ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރާވަޑައިގަންނަވަނީ --- ނިޝާން އަލީ / މިހާރު ފޮޓޯ
19 ފެބުރުއަރީ 2019 - 14:24
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އަމުރު ނެރުއްވީ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން އުޅުއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނުމުންނެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުންގެ ފަރާތުން މިއަދު ބުނެފައި ވަނީ ޔާމީން ހައްޔަރު ކުރުމުގެ އަމުރު މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގެން ކަމެއް އަދި ނޭނގެ އެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިއްޔެ ޝަރީއަތް ފެށިއިރު ދިފާއުގައި ވާހަކަ ދައްކަަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެމަނިކުފާނު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެ އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ.
އެގޮތުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެއީ އެމްއައިބީގެ އެކައުންޓްގައި ހުރި ފައިސާކަން ދައްކަވަން އޮޅުވާލެއްވީ ކަމަށް ބަލައި، އެކަން ދައުލަތުން ފައްތަނީ މަނީ ލޯންޑަރިން އަށެވެ.
މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްބެ
19 February 2019
ޔާމީނު ދޫކޮށްލާފަ ބަހައްޓަން ހެޔޮނުވާނެ. އެއަޢްވުރެ މާ ނުރައްކާތެރި ބޭފުޅެއް އެއީ.
އަބްދުﷲ
20 February 2019
ޔާމީން އަކީ ނުރައްކާތެރި ބޭފުޅެއް ނޫން. ވެރިކަމުގެ ދައުރުގައި ޔާމީންގެ ޢަމަލު ހަރުކަށިވީ ސަބަބު ތަކެއް ހުރެގެން. މަގުމަތިންނާއި މަޖުލިސް ތެރެއިންނާއި ކޯޓުތެރެއިން ވެރިކަން ނިންމާލަން އުޅުމަކީ ކޮންމެ ބަޔަކު ކުރި ނަމަވެސް އޭނގެ ނަތީޖާ ވަރަށް ނުރައްކާތެރި ކަމެއް. ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ބަދަލު ކޮށްލި ދުވަހު މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބުނީ މާތްﷲގެ ރަހުމަތުން. އެފަދަ ހާލަތަކަށް ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް.
ބުނާބަސް
19 February 2019
ޔާމީނަށްކުރާ އަނިޔާ ހުއްޓާލާ، ޔާމީން ހައްޔަރުކޮށްފައިވަނީ ނުފޯޒު ފޯރުވައިގެން ސިޔާސީގޮތުން، ޔާމީނަށްކުރާ އަނިޔާ ހުއްޓާލާ، ޔާމީނަށްކުރާ އަނިޔާ ހުއްޓާލާ، ޔާމީނަށްކުރާ އަނިޔާ ހުއްޓާލާ، ޖަލުވެށި އަނިޔާ ނުކުރޭ،
އަޙުމަދު
20 February 2019
އެސް އޯ.އެފް ގެ އެކައުންޓުން ޔާމީނުގެ އެކައުންޓަށް ޖަމާކުރި 1 މިލޔަން ޑޮލަރު އޭ.ސީސި އާ ހަވާލުކުރޭ. 1 މިލޔަން ޑޮލަރު އޭ.ސީސި އާ ހަވާލުކުރޭ. 1 މިލޔަން ޑޮލަރު އޭ.ސީސި އާ ހަވާލުކުރޭ. 1 މިލޔަން ޑޮލަރު އޭ.ސީސި އާ ހަވާލުކުރޭ. 1 މިލޔަން ޑޮލަރު އޭ.ސީސި އާ ހަވާލުކުރޭ.
ހައިޖާނު
19 February 2019
އޭރު ޓެރެރިޒަމް ޤާނޫނޫ މީހުން ހައްޔަރުކުރަން ބޭނުންކުރީ. މިހާރު މަނީ ލޯންޑްރިންގ ޤާނޫނު. ތަފާތަކީ ދައުވާ ކުރާ ޤާނޫނާއި ވެރިކަން ބަދަލުވުން.
ރުޅި
19 February 2019
އޭނާ ދޫކޮށްގެންނުވާނެ.
ބޭހޮއްކޮ
19 February 2019
ރަނގަޅު ވާހަކައެއް އިސްތިޢުނާފުކުރެވެންވާނެ ސުވާލަކީތިމައްސަލަ އިސްތިޢުނާފައްބަލަގަންނާނެބާއެވެ
އީދުކަޅުބެ
19 February 2019
އިސްތިއުނާފު ކުރަންވީއެވެ. އެއީ ޔާމީނަށްވެސް ލިބިގެންވާ ޙައްޤެކެވެ.