ޑިފެންސް މިނިސްޓަރު މާރިޔާ..-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 ފެބުރުއަރީ 2019 - 16:30
އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހަފުތާއެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދުރޭ ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް އެ ޕާޓީ އަދި ޕީޕީއެމް ގުޅިގެން ފަށާފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ސަރުކާރު ޒިންމާދާރުކުުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކަމަށެވެ. އަދުރޭ ވިދާޅުވީ "ގައުމުގެ މިނިވަންކަން ބޭރުގެ ބަޔަކަށް ދޫކޮށްލަން ވިދާޅުވެފައި" ނުވަތަ އިންޒާރުދީފައި އެހެން ނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމާއި ޕީއެންސީ އިސްނަގައިގެން މިހާރު މި ވައްދަނީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އަޅުގަނޑުމެން މި މައްސަލަ މަޖިލީހަށް ހުށަހަޅާނަން. ހަމަ އެވަރުން ދުލެއް ނުކުރާނަން،" އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން ރާއްޖޭގެ ހާރިޖީ ވަޒީރު ކުރައްވަނީ ކީއްތޯ ވެސް، ދައްކަނީ ކޮން ވާހަކަތަކެއްތޯ ވެސް. ބަލާފައި ގެންދާނީ ހަމަ ފަހަރަކު މީހެއް ފަހަތުން އަޅުގަނޑުމެން ދާނަން. އެމީހާ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،"
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށެވެ. އެކަމަކު އިންޑިއާ އިން ރާއްޖޭގައި އަސްކަރީ ކަންކަން ކުރަނީ ރާއްޖެ ހިފުމުގެ ނިޔަތުގައި ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާގެ މި ވާހަކަތާ ގުޅިގެން އޭނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް އޮތީ ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމަރިއްޔާ
19 February 2019
ނޫން، އަންހެނެއް ވީމައެއްނޫން. މިހާރު މިކަމުގަ އެންމެ މޮޅުގޮތަކީ އެމްޑީޕީ މެމްބަރުންވެސް މިކަމުގަ ވޯޓު ދޭންވީ އިތުބާރު ނެތްކަމަށް. ގައުމުގެ އިއްޒަތުއްނަފުސު ނުދެމެހެއްޓުނު ބޭފުޅަކު އެފަދަ މަގާމެއްގައި ހުރުން ރަގަޅެއްނޫން. އަޅުގަޑު ޕާސަނަލީ ކިތަންމެ މާރިޔާ އާއި ރަހުމަތްތެރިޔަސް.
ޕާސަނަލައިޒް
25 February 2019
ތިހުރީ ޕާސަނަލައިޒް ވެފަ
އަބްދުއްالله
19 February 2019
އަންހެނެއްވީމަ ދޯ؟
ޢިސްމާލު
19 February 2019
ޓތިޔަ ބިލައް ކުޑަމިނުން އެމްޑީޕީ މީހުންވެސް ސަޕޯޓުކުރޭ، މީނާ އަޢި އިންޑިއާ މީހުނައް ގައުމު ހަވާލުކުރަންތަ ކޮބާތަ ޗީފު، ވައިސް ޗީފު ހަމަ ފަހަތުން ހިނގާލަ ހިނގާލަ މީދެން ކޮންކަމެއް ނިކަން ގައުމައްޓަކާ އަންނައް އޮތް ޖީލައްޓަކާ މަސައްކަތް ކޮއްބަލަ ..މުހާތަބުކޮށް ދައްކާނެ ވާހަކައެއްވެސް ނޮއޮވޭ
މުހައްމަދު އަމީން
18 February 2019
މާރިޔާ އަކަށް ޑިފެންސް ނުބެލެހެއްޓޭ. އިސްތިއުފާ ދީ
ދަތްނެތްކުއްޖާ
18 February 2019
މިޒާތިގެ ވާހަކަ އަދުރޭމެން ދައްކާތީ މަމެން ރައްޔިތުންގެ ގާތަށް އަންނަނީ ހިނި. އަދުރޭއެވެ. ތިކަން ވެގެން ދާނީ ޖަމަލު ޖަހާ ފޮޑި އަކަށެވެ. އެއީ ކޯޗެއްކަންވެސް މަމެން ރައްޔިތުން އަދުރޭ އަށް ބުނެދޭންވީދޮތައެވެ!
ޔަސް
18 February 2019
ހެހެ މާރިޔާ މިދެންކާކު ...ބޭރު ކުރޭ
ޙާލުގެ ދުލުން
18 February 2019
ޤާނޫނު މައްޗަށް ފައިން އެރި މީހަކު ޤާނޫނު ތަންފީޛުކުރާ އިދާރާގެ ވެރިއަކަށް ބަހައްޓަން ހެޔޮނުވާނެ.
އަސްތާ
18 February 2019
މީ ތި ފާސްވާނެ، މާރިޔާ ބޭރުވާނެ، މީ ބަޔަކު އަޑީގަ އޮވެގެން ބަގާވަތަކާދިމާލަށް ދިޔުމަށް އަޅާ ފުރަތަމަ ފިޔަވަޅު،
ފޫބކ
18 February 2019
ކަންތަކާޖެހުނީ.
ންންންން
18 February 2019
އަދުރޭގެނޭ ޑިފެންސް މިނިސްޓަރު ކަމަށް...