ރިޕޯޓް / ތިމާވެށި

ބ. އަތޮޅުގައި ކުނިން އާމްދަނީ ހޯދުމާ ދިމާލަށް!

ރަށުގެ ހޭޅިފަށާއި ރީތި ދޮންވެލިގަނޑާއި ސާފު މޫދުގައި ވެސް ހުސް ކުނިބުންޏެވެ. ޕްލާސްޓިކާއި ދަޅު ފަދަ ތަކެއްޗެވެ. ކުނި ނައްތާލަން ކޮންމެ ދުވަހަކު އަލިފާން ރޯކުރުމުގެ ނަތީޖާއަކީ އެތައް ބައެއްގެ އާއްމު ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ވެއްޓުމެވެ. ކުނި ނައްތާލެވޭނެ ރަނގަޅު ގޮތެއް ނެތުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

މިއީ ތިމާވެއްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ވެސް މެ އެވެ. ޕްލާސްޓިކާއި އެކި ބާވަތްތަކުގެ ކުނި މޫދާއި ކަނޑަށް އަޅައި ރާއްޖޭގެ ރީތިކަމަށް މިވަނީ ގެއްލުންތަކެއް ވާން ފަށައިފަ އެވެ. ޕްލާސްޓިކް ފަދަ ކުނިތައް ކެވި، އޮޅި، ކަނޑުގެ ދިރުންތައް ވަނީ ނުރައްކަލެއްގެ ތެރޭގަ އެވެ. ނަމަވެސް މި މައްސަލައަށް އުއްމީދުގެ ކޮންމެވެސް ވަރެއްގެ އަލިކަމެއް އެބަ ފެނެ އެވެ.

ތަފާތު މިސްރާބަކަށް

ކުނި އެންދުން ހުއްޓާލައި އެ ކުނި އަލުން ބޭނުން ކުރެވޭ ގޮތް ހަދަން ބ. އަތޮޅުގެ ތިން ރަށެއްގައި "އީކޯ- ސެންޓްރޯ"ތަކެއް ގާއިމުކޮށްދޭން ސޮނޭވާފުށި ރިސޯޓުން ވަނީ ނިންމާފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ދަރަވަންދު އާއި މާޅޮހުގެ އިތުރުން ކިހާދޫ ހިމެނެ އެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ސެންޓްރޯތަކެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ. އެ ރަށްރަށުގައި ކުނި އެންދުން ވަރަށް އަވަހަށް ހުއްޓާލާނެ އެވެ.

ސޮނޭވާގައި ކުނިން ގަސްކާނާ އުފައްދަނީ: ތިމާވެށީގެ ގޮތުން ނަމޫނާ ރިސޯޓެއް -- ފޮޓޯ: ސޮނޭވާ

ސޮނޭވާފުއްޓަކީ ތިމާވެށީގެ ހިމާޔަތުގައި ވަރަށް ކުރީގައި އުޅޭ ރިސޯޓެކެވެ. އެ ރިސޯޓްގައި 2009 އިން ފެށިގެން އަންނަނީ އީކޯ ސެންޓްރޯއެއް ހިންގަމުންނެވެ. އެއީ ކުނި ނައްތާލުމުގެ ނަމޫނާއެކެވެ. އެ ރިސޯޓުގައި ބޭކާރުވާ ހުރިހާ ކާބޯތަކެތިން އުފައްދަނީ ގަސްކާނާ އެވެ. އެ ގަސްކާނާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ތަރުކާރީ ހައްދަ އެވެ. އުކާލާ ބިއްލޫރި، ފުނޑުކޮށްގެން އެއިން ހަދަނީ އިމާރާތްކުރަން ބޭނުންކުރާ ގަލެވެ. ލަކުޑިން ކޯލް ހަދަ އެވެ. އެހެންކަމުން ސޮނޭވާފުށީގެ އެ ނަމޫނާ މަސައްކަތް ދެން އޮތީ މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ސެންޓްރޯ ގާއިމް ކުރުމަށް ސޮނޭވާއިން އެ ތިން ރަށަށް ކޮންޕެކްޓާ މެޝިނާއި ބިއްލޫރި ކުދިކުރާ މެޝިންގެ އިތުރުން ޓެކްނިކަލް އެހީތައް ވާން ވަނީ ނިންމައިފަ އެވެ.

ނަފާ ހޯދަނީ ކިހިނެއް؟

އީކޯ ސެންޓްރޯތަކުން ޕްލާސްޓިކް ކުނިތައް ކޮންޕެކްޓް ކުރުމަށް ފަހު ހަދިޔާ ކުރާނީ، ޕްލާސްޓިކް ކުނިން ކަނޑު ސަރަހައްދު ސަލާމަތްކުރުމުގެ ބުރަ މަސައްކަތް ކުރަމުން އަންނަ ތިމާވެށީގެ ޖަމާއަތެއް ކަމަށް ވާ ޕާލޭއަށެވެ. ދަޅު ފަދަ ތަކެތި ކޮންޕެކްޓް ކުރުމަށް ފަހު ކިރައިގެން ވިއްކާނީ އެވެ. ކާބޯތަކެތީގެ ތެރެއިން އިސްރާފުވާ ތަކެއްޗާއި ލަކުޑިފަދަ ތަކެތިން ހަދަނީ ގަސްކާނާ އެވެ. އެތަކެތި ވިއްކައިގެން ނަފާ ހޯދެން އެބަ އޮތެވެ. އުކާލާފައި ހުންނަ ބިއްލޫރި ކުނޑިކޮށްގެން ހިލަވެލީގެ ބަދަލުގައި ބޭނުން ކުރެވެ އެވެ. މިއިން އެއްވެސް ދާއިރާއެއްގައި ބޭނުންނުކުރެވޭ ކުނި ގެންދާ ގޮތަށް ހަމަޖައްސާފައި ވަނީ ތިލަފުއްޓަށެވެ.

ޕްލާސްޓިކް ފުޅީގެ މަތިން ތަކެތި އުފައްދަނީ: ކުންޏަކީ މިހާރު އަލުން ބޭނުންކުރެވޭ އެއްޗެއް -- ފޮޓޯ: ސޮނޭވާ

ބ. މާޅޮހުގައި 2015 އިން ފެށިގެން ކޮންމެވެސް ވަރަކަށް އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އުކާލާ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފައްދައިގެން ވިއްކަ އެވެ. އެރަށު ކުނިކޮށީގައި ކައުންސިލްގެ މުވައްޒަފުން އެ ކުނިން އުފައްދާ ގަސްކާނާ ކިލޯއެއް ދެ ރުފިޔާ ނުވަތަ ތިން ރުފިޔާއަށް ވިކެ އެވެ. ނަމަވެސް އެހެން ބާވަތުގެ ކުނި އެ ރަށުގައި ނައްތާލަމުން ދަނީ، ތިމާވެއްޓާ ބީރައްޓެހި ގޮތަކަށް، އަންދައިގެންނެވެ.

މާޅޮހުގެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ އީކޯ ސެންޓްރޯ ގާއިމްކުރުމާ އެކު އިތުރު ކުނިން ވެސް ނަފާ ހޯދޭނެ ކަމަށެވެ.

"މެޝިނުން ދަޅު ފަދަ ތަކެތި ފިއްތާފައި އެތަކެތި ވިއްކާލެވޭނެ. ބިއްލޫރި ވެސް ކުދިކޮށްގެން ވިއްކޭނެ. ޕްލާސްޓިކް ހަދިޔާ ކުރާނީ ޕާލޭއަށް،" މުޖުތަބާ ވިދާޅުވި އެވެ.

ކުނި ފިއްތާ މެޝިނަކުން ކުނި ފިއްތަނީ: ސޮނޭވާފުށިން މީގެ މެޝިންތައް ތިން ރަށަކަށް ހަދިޔާކުރާނެ

ކުނީގެ މައްސަލަ އިންތިހާއަށް އޮތް ކިހާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި އަވަހަށް ފަނާނުވާ ކުނި ނައްތާލުމަކީ މިހާރު އެރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަކު އީކޯ ސެންޓްރޯ ގާއިމްކުރުމުން ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

"ބަލިމަޑުކަމެއް ފެތުރޭހާ ހާލުގައި އޮތީ. ހުސް ނެޕީ ވެސް އެބަ އޮތް ފުރިފައި ބޭރު ނުކުރެވި،" ރަށުގެ ކުނީގެ ހާލަތު ކިޔައިދެއްވަމުން، ޝަރީފް ވިދާޅުވި އެވެ.

"އެކަންކަމަށް ހައްލު ގެނެވޭނެ މި ނިޒާމުން."

އޭނާ ގަބޫލުކުރައްވާ ގޮތުގައި، ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮތް ކިހާދުއަށް، އީކޯ ސެންޓްރޯގެ ސަބަބުން ކުނީގެ މައްސަލަ ހައްލުވުމުގެ އިތުރުން ކުނިން ނަފާ ވެސް ހޯދޭނެ އެވެ.

"މިރަށަށް ވަރަށް ގަސްކާނާ ވިއްކޭނެ. އެއީ އާމްދަނީ ހޯދިދާނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ސޮނޭވާފުށީގެ އެހީތެރިކަން ވާނީ މި ތިން ރަށަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށެވެ. އެއީ ތިމާވެށީގެ ހިމާޔަތުގައި ވެސް އެ ރިސޯޓުން އަޅާ ބޮޑު ފިޔަވަޅަކަށް ވާނެ އެވެ. މިއީ ޔަގީނުން ވެސް ރަނގަޅު ފެށުމެކެވެ.

6 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައީދުތުރީ

28 February 2019

ކޮންމެ އަތޮޅެއްގައި ސަރުކާރުން ރިސޯޓް ތރަށްގީ ކުރިއްޔާ ވާނީކީއް ގައިމް ޒުވާނުންނަށް ވަޡިފާދެވޭނެ ސަރުކާރަށް ފައިސާ އާމްދަނީ ވަންނާނެ އަތޮޅުތައް ތަރައްގީވާނެ ކޮންމެހެން ސަރުކާރުގެ ބޮންޑު މީހަކަށް ވިއްކާލާކަށް ނުޖެހޭނެ ތަރަށްގީޔަކަށް ގައުމުތަކަށް ސަލާންޖަހާކަށްނުޖެހޭނެ ހަމަ ސޮނަވާފުއްޓޭ އެއްގޮތައް ހިންގޭނެ މަސްއަލަޔަކީ ގައުމު އަދި ރަށްޔަތަކު ދެކެ ލޯބިވާމީހަކު ނެތުން ކުންމެހެން ކުންފުނިހަދައިގެން ޕާޓީ މީހާޔަށް ވަޒީފާދޭކަށް ނުޖެހޭ ސިވިލްސާވަންޓުން

The name is already taken The name is available. Register?

އިއްސޭ

19 February 2019

ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރިސޯޓް ނުވަތަ ސިޓީ ހޮޓެލް އެބަޖެހޭ އަތޮޅު ކައުންސިލުގެ ބާރުގެދަށަށް ގެންނަން. މިހާރުމިވާގޮތުން، ގިނަ ރިސޯޓު އޯނަރުން ތިބެނީ ލިބޭ ފައިސާގަނޑުމަތީ ބަނޑުއަޅައިގެން. ސޮނެވާފުށި ފަދަ މަދު ރިސޯޓަކުން ނިސްބަތްވާ އަތޮޅަށް ކިރިޔާވެސް އެހީއެއްދެނީ. މާޅޮހުގައި މީގެ ދެތިން އަހަރުކުރީއްސުރެ މިމަސައްކަތް ވަރަށް ރަނގަޅަށް ކުރަމުންގެންދޭ. ރަށަށް ބޭނުންވާ ގަސްކާނާ ފަހަކަށްއައިސް ހޯދަނީ އެކުނީގެ ބޭނުންހިފައިގެން.

The name is already taken The name is available. Register?

ދސެސ

19 February 2019

ގިނަ ރިސޯޓްތަކުން އެއްކަމެއްވެސް ކޮށްނުދޭނެ. އިންޑިޔާ މީހުން އުޅޭނީ ހަގީގަތުގައިވެސް އެމީހުން ތިމާވެއްޓަށް ބަލައިގެން އުޅޭ ބައެއްނޫން. 2 އހަރުން އެއް އަހަރު ކޮށްމެވެސް އެހެން ތަނެއްގައި އެމީހުން އުޅޭނީ. ވީމާ ސަމާލުކަމެއް ނުދޭނެ. އެމީހުންގެ ގައުމުވެސް އޮންނަގޮތަށް އެމީހުން އުޅެންބެނުންވަނީވެސް

The name is already taken The name is available. Register?

ތިމާވެށި

19 February 2019

ސްކޫލް ތަކުން ދަތުރު ހަދައިގެން މައުލޫމާތު ހޯދަން ދާން ވީއެވެ. ގިނަ ބަޔަކަށް މައުލޫމާތު ހިއްސާ ކުރަން ވީއެވެ.

The name is already taken The name is available. Register?

މުޙައްމަދު ހާން

19 February 2019

ހަނިމާދޫގައި ހުރި ސިޓީ ހޮޓަލުން ހަނިމާދޫގެ ރަށްޔަތުންނަށް ކޮންކަމެއްބައި ކޮށްދެނީ، ނަމޫނާއަކަށް މި ފަދަ ރިސޯރޓްތަށް ބަލާބަލަ، މި ސިޓީ ހޮޓަލުން ކުނި އުކަނީ ރަށުގެ ކުނިގޮޑަށް އަޅެ މި މީހުން މިފަދަ ކަމެއް ރަށްޔަތުންނަށް ކޮށްދީބަލަ، ރަށްރަށް ރިސޯރޓްތަކުން މިފަދަ ކަންކަން ކޮށްދޭއިރު މި ސީޓީ ހޮޓަލުން ހަނިމާދޫއިން ނަފާ ނަގަމުންދާއިރު އަދި ރަށުގެ ކުނި ގޮޑަށް ކުނިއޅަމުންދާއިރު މި މީހުން މިފަދަ ކަމެއް ކޮށްނުދިނުމަކީ ވަރަށް ލަދުގަންނަށް ޖެހޭކަމެއް،

The name is already taken The name is available. Register?

ބިގް

19 February 2019

ހަނިމާދޫ ސްކޫލޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454