ރޯވި ފުވައްމުލަކު ބޯޓު އަނދައި ހުލިވެފައިވާއިރު ދުން އަރަނީ.---ފޮޓޯ: ޕޮލިސް
18 ފެބުރުއަރީ 2019 - 08:15
މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި ފުވައްމުލަކު ބޯޓެއްގައި ރޭ ފަތިހު ރޯވެ، އޭގައި ތިބި 16 މީހުންގެ ތެރެއިން ހާލު ބޮޑުވި މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ފުވައްމުލަކު ކިނބިދޫގޭ މުހައްމަދު އަހުމަދު، 62 މަރުވީ ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ. ސީ އެމްބިއުލާންސްގައި އެ މީހާ ނިލަންދު އަށް ގެންދިޔައިރު ވެސް ހޭނެތިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި "ރަވާނާ" ބޯޓު އެއްކޮށް ވަނީ އަނދައި ހުލިވެ، އަޑިއަށް ގޮސްފަ އެވެ. މުދާ އުފުލާ މި ބޯޓަކީ ފުވައްމުލަކުގައި ބޭނުންކުރާ އެންމެ ބޯޓު ކަމަށް ވެ އެވެ.
ރަވާނާ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ފަޔާމަނުން ހަރަކާތްތެރިވަނީ.---ފޮޓޯ: ޕޮލިސް
މި އަލިފާނުގެ ހާދިސާގައި މަރުވި މީހާ ފިޔަވައި އެހެން މީހުން ސީ އެމްބިއުލާންސްގައި ދ. ހުޅުދެއްޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވިއިރު ބޯޓުގައި ތިބީ ހަތް ދިވެހިންނާއި ނުވަ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
ރަވާނާ ބޯޓު ރޯވި އިރު އޮތް ތަން. -- ފޮލޯމީ.އެމްވީ
ފުލުހުން ބުނިގޮތުގައި އަލިފާން ރޯވުމާ އެކު، ބޯޓުގައި ތިބި މީހުން ވަނީ މޫދަށް ފުންމާލައިފަ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ 'ދަންޑެހެލު' ނަމަކަށް ކިޔާ ދޯންޏަކަށް އެ މީހުން ނެގި ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ، އެއްވެސް މީހަކު ފިހިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Fathun
18 February 2019
ޢެޔައް ކިޔަނި ފްލޭމްއެރެސްޓަރ މާގިނައިން ޔޫޓިއުބުން އެދުރުވިޔަސް ކަމަކުނުދާނެ
ޏ އައިކު
18 February 2019
މައުލޫމާތު ރަގަޅު އޮޅުންފިލުވުން ބުއްދިވެރި. މިރަށު ތިކަހަލަ ކިތައްމެ ބޯޓެއްވެސް އޮވޭ.
ކަރެކް
18 February 2019
އެއްމެ ކުޑަ ނޫނީ ބޮޑު ލިޔަން އުޅެފަ ނުލިޔެ އިންހެން ހިވަނީ.
މަރޭމިތުރު
18 February 2019
ރާއްޖޭގައި ގޭސް ވިއްކާއިރު ގޭސް ސޭފްޓީ ޑިވައިސްވެސް ލިބެން ނުހުރޭ! އެސްޓީއޯއިން މިކަމަށް ބުނާނީ ކީކޭ?؟؟؟؟؟؟؟؟؟؟؟؟؟ އަހަރެން ރާއްޖޭގައި މިބޭނުންކުރާ ގޭސް ބޭނުންކޮށްގެއް އެލްޕީޖީ ކިޓުއަޅުގައިގެންވެސް ކާރު ނުދުއްވުނު. އެހެންވެ ރާއްޖޭގައި ތިހުރީ ކޮންކަހަލަ ގޭހެއްކަމާއިމެދު ޝައްކުވޭ!
މަރޭމިތުރު
18 February 2019
ގޭސް ސޭފްޓީ ޑިވައިސް ވެސް ރާއްޖޭގައި ވިއްކަންނުހުރޭ!
އެލް އެންޖީ އަދި އެލް ޕީ ޖީ އިންޖިނީރެއް.
18 February 2019
ގޭސް ސޭފުޓީ އެލެކުޓުރިކު ޑިވައިޒު ހަރުކޮށްފައި ހުރުމުން ކުރާނެ ފައިދާ ތަކަކީ ބުނެދީބަލަ... އަނގަޔެއް އޮތީތީ މޮޅު އެއްޗެއް ބުނުމުގެ ބަދަލުގައި މިފަދަ ނުރައްކާތެރި ގޭސްތައް ގެންގުޅުނުގެ ސޭފުޓީ ކޯސްތައް ވަރަށްމުހިއްމު
މަރޭމިތުރު
18 February 2019
ގޭސް ސޭފުޓީ ޑިވައިސް އެއީ ގޭސްފުޅީގައި ހަރުކުރާއެއްޗެއް އިނގޭ!https://www.youtube.com/watch?v=9BP2c02H45I
ފާރަގެމަ
18 February 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ހިތާމަވެރި ހަބަރެއް.
ރާއްޖެ ނެތިދިއުން
18 February 2019
ގައުމަށް މުސީބާތް ލައިގެންފައި އޮތް ކަމަށް ގަބޫލު ނުކުރާ ބަޔަކު ތިއްބަސް ހަގީގަތް ގަބޫލު ކުރަމާ. މީހުން މެރުން ޢާއްމު ވަމުން މިދަނީ. ސިޔާސީ ފައިދާ އަކަށް ނަމަވެސް ރިޝްވަތު ދިނުމާއި ނެގުން ޢާއްމު ވެއްޖެ. ރިބާ ނެގުމާއި ކެއުން ޢާއްމު ވެއްޖެ. ބަނގުރާ ވިއްކުމާއި ބުއިން ޢާއްމު ވެއްޖެ. މަކަރު ހެދުމާއި އޮޅުވާލުން ޢާއްމު ވެއްޖެ. ވައްކަން ކުރުމާއި ޒިނޭ ކުރުން ޢާއްމު ވެއްޖެ. މިފަދަ ބޮޑު ޙަރާމް ކަންކަމަށް އަރާގަތީމަ މުސީބާތް ލައިގަންނާނެ.
ޢެޑްމުންޑޯ
18 February 2019
ކާރިސާތަކާއި ހާދިސާތަކާއި އެކްސިޑެންޓްތަށް ދުނިޔެ އޮތްހާދުވަހަކު ހިގަމުންދާނެ، ބޭކާރުކޮމެންޓްތަށް ނުކޮށް މަޑުންތިބެބަލަ
ޑޮނާޑު
18 February 2019
ތިބޯޓު އޮތީ އިންސުއަރ ކޮއްފަބާގިނަފަހަރަށް މިކަހަލަ ހިތާމަވެރިހާދިސާހިގާއިރު އޮންނަނީ އިންުސުއަރވެސްނުކޮއް
އަދުލު
18 February 2019
މިނޫގޮތަކަށް މިކަންކުރެވޭނެ ގޮތެއްހޯދަން އެބަޖެހޭ މާލޭބެފުޅުން އުޅުއްވާނީފައިވްސްޓާރ ފެންވަރުގަ ރާއްޖެތެރޭނިކަމެތިން އުޅެންޖެހޭނީ މިބޭފުޅުންގެ އަޅުންގެގޮތުގަ މިފެންނަނީހާލަތު ސަރުކާރުން މިކަހަލައަސާސީ ބޭނުންތަކަށް ބޭނުންކުރާގޭހާއި ތެޅާއެހެނިހެން އެއްޗެތިއުފުލުމަށް ދަނގަޑުބޯޓުގެ ހިދުމަތްފެށުން ކިހެނެތްތޯ މާލެހުޅުމާލެ ބަސްދަތުރު ކުރާގޮތައް އަތޮޅުތެރެއަށް މުދާއުފުލުމަށް ކިހެނެއްވާނެތޯ އޭރުންގަވާއިދުން އެކަންތައްދާނީ
ޝާއްކޮ
18 February 2019
ސަރުކާރުން މާލެ ތަރައްގީ ކުރުމަކާ މާލެ މީހުންނާ ކޮންކަމެއް؟ މާލެ މީހުން ބުނެގެންތަ މާލެ ތަރައްގީ ކުރަނީ؟ ތިހެން ހިތުގަ ހަސަދަ ލައިގެން އުޅޭ މީހުންނަށް ހަސަދަ ވެރިވެފަ ދެން ކުރާނެ އެހެން ކަމެއް އޮންނާނެތަ؟
މަރޭމިތުރު
18 February 2019
ބިސްމި.[ސަރުކާރާއި، އެސްޓީއޯއަށާއި، ވިލާއަށާއި، އަދިވެސް ތެޔޮގެންނަފަރާތްތަކަށް]..... ވެދުން ސަލާމައްފަހު އަދަބުވެރިކަމާއެކު ދަންނަވަމެވެ. މިހާރަކަށް އައިސް ރިސޯރޓް ތަކުގަޔާއި ބޯޓުފަހަރާއި އަދި ގޭތަކުގައި އަލިފާނުގެ ހާދިސާތައް ހިނގައި އާއްމުންގެ ގިނަބަޔަކުވަނީ ފުރާނަދޫކޮށްފައެއްވެ، އެހެންކަމުން ރައްޔިތުންގެ ސަލާމަތަށް ރާއްޖެއަށް އެލް.ޕީ.ޖީ ނެޗްރަލްގޭސް ގެނެސްދެއްވުމަށް ރައްޔިތެއްގެ ހައިސިއްޔަތުން އެމެވެ. ހާދިމުކުމް. މަރޭމިތުރާ.18 ފެބުރުއަރީ2016
މަރޭމިތުރު
18 February 2019
18ފެބުރުއަރީ 2019.ރަނގަޅުކޮށްފައި
ބާތު
18 February 2019
ކަލޭ ތިއުޅެނީ 2016 އިގައި ދޯ އަދި.
ރަދީފް
18 February 2019
ރޯނުއެދުރު މަރޭ އަށް.ވެދުން ސަލާމް.ނެޗުރަލް ގޭސް އެއީ މީތޭން.މިއާއި ހިލާފަށް އެލްޕީޖީ އެއީ ޕްރޮޕޭން،ބިއުޓޭން،އައިސޮބިއުޓޭން ނުވަތަ މި 03 ބާވަތުގެ މިކްސްޗާއެއް.ނެޗުރަލް ގޭސް އެލްޕީޖީއަށްވުރެން ދުނިޔޭގެ މާކްޓްގަ އަގުބޮޑު.އެހެންވީމަ ތިއެދުނު ގޮތަށް މިވަގުތު އަމަލުކުރެވެން ނެތްވާހަކަ ހިތާމައާއިއެކު ދަންނަވަން.ނަމަވެސް ފަހުން މިނިންމުން ބަދަލުވުން އެކަށީގެންވޭ.ވ.ވެދުން
މަރޭމިތުރު
18 February 2019
ފުޅިމަދުއުނގުރި ރަދީފުއަށް. ގޯގަލުން ސާޗުކޮށްގެންނޫނީ އެއްޗެއް ބުނަން ކޭއަކަށް ނޭނގޭ! އެއީ ނޭޗުރަލް ގޭހުން އުފައްދާ އެއްޗެއް އެލްޕީޖީއަކީ. އަދި މިގޭހާއި އެކު ދުނިޔެއަށް ވަނީ 3 ގޭހެއް ތއާރަފުކޮށްފަ. އެސްޓިއޯއިން ނާއި ވިލާއިން ބުރޭންޑުތަކުގެ ނަން އޮޅުލައިގެން ރައްޔިތުންނަް އޮޅިވާލައި ވިއްކާ ސޭފުޓީގެ އެއވެސް ކަމެއްނުކޮށްތިބޭތީ ކަންބޮޑުވެގެން އހަރެން މިއުޅެނީ!!
ރަދީފް
18 February 2019
ރޯނުއެދުރު މަރޭ.ކަލޭތީ ހުރިހާކަމެއް ދަންނަކަމަށް ހެދިގެން އުޅޭ މީހެއް.ގޫގުލްއިން ނޫނަސް އަހަރުމެން ކިޔެވިއރު ކެމިސްޓްރީގަ ''ކުރޫޑް އޮއިލް & ގޭސެސް / ފްރެކްޝަނަލް ޑިސްޓިލޭޝަން''ގަ ވަރަށް ތަފްސީލްކޮށް ކިޔެވީމޭ ގޭސް އަދި ތެލާއި ބެހޭ ގޮތުން.ކިޔެވި އެއްޗެއް ހަނދާން ހުރީމަ ލިޔެވޭނެ ދޯ.އެހެންވީމަ ކަލޭގެ ތި ކްލެއިމް އަދި ރަނގަޅެއް ނޫން.ކަލޭ ނިކަން އާދެބަލަ ޑިބޭޓަކަށް މި ޓޮޕިކްގަ.ވ.ވެދުން