ވިލިނގިލީގައި މަރައިލި ހުސައިން ސިމާދު.
17 ފެބުރުއަރީ 2019 - 10:46
ގއ. ވިލިނގިލީގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ މަރާލައިފައިވާ ކަމަށް ޝައްކު ކުރެވެން ފަށައިފި އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، އޮތީ ޒަހަމްތަކަކާ އެކު އެވެ.
ވިލިނގިލީގައި ދިރިއުޅެމުން އަންނަ، އައްޑު އަށް ހުސައިން ސިމާދު 39، ފެނިފައި ވަނީ ވިލިނގިލި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ސިމާދުގެ ހަށިގަނޑު ފެނިފައި ވަނީ އެ ރަށު އުތުރުފަރާތުގައި ހުރި ދޯނި ބަންނަ ހަރުގެއެއްގެ ކައިރިން ކަމަށާއި، އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެސް ފުލުުހުން ބުންޏެވެ.
"އޭނާގެ ގައިގައި ހުރީ ފިހިފައި ހުރި ޒަހަމްތަކެއް. އެކަމަކު ތޫނު އެއްޗަކުން ހަމަލާއެއް ދީފައިވާ ކަމަށް ނުބެލެވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ސިމާދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް އެ ތަނުން ބުންޏެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުސްތޮފާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު މީހާގެ ކަރުގެ އެކި ތަންތަނުގަިއ ޒަހަމްތައް ހުއްޓެވެ.
"އޭނާގެ ކަރުގެ ދެ ތަނަކުން ހުރީ ހަންގަނޑު ނޮޅިފައި. ފައިގައި ވެސް އެކަހަލަ ގޮތަކަށް ހުރި. ހީވަނީ ކަރަންޓު ނޫނީ އަލިފާނުން ލިބުނު އަނިޔާތަކެއް ކަމަށް،" މުސްތޮފާ ވިދާޅުވި އެވެ.
މީގެ އިތުރުން ސިމާދު ހޯދަން އިއްޔެ ހަވީރުން ފެށިގެން އޭނާގެ އާއިލާ އިން މަސައްކަތްކުރި ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
17 February 2019
ޢިބޫއަށް އިމްތިހާނެއް ެިބޫގެ 100 ދހުވަސް ތެރޭ 49 މަރު ގޮތްނޭނގޭ
މުރަމާސާ
17 February 2019
ޝުކުރިއްޔާ ރައީސް ޔާމީން!
މުސްތަގްބަލް
17 February 2019
މީހުން މަރާ މީހުންނަށްވެސް ހިތި ނަތީޖާ ފެންނާނެ ދުވަހެއް އަދި އަންނާނެކަން ދަންނާށެވެ.
.މަރާމީހުން.
17 February 2019
.މި ސަރުކާރު އައިފަހުން ކިހާ ބަޔަކު މަރައިފި ގޮތްނޭގޭ ކިތައްމަރު އެނގިހުރެ ކިތައްމީހުން މަރުވާން އުޅެފިތޯ ؟ މީހުންގެ އިހްމާލުން ކިތައް މަރުތޯ؟ މި މަރުތަކުގެ ޒިންމާ ރޔާމީންތޯ ނަގަންވީ ؟ ރޔާމީންތޯ މިހާރު ގައުމާ ހަވާލު ވެގެން ކަމެއް ކުރަން ނޭގިގެން ކަންކަމުން ރެކޭން ވެގެން ހުރިހާ ކަމެއްވެސް އެހެން މީހުންގެ ބޮލަށް މިކަނޑާލަނީ ، ދެން އަނގަފުޅާ ކޮށްފާ މިގޮވަނީ ބުރިޖުވާހަކަ މަގުތަކުގާ އެކުސީޑެންޓުވެ މަރުތައް ވަނީވެސް މަގުތައް އޮތީމާތޯ؟ ނޫން
ޕަރޭ
17 February 2019
މަވެސް އެމްޑީޕީއާއި ދެކޮޅު އެކަމަކު ތިދެން ބޮޑުވަރު.
މޮޔަވޭ
18 February 2019
ޔާ ﷲ ދިވެހީންނަށް ހެޔޮ ވިސްނުން ދެއްވާށި. މީހުންގެ މަރު ގެންނަނީ ވަކި ސަރުކާރަކުން ނޫން މަތިވެރި ކަލާނގެ އެއް. ކޮންމެ މީހެއްގެ މަރު ވެސް އަންނާނީ ބުނެލާފަ ކަލޭ ދެން މަރުވާށޭ ކިޔާފަ ނޫންކަން ދަނޭ. މަވެސް މީ މިސަރުކާރަށް ތާއީދުކުރާމީހެއްނޫން. ބޮޑުވަރު
ސުވާލު
17 February 2019
އައްޑޫއިން ގެއްލުވާލި ފުލުސް ސިމާދު ކޮބާހޭ
ބަބުރު
17 February 2019
ކޮބާހޭ އެފުލުސްމީހާ. އޭނަގެވާހަކަ ނުދައްކަނީ ކީއްވެގެންހޭ. ވަރަށްގިނަ ސުވާލުއުފެދޭ ކަންތަކެއް އެކަމުގައި ހުރި. 3 ފަހަރު ބަނޑުން ޖެހި ޑިންގީއެއްގައި ހެދިކާވެސް ހުރި ކޮތަޅުގަ. ހަމަ އެސޮރު ގެއްލުވާލީ.
.ތުލުސްދޫ މީހާ
17 February 2019
.ބުނަންތޯ ތުލުސްދޫ މީހުން މީހުނެއް ނުމަރާނެ އެއީ ޔާމީން ވެރިކަމުގާ ހުރީތީ ތުލުސްދޫގާ މަރާލި މީހެއްނޫން އެއީ ތިކަހަލަ މުޑުދާރު ވާހަކަ ދައްކާ މީސްމީހުން ކުރި ނުބައިވެގެންވާ ބޮޑު ޖަރީމާއެއް ތި ނުބައި ނުލަފާ އަމަލު ހިންގީ ތުލުސްދޫ މީހެއްނޫން އަދި ތިކަމުގާ މަރުވެ ދިއައީވެސް ތުލުސްދޫ މީހެއްނޫން ނޭގިތިބެ މީސްމީހުންގެ ބޮލުގާ ތިފަދަ ފާތައް ނާޅުވާ!! .މީދެން ކިހާ ދެރަކަމެއްތަ!!
ހާޖި ހަސަން ފުޅު
17 February 2019
ބުރޯ ހަމަޖެހޭ މަވެސް މީނީނުން. އަހަރެމެން ރަށޭވެސް އޭނަ ގޮވިޔޭ. އަމިއްލަ ބަދުނާމުން ސަލާމަތް ވާން އެހެން މީހުނާ ލެޑިގަންނަ ބައެއް އެއީ. އަޅާނުލާ
ސަރުކާނު
17 February 2019
ޕާކްތަަކަށްގޮސް ވާހަކަދައްކަން ތިބީމަދޯ ވާހަކަ ދެކެވޭނީ؟
ޖޫސް
17 February 2019
ޔާމީނު އިސްތިއުފާ. މިފަދަ މަރުތައް ނުހުއްޓުވޭނަމަ ގައުމު ދޫކޮށް ދިއުމަށް ގޮވާލަން. ޔާމީނު ހެދި ބްރިޖަކާ ހެދި ކޮންމެ ދެ ދަމަކު އެކްސިޑެންޓެއް އެބަވޭ. އަދި ހޮސްޕިޓަލް ހުޅުވުނީމަ ވާނެ ގޮތެއްވެސް ނޭގެ.
ކޫސް
17 February 2019
ޔާމީން ވެރިކަމަށްވުރެ ބްރިޖްމަތިން ނޫން ގޮތަކަށް އެންމެ ކުރުމުއްދަތުގެ ތެރޭ ވީ މަރުތަކުގެ ރިކޯޑް އޮތީ މި ސަރުކާރަށް. އެންމެ ގިނަ ފަތުރުވެރިން މޫދުގައި މަރުވެފައިވަނީ މި ސަރުކާރުގައި. ދެން އިބޫ އިސްތިއުފާތަ؟
ހާން
17 February 2019
ބަލަ މީހުންގެ މަރުތަކަކީ އަހަރެމެންނަށް ބާރު ފޯރުވޭ އެއްޗެއް ނޫނޭ. ކިހާ ދެރަ ކަމެއް. ތީ ޅަ ކުދިންނެއް ނޫނެއްނު އެ ވަރު ގެޓު ނުވާން.
ހޮޓްކިންގ
17 February 2019
މިފަދަ މަރުތައް ނުހުއްޓުވޭނަމަ ޔާމީނު އިސްތިޢުފާދޭން ގޮވާލަން.
މަރޭމިތުރު
17 February 2019
ރައްޓެހިވުމަކީވެސް ހަގީގަތުގައި އިންސާނީ ހައްގެއް! ރާއްޖޭގައި ރައްޓެހިވުމުގެގެ ހައްގުވެސް އޮންނަނީ ނިގުޅައިގަނެފައި. ދެމީހަކަށް ވާހަކަދައްކާލަންވެސް ނުތިބެވޭނެ! އަހަރެން މިބުނަނީ ގޯސްކޮށް އުޅޭށެކޭނޫން. ބަސްއޮޅުވާނުލައްވާތި. ރާއްޖޭގަ އެތައް އެތައް ޕާރކު ތަކެއ ހަދާފައި ތިހުރީ. އެކަމަކު ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކަށް ފިކޮށްލަން ނުވަތަ ރައްޓެހިވެގެން އުޅޭ ދެކުއްޖަކަށް މަދުކޮށްލެވެން ނެތް. މިހިސާބުގަ ކަންކަންހުރީ!
އަދުރޭބެ
17 February 2019
ރާއްޖޭގައި ރައްޔަތުންނަށް މަނާ ކިތަންމެ ކަމެއް "އެކްސްޕަރޓްރިއޭޓުން" ނަށް ހުއްދަ. ކުޑަކުޑަ މިސާލެއް ފެންނާނެ ހުކުރުދުވަހު ހަވީރު ޖުމްހޫރީ މައިދާނުން. ދިވެހިންގެ ދެތިންމީހުން ގޮސް އިށީންނައިރަށް އަންގާނެ މިތަނުގައި ނުތިބެވޭނެޔޭ މިއީ "ގްރީންޒޯން' އޭ. އަޖައިބު. ގްރީންޒޯނުގައި ނުތިބެ ރެޑްޒޯނަށްތަ ދާންވީ؟