ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެެއްޓުމަށް ކޯޓުން އަމުރު ކުރުމުން މާފުށީ ޖަލަށް ގެންދަނީ. --މިހާރު ފޮޓޯ:ނިޝާން އަލީ
19 ފެބުރުއަރީ 2019 - 14:10
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ މަނީ ލޯންޑާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނެވީ ފެންވަރު ރަނގަޅު ގޮޅިއެއްގައި، ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ރައީސް ޔާމީނާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން މިއަދު ވިދާޅުވީ އެމަނިކުފާން އޮންނެނީ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއް"ގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އޮންނެވީ އެކަންޏެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހިދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.
އެހެން ކުށްވެރިންނާއި ޚިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ.
އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.
ޚިޔާނާތުގެ ކުށުގައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އޮންނެވީ އޭގެ ގޮޅިއެއްގަ އެވެ. ނަމަވެސް އެއީ ވަކިކޮށްފައި ހުންނަ ތަންތަން ކަމުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލެއް ނުކުރެވޭނެ އެވެ.
ޔާމީންގެ ސަރުކާރުގައި އެތައް ސިޔާސީ ބޭފުޅުންނެއް ހައްޔަރުކޮށްފައިވާއިރު އެ ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓީ އާދައިގެ ގޮޅިތަކުގަ އެވެ. ފަހުން އެ ބޭފުޅުން ވެސް ރަނގަޅު ގޮޅިތަކަށް ބަދަލު ކުރި އެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަވެސް ބެހެއްޓީ ފެންވަރު ރަނގަޅު ގޮޅިތަކުގަ އެވެ.
ޔާމީންގެ މައްޗަށް ޕީޖީން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
20 February 2019
ވައްކަންބޮޑުވިވަރަކަށް ތަ މޮޅެތިގޮޅި ލިބެނީ އެކަމަކު ދިވެހި ރައްޔިތުންގެ ފައިސާ ގާނޫނުއަސާސީގައި ބުނަނީ އެންމެން ހަމަހަމަވާނެއޭ އެކަމަކު ނިިކަމެތިމީހާ ސިމެންތިއަށީގަ ކުނާމަތީގަ
އުދުހޭ
20 February 2019
ޔާމީނު ވެރިކަމުގަ ހެދި ވީއައިޕީ ގޮޅީގެ ޚިދުމަތްތަކުގެ ފެންވަރުބަލާލުމުގެ ފުރުސަތު ޔާމީނަށް މިހާރު މިއޮތީ ލިބިފަ. ދެން ވަރަށް ސާބިތުކަމާއެކު ތިޔަތާ ހުންނަވާ! ދެރައީ އަދީބުހުރި ގޮޅިއަށް ނުލީމަ. އެއްގޮޅިއަށް ނުލަންޏާ ޖެހިގެން އިތުރު ގޮޅިއެއް ހަދާ ތޭރިތަކުގެތެރެއިން އަދީބު ފެންނަގޮތަށް ހަދައިފިއްޔާ ވަރަށް ފައްކާވާނެ.
ފޫހި
20 February 2019
މައޫމޫނުވެސް ވިދާޅުވި ޖަލުން އެމަނިކުފާނަށް ހަމައެކަނި ނުލިބި ވަނީ އިންޓަރނެޓްކަމަށް އެހެންޙުރިހާކަމެއް ލިބޭކަމަށް .
ލަމް
20 February 2019
200 މިލިއަން ޑޮލަރުގެ ކޮޓަރިއެއް ގައި
ތެދުވެރިޔާ
19 February 2019
މިވާގޮތުން ޔާމިންގެ ޑިގު އަރާނީ. ޔާމިނަކީ މިރާއްޖެ ތަރައްގީ ކޮއްދިން ރައިސް. އިބޫއަކަ މިކަމެއްނުވާނެ. އިންޑިޔާއަކުން ތިބުނާ ފައިސައެއް ނުދޭނެ. ސިރީލަންކާއައް ވީކިހިނެ. ކޮއްދިން ކަމެއްނެއް. ޗައިނާޔާ ގުޅިގެން މި ރާއްޖެ ތަރައްގީ ވާނީ. އިންޑިޔާއާ ގުޅިގެން މި ރާއްޖެ އަޅުވެތި ވާނީ.
ޔަސް
19 February 2019
ނާ މައުމޫނު ހުރި އިރު އެހެން ބުނެގެން ޑޮކްޓަރ ޖުނޭދަށް ކީއެއްޗިހި ހަނދާން ވޭ ސެކިޔުލިސްޓުން
ދިހި
19 February 2019
އެމަނިކުފާނުގެ ކަށީގަ ހިފައިވާ އެކަންކަން އިސްލާހުކުރަން އޭސީކޮޓަރިއާ ކޮރިޑޯއާ މަޑު ގޮދަޑިއެއްނޫން ބޭނުންވަނީ .. ބޭނުންވަނީ އެމަނިކުފާނުގެ އެބައްޔަށް ފަރުވާދެވޭނެ ރަގަޅު ކައުންސިލަރެއް .. މިހާރު ތިދޭ ހިދުމަތްތަކުން އެމަނިކުފާނުގެ ބައްޔަށް ދެވޭ އިތުރު އަނިޔާއަކަށް ނޫނީ ނުވާނެ .. އަވަހަށް ކުޑަ ގޮޅިއަކްށްލާފަ ކައުންސިލިން އިސްޓާޓުކުރޭ .. ވަރަށް އުދަގޫކަމެއްތީ ..
އަބްދުއްالله
19 February 2019
މީނަ އޮންނަނީ އަބަދު އޮށޯވެގެންތަ؟ ތަށިމަތީވެސް ހަމަ އޮށޯވެގެން؟ ގޮޅީގައި ހުރި އެއްޗިހީގެ ލިސްޓުގައި ގޮނޑިއެއް ނެތް. އޮށޯވެ އޮންނަ މީހަކަށް ކޮން ގޮނޑިއެއް، އަނދަގޮނޑިއެއް ދޯ؟ މަޑު ގޮދަޑިއެއް އެބައޮވޭ. އޮށޯންނަން ފަސޭހަވާނީ ގޮދަޑިއެއްގަ ދޯ؟
މެސީ
19 February 2019
ޔާމިން ވެރިކަމުގަ ޖަލަށް ލާފަ ތިބިމީހުނަށް ޖެއްސި ހާލު ޖައްސަންވީ
ނަޑެއްލާ
19 February 2019
އަޅުގަނޑު ގެންގޮސް ތިޔަކަހަލަ ގޮލި އެއްގައި ބާއްވަދީ! މިހާރު ނިދަނީ ސަރަންފީ ގޮނޑި އެއްގައި. 2 އިރު ކަނީ. ފެންވަރަނީ ގިފިއްޔޭ މިކިޔާ ތާކުން. ބޮނީ އިސްކޫރު ފެން. ތިފަދަ ޙިދުމަތް ހިލޭ ލިބޭ ތަނެއްގައި އުމުރުދުވަސް ހޭދަ ކޮއްލަން ބޭނުން. މަސާޖު ކުރާނެ މީހަކު ނުލިބުނަސް އޯކޭ!