފައިވާ ކަމަށެވެ. އެސްއޯއެފާ އެކު ކުރި ވިޔަފާރީގެ އެ މުއާމަލާތުގެ ލިޔެކިޔުންތައް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
ޑޮލަރު ވިއްކަން މީހަކު އައީމާ ޑޮލަރު ގަންނާނެ. މިހާރު ވެސް ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހޭ ފައިސާ، އެއް މިލިއަން، ދެ މިލިއަން ޑޮލަރަށް ވުރެ ގިނަ އެބަވޭ ބައެއް މަސްތަކުގައި. އެ ފައިސާ ބޭންކުތަކުން ނުލިބޭ ކަމަށްވާ ނަމަ، އެ ނުހޯދައި ކިހިނެއްތޯ އެ ކަން ކުރާނީ؟
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ގާސިމް ވިދާޅުވި ގޮތުގައި، އެސްއޯއެފް ކުންފުނި އަތުން ޑޮލަރު ގަތް އިރު، އޭރު އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމެއް އެނގިފައެއް ނުވެ އެވެ. އަދި ބޭންކުތައް މެދުވެރިކޮށް، ޑޮލަރު ނުލިބުމުން، ލިބެން އޮތް ގޮތަކަށް އޭރު ޑޮލަރު ހޯދަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
ވިލާ ޓްރެވަލްސް ދިފާއު ކުރައްވައި، ގާސިމް ވިދާޅުވީ އެއާލައިންތަކުގެ ޓިކެޓްތައް އެ ކުންފުނިން ދިވެހި ރުފިޔާ އިން ވިއްކާއިރު، އެ އަގަށް ވާ ފައިސާ ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހެނީ ޑޮލަރުން ކަމަށެވެ. އެހެންވެ، ގިނަ އަދަދެއްގެ ޑޮލަރު ބޭނުންވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ޑޮލަރު ވިއްކަން މީހަކު އައީމާ ޑޮލަރު ގަންނާނެ. މިހާރު ވެސް ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހޭ ފައިސާ، އެއް މިލިއަން، ދެ މިލިއަން ޑޮލަރަށް ވުރެ ގިނަ އެބަވޭ ބައެއް މަސްތަކުގައި. އެ ފައިސާ ބޭންކުތަކުން ނުލިބޭ ކަމަށްވާ ނަމަ، އެ ނުހޯދައި ކިހިނެއްތޯ އެ ކަން ކުރާނީ؟،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އޭސީސީގެ ރިޕޯޓު ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ، އެ ރިޕޯޓު ފުރިހަމަ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އޭސީސީގެ ރިޕޯޓުގައި އޮތީ ބޭންކުން ޓްރާންސެކްޝަން ހެދި މީހުންގެ ވާހަކަ ކަމަށާއި ނަގުދު ފައިސާ ގެންދިޔަ މީހުން ކޮބައިތޯ ގާސިމް ސުވާލު ކުރެއްވި އެވެ.
"ނަގުދު ފައިސާ އިން ލާރި ދިން މީހުންގެ ލިސްޓް ވެސް ހާމަ ކުރެއްވީމާ އެނގޭނީ. މިހާރު އެ އޮތީ އެއްބައި. އަނެއްބައި އަޅުގަނޑު އެދެން އެންޓި ކޮރަޕްޝަނުން އަވަހަށް ހާމަކޮށްދެއްވުމަށް. އިންސާފުވެރި ވުމަކީ އެއީ ދެއްތޯ؟" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސްއޯއެފާއި ވިލާޓްރެވަލްސްގެ މުއާމަލާތް އޭސީސީގެ ރިޕޯޓުގައި ހިމަނާފައިވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން ވިލާ ޓްރެވަލްސްއާ އެ ކޮމިޝަނުން ސުވާލުކޮށްފައި ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
20 February 2019
ރާއްޖޭގެ ގިނަ ބަޔަކަށް ވަރަށް ސާފުކޮށް އެނގޭ، ސޭޓަކީ އަބަދުވެސް ސޭޓްކުރާ ކޮންމެކަމެއްވެސް ރަނގަޅު ކަމެއްކަމަށް ދައްކަން ފާޅުގައި ވާހަކަދައްކާމީހެއް، 2013 ގެ ރިޔާސީއިންތިހާބު ބާތީލް ނުރަންވެސްއެންމެ ގަދައަށް ފޫގަޅައިގެން އުޅުނީ ސޭޓްކަން، ޤާނޫނުތަކާ ޚިލާފަށް ނަމަވެސް އެކަންކުރުވީ ސޭޓް، އަދި ފެބް 7 ގައި ބަޣާވަތް ރާވާހިންގަންވެސް ޕޮލިސް ހެޑްޚުއާޓަރއަށްވަދެ އިނީވެސްސޭޓް، މިހުރިހާކަމަކީވެސް ސޭޓްކުރި ރަނގަޅުކަންކަން، ވީމާ ސޭޓް ގޮސްކަމެއް ނުކުރާނެ،
އަހްމަދު
17 February 2019
ކާސިމާ ކޮންމެފަދަ ނުބައިކަމެއް ކޮށްފަވެސް ބުނޭ އަހަރެން މިކުރިކަމަކީ ސައްހަކަމެކޭ އޭރުން އެކަމެއްވާނީ ސައްހަކަމަކަށް
އަހުމަދު ޝިޔާޒު
17 February 2019
މާތްﷲގެ އިރާދަފުޅުން މަޖިލިސް އިންތިޚާބުގެ ފަހަށް ކަކެއަށް ސައްހަ ވިޔަފާއިި ފެންނާނީ ކޯޓުތަކުގެ ތެރެއިން މަޑުކޮށްލާ.!!! ލައްކަ ގިނަ ނޭދެވޭ ކަންތައް ކޯޓުތަކަށް އައްބާނައިގެން....
އިހުސޭޓު
17 February 2019
ބަނގުރަލުގެ ވިޔަފާރި އަދި އޫރުމަހުގެ ވިޔަފާރި ސައްޙަ ތޯ މަނިކުފާނު ވިދާޅުވެދެއްވަފާނަންތޯ؟
އަހުމަދު ޝިޔާޒު
17 February 2019
ކަލެއަށް ވެސް ރަނގަޅަށް އެނގޭނެ މިހުރިހާދުވަސް ވަންދެން ސިއްރުކޮށްގެން ކަލޭވެސް ތިހުރީ. ރައްޔަތުންނަށް ފަޅާއެރުމުގެ ކުރިން ކަލޭ ޗުޕުވެސް ނުބުނަނެއްނޫން... ކޯޓު އިސްލާހު ކުރަން އެމް ޑީ ޕީ އަށް ވޯޓުދެނީ ކަލޭގެ އެސޯސިއޭޝަނުގެ ވަޒީފާގައި އުޅެ... މިގައުމު މީ އަހަރުމެންގެ ވެސް ގައުމު ބޭނުންހާ ވައްތަރަކަށް އުޅެވެނީ ޖުޑިޝަރީ ކަލޭގެ މުށުތެތެއަށް ލައިގެން އުޅެވޭތީ..
އަލްމަސް
17 February 2019
ޑޮލަރު ވިއްކަން މީހަކު އައީމާ ޑޮލަރު ގަންނާނެ. މިހާރު ވެސް ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހޭ ފައިސާ، އެއް މިލިއަން، ދެ މިލިއަން ޑޮލަރަށް ވުރެ ގިނަ އެބަވޭ ބައެއް މަސްތަކުގައި. އެ ފައިސާ ބޭންކުތަކުން ނުލިބޭ ކަމަށްވާ ނަމަ، އެ ނުހޯދައި ކިހިނެއްތޯ އެ ކަން ކުރާނީ؟ " ފާޅުގައި ކުށަކަށް އެއްބަސްވަނީ މީނަ
އަޙުމަދު
17 February 2019
ކަންކަން ފަޅާއަރަމުން ދާވަރަކަށް ސޭޓްމެންވެސް ހިނގާފައިހުރި މުޢާމަލާތް ތަށް ތިޔަހަރެގެން ފެންމަތިވަނީ، ސޭޓަކީ 5 ރިސޯރޓް އޮންނަ މީހެއް، މި5 ރިސޯޓަށް ލިބޭ ހުރިހާ ޑޮލަރުން ވެސް ވިލާޓްރެވަސް އަށް ފުދޭވަރަށްނުލިބޭ ކަމަށް ހެދިގެން މީހަކު ޑޮލަރުވިއްކަން އައީމަ ގަތީއޭ ބުނެ ތިދައްކާވާހަކަ ދެކޮޅެއްނުޖެހެ. ހަމަމީހަކު އަންނައިރަކަށް ނުގަންނާނެ، އެއީޑޮލަރު ލިބޭނެ ވަސީލަތް ތަކެއް ހުރިމީހެއް ތޯވެސް ބަލާނެ. އޮޅުވާނުލާ، އަމިއްލަ އެދުމުން ފޯވިއަސް ތިވަރު ބޯޑު.
މުހަންމާ
17 February 2019
ކޮން މޮޅު ވާހަކަ އެއްދައްކާކަށް. އެހެންވިއްޔާ އެސްއޯއެފް އާއި އެކު މުއާމަލާތް ކުރި އެންމެންވެސް ކޮށްފަހުންނާނީ ސައްހަ މުއާމަލާތެއް. މިޤައުމުގެ ހުރިހާ ނުބައެއްގެ އަޑީގައި ތިޔަ ޤާސިމްވޭން. ދައުލަތުން ކިތައްރަށާއި، ފަޅު ނަގައިގެން ނުހަދާ ކިތައް އަހަރު ވެއްޖެ. އެތައް ބިލިއަން ރުފިޔާއެއް މިހާރުވެސް ދައުލަތައް ދަރާފައިވަނީ. ޤާސިމް އަށް ނޭނގެނީބާ އެއީ ދިވެހި ރައްޔިތުންގެ ފައިސާކަން.
ހަސީން
17 February 2019
ހުތުރު ވާހަކަ ދައްކާ ގޮތެއް ފޮތެއް ނެތް މީހެއް މީ. މި ނޫނަސް ގައިމު މިރާއްޖޭގައި މުއްސަދި ވިޔަފާރި ވެރިން އެބަތިބި ވިއްޔާ. މީ ކިހިނެތް ވެގެން އުޅޭ މީހެއްތަ މުޅި ގައުމު މީނަގެ ބާރުގެ ދަށަށް ނުގެންދެވިގެން
މުޖައްރިބޫ
17 February 2019
ހިތް ފުރޭނީ ކަޑުހިކޭ ވަރަށް މުދާ އަޅައިގެން....